މިދިޔަ ސަރުކާރުން ޖަލުގައި ތިބި ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމުން މުޖުތަމައު ނުރައްކަލަށް ހުށަހެޅި މާލެ ސަރަހައްދުގައި ކުށްތައް ގިނަވެފައިވާ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެއެވެ.

ޝިފާން "އެކްސް"ގައި ވިދާޅުވީ، މީގެ 10 ވަރަކަށް މަސް ދުވަސް ކުރިން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވާ ކަމަށާއި މިހާރު ކުށުގެ ވެށި އޮތީ ވަރަށް ނުރައްކާ ދަރަޖައެއްގައި ކަމަށެވެ. އަދި ކުށް މަދު ކުރުމަށް އެއްވެސް ރޭވުމެއް ނެތި ކުރި އިންވެސްޓްމެންޓުތަކުގެ ސަބަބުން މައްސަލަ ހައްލު ކުރަން އިތުރަށް ދަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޝިފާން "ވަގުތު"އަށް ވިދާޅުވީ، ފާއިތުވީ 15 ވަރަކަށް އަހަރު ކުށްމަދު ކުރުމަށް ކުރި މަސައްކަތުގެ އަގު، ކުރީ ސަރުކާރުން ވަޒަން ކޮށްފައި ނުވާ ކަމަށާއި 434 ކުށްވެރިން އެއްވެސް ހަމައެއް ލަމައެއް ނެތި ދޫކޮށްލުމުން ކުށް ގިނަވެ މުޖުތަމައު ފަސާދަވެފައިވާ ކަމަށެވެ.

"ކުށް މަދު ކުރުމާ ކުށް ވިޔަ ނުދިނުމަށް ވޭތުވެދިޔަ 15 ވަރަކަށް އަހަރު މަސައްކަތްކޮށްފައިވަނީ ނަތީޖާ ވަޒަން ނުކޮށްކަން ފާހަގަ ކުރެވޭ. 434 ކުށްވެރިން ދޫކުރެވުނު އިރު ޑްރަގް ފަރުވާގެ ނިޒާމްގެ ޙާލަތު ވަރަށް ގޯސް." ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ރައްކާތެެރިކަން ޔަގީންކުރުމަށް 50 ޕޮލިސް ސްޓޭޝަނެއް އަޅަން ޕްލޭން ކުރި ނަމަވެސް އެކަން ނުކުރެވި، ކަން ވެގެން ދިޔަ ގޮތް ވަރަށް ސާފު ކަމަށެވެ. އަދި ނިމުނު 5 އަހަރު، އާ ޖަލު އަޅަން ކަމަށް ބުނެ ގާތްގަޑަކަށް 450 ހާ މީހުންގެ ބަންދު ކުރެވޭނެ ޖާގަ ވަނީ މަދުކުރެވިފައި ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، އަލަށް އެއްވެސް ވަރެއްގެ ފެސިލިޓީއެއް ތައްޔާރު ކުރެވިފައިނުވާއިރު، މިހާރު ހުރިހާ ކަމެއް ހައްލުކުރުން ވަނީ ބުރަ މަސައްކަތަކަށް ވެފައިކަން ޝިފާން ފާހަގަކުރެއްވިއެވެ.

"ހާލަތު ބަދަލު ކުރުމަށް ފުލުހުންގެ ރަސްމީ ކެޕޭސިޓީގައި މަސައްކަތްތަކެއް ކުރެވޭ އަދި ކުރުމަށް ރޭވިފައި ވެސް އެބަހުރި." ޝިފާން ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް، މައާފުދީ އަދި އަދަބު ލުއިކޮށްދީ ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވާއިރު، އެ މީހުން މޮނީޓާރ ކުރެވޭނެ އެއްވެސް ހަރުދަނާ ނިޒާމެއް ވެސް ނެތެވެ.

ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ގޮތުގައި މާލެ ސަރަހައްދުގައި ވަނީ މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައެވެ. މިދިޔަ އަހަރު ވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އެމްޑީޕީ އައުޓް

    ނޮވެންބަރު 3ގެ ބާގީންގެ އާއިލާ ވެރިކަމަށް ގެނައިމަ ވާނެ ގޮތް ތިފެންނަނީ. ޑްރަގު މައްސަލައިގަ އުމުރަށް ޖަލަށްލާފަ ތިބި 314 މީހުން މިނިވެންކުރާނީ ހާދަ ބޮޑު ކަޓެއް ނަގާފަ އެތީމައޭ

    35
    7
  2. ޙެހެހ

    ތިހެން ނުކިޔާ އެމީހުން ޤަވައިދާ ޚިލާފަށް ދޫކުރި މުއައްސަސާއަކާއި އެކަން ކުރިބަޔަކު ނަން ހާމަކޮށްބަލަ ، އެހެވޭ ކުރީގެ ރައީސް ވިޔަސް ، ނޫނީ ޖަލުގެ ވެރިޔާ ވިޔަސް ،
    ކޮންމެފަހަރަކު ތިހެން ވާހަކައެއް ފަތުރާލާފަ ދެން އޮއްބާލަނީ ، ކުރީސަރުކާރުން ވައްކަން ކުރިއްޔާ ، ބަޔަކު ދޫކުރިއްޔޭ ، ވަގަށް ފްލެޓް ދިނިއްޔާ ނުކިޔަބަލަ ، ނަން ހާމަކޮށްބަލަ ، ލިޔެކިޔުން އާންމުކޮށްބަލަ ، ތީ ވަކިބައެއްގެ އަބުރު ކަތިވެދާނެތީ ސިއްރުކުރަންވީ ކަމެއް ނޫނޭ ، ނޫނީ މަނިކުފާނުމެންގެ ވަޒީފާ ގެއްލިދާނެތީ އެކަން ކުރިބަޔަކު ނަން ހާމަނުކުރަންވީ ކީއްވެ !!
    ތީ ހައްތާވެސް ދިވެހި ރައްޔިތުން ގެ ހައްޤު ، ފައިސާ ،

  3. މާމީ

    ތިމީހުން ނޭ ކުއްވެރިން ދޫކޮއްލީވެސް ދެން މިހާރު ކޯއްޗެއް ތިކިޔަނީ ކުއްވެރިން ތިބެން ޖެހޭނީ ޖަލުގަ މިހާރު ބިރު ގަނޭ މަގުމަތީގަ ދުއްވާ ހަދަންވެސް

  4. ސަރަފަކައްދަ

    ކަމެއް ގޯސް ވެއްޖެ ނަމަ ކުރީ ސަރުކާރު! މިއީ އަރަތެންނު ދޮތަ! ބަލަ ކުރީ ދަރުކާރު ކަމު ނުގޮސް ގެންނޭ ރައްޔިތުން ނުކުމެ އެ ސަރުކާރު ބަދަލު ކުރީ! ދެން މި ސަރުކާރުން އެވެރިން ހިފާ ހައްޔަރު ކޮއް ޢާންމުންގެ ތެރޭގައި މި އޮތް ބިރު ވެރިކަން އިނބަމެން ނައްތާލަބަލަ! މިހާރު ތި އޮތީ ފުލް ކޮންޠްރޯލް ރައްޔިތުން އިނބަމެނަށް ދީފައި!

  5. ކޮރަކަލި

    އެހެންނަމަވެސް ގައުމަށް އެހާގައްދާރުވި ވެރިއެއް ގައުމުދަރުވާލިވެރިއެއް ކުއްވެރިންގެ އަތުން ވޯޓުހޯދުމަށް ކުއްވެރިން ސަލާމަތްކުރި އިރުވެސް ސާފުފޮތިކޮޅަކަށް ހަދާފަ އެހުރީ ކީއްވެބާ އޭނައަށް ނިމިދިޔަ ސަރުކާރަށް ދައުވާނުކުރެވެންވީ ސަބަބަކީ ކޮބާބާ؟؟؟ މިހިންކިޔާލަ ކިޔާލަ ތިބެގެންވާކަށް ނެތް ހޭއަރާ އޭނަ ގާނޫނުގެ ކުރިމަށްޗަށް ގެންނާށެވެ އެއީ ނުރަށްކާތެރި ބޮޑުކުއްވެރިއެކެވެ އޭނައަށް ގާނޫނީ އަދަބުނުދީ މިއަދު ތިބެވޭކަށްނެތެވެ ގައުމުހޭއަރާކަށް ނުވޭތޯއެވެ މުސްތަގުބަލަށްޓަކާވެސް މިކަން ކުރަން އެބަޖެހެއެވެ ހެޔޮނުވާެނެ ..

  6. ޙޫއަދި

    މި ކަހަލަ ސިޔާ ސ ބޭފުޅުންް ދިވެހިި ފުލުހުންގެެ ހިދުމަތުގައިި ތިބެއްޖެނަމަަ މުޖްތަމައުު ގައިި އަނިޔާވެރިކަންް ހައްދުފަހަނަަ އަޅާނެެ، ކުއްވެރިންް ނައްތާލާާ، ކުށެއްނޫންް، ކުއްތަކެއްނޫންް، ކުއްކުރާާ ކުއްވެރީންް ނައްތާާލާ!! ޢަބޫޖަހުލު

  7. ކޕޓނ އހސނ

    އޭވިއޭޝިން އިންޑަސްޓްރީވެސް ފުޑާލައިފި ، އިހުމާލުވި ފަރާތްތަކަށް ދައުވާކުރަން މިހާރުން މިހާރަށް ގޮވާލަން .

  8. ކިޔަމަންތެރި ޙަސަނު

    ފޯރިމަރަން ގިނަބަޔަކު ނެރޭ ފަހަތަށް ބޯހުޅި ޖެހިމީހުން ހައްޔަރުކުރޭ މަގު އަމާން ކުރޭ އަޑުގަދަކޮށްގެން ދުއްވާ ސައިކަލްތައް ހުއްޓުވާ

  9. ދެނޯ

    ކޮންމެހެން ކުރީ ސަރުކާރޭ ކިޔާނެކަމެއް ނެތް. ކަލޭމެންގެ ފަރުވާކުޑަކަން އެއީ. މިހާރުވެސް ވައްކަމެއް ނޫނީ އެހެން ކުށެއްގައިވެސް ހައްޔަރުކުރާތާ 24 ގަޑިއިރުވެސް ނުވާނެ ހެކިނެތިގެން ނޫނީ މަތިން އޯޑަރު އައުމުން ވެއްދިދޮރު ނޫން އަނެއްދޮރުން އެބަޔަކު ބޭރުކޮށްލާނެ.

    ކޯޓުތަކުގައިވެސް އަބަދުހެން އޮންނަނީ ޕޮލިހުންގެ ފީކަޅާކަމުން ބޮޑެތި ކުއްވެރިން ދޫވާ މަންޒަރު.

  10. ތީ އަބަދުވެސް ކުރާކަމެއް

    ކޮންމެ ރިޔާސީ އިންޠިޚާބަކަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ކުށްވެރިންނަށް ޢަފޫޢާއްމު ދެއެވެ.
    ޝިފާން، ބޮޑުބޮނޑި ކާން ބޭނުންވިޔަސް ތަންކޮޅެއް ހަމަޖެހޭ ވާހަކައެއް ދައްކާށެވެ! ރަނޑު އަންހެނެއްހެން ފަނިވާހަކަ ނުދައްކާށެވެ! ފުލުހުން ޒިންމާދާރު ކުރުވާށެވެ! ޤައުމުގެ އަމަންއަމާންކަން ބަލަހައްޓައި ދޭށެވެ! ފުލުހުންގެ ޒިންމާ އަދާ ކުރެއްވުމަށް ނާޤާބިލް ވީމައި، ފިނޑިވެ ކުރީ ސަރުކާރުގެ ބޮލުގައި ނާޅުއްވާށެވެ!

  11. Anonymous

    ނޮވެމްބަރު 3 ގެ ބަގާވާތްކުރުމާއި ޑްރަގު ބުއިމާއި ބަދުއަހުލާޤީ އަމަލުހިންގުމާއި ދީނަށް ހަޖޫޖެހުމާއި ޑިމޮކްރަސީއަކީ ބޭނުންއެއްޗެއްގޮވާ ބޭނުންގޮތަކަށް އުޅުންކަމަށް ދެކުނު ބަޔަކު ވެރިކަމަށް ގެނައީމަ ވާނެގޮތްމިވީ. ފައިބައިގެން ދަމުން އެދިޔައީ ދައުލަތުގައި ހުރި ލާރިކޮޅުހިފައިން ކުށްވެތިންދޫކޮށް މަގުތައް ނުރައްކާކޮށް ގާނޫނުތައް ކުށްވެރިންނަށް ފަހިކޮށްދީ އެހެންބަޔަކަށް ވެރިކަމެއް ކުރުމަށް ހިދުމަތެއް ދިނުމަށް ނުކެރޭނެވަރުކޮށްފަ.

  12. ތައުފީގް

    މިފެންނަނީ ގޭންގެއް ހިންގިގޮތަށް ބަޔަކު ސަރުކާރެއް ހިންގީމަ ފެންނާނެ ކަންތަށްތައް

  13. ވާނުވާ

    ބަލަ މިވީ ދެތިންމަސް ދޯ މިއުޅެނީ ވަގުން ވަރު ދައްކާފަ ސަރުކާރަކަށް ވުރެ ގޭންގެއް ގަދައެއް ނުވާނެ ދޯ ތިހެން ކީމަ ހީވަނީ ގާނުނެއްނެއް ވެރިއަކު ނެއް ސަރުކާރެއް ނެއް ތަނެކޭ މީ ތިއިން އެއްކަމެއް ހައްލު ނުކުރެވުނަސް މުސާރަ އޯކޭ މިގައުމު މިހާރު އޮތް ހާލަތަކީ ހަކުރުން ޓެކްސް ފައިޓުން ޓެކްސް ވައްކަމުންޓެކްސް
    ސަލާމަތުން ތިބިމީހުނަށް އަނިޔާ ކީކޭދެން ބުނާނީ

  14. Anonymous

    ދެންތިބި މީހުން ދޫކުރާކައް ނިފެނޭތަ....؟؟؟

  15. ފެންތަށި އާއިލާ

    ޝިފާން މެން ސިޔާސީ ޕާޓީ ހަދައިގެން ދުވަން ވީ!

    ދައުލަތުގެ ފައިސާ ބަނޑުފުޅު އަޅުއްވައިގެން ރައްޔިތަކަށް ރައްކާތެރިކަމެއް ނުދެވޭތާ، ދައްކާ ތާކުން ތާކު ނުޖެހޭ ވަހަކަ.

    އޭނަ މީނަ ނުކިޔާ، ތިޔަށް ވުރެ ރަނގަޅު ކޮށްބަލަ، ފުލުހުން މަގުތަކަށް ނެރޭ، އެހެން ބުނީމަ ސްޓިކާ ޖަހާކަށް ނޫން، އަމަން ބަލަހައްޓާ، ރައްޔިތުންނަށް ރައްކާތެރި މާހައުލް އެއް ބިނާކުރުވަން، ކަލޭމެން ތިކުރާ އިބިލީސް ކައިވެނި ތަހުގީގަކާއި ވަގަށް ނަގާ އެއްޗެހި މުޅި ޕޮލިސް ފޯސް ބޭނުން ކޮށްގެން ކެމެރާ އިން ހޯދުމަކީ މޮޅު ކަމެއް ނޫން.

  16. ވަލީ އާދަނުު

    ދެން ދޫކޮށްލީމަ ދޫކޮށްލީމަ ކިޔާލަ ކިޔާލަ ތިބެންވީތޯ؟ އުސޫލުން ބޭރުން ކުރީމަ ދެވޭނެ އަދަބެއް، އެޅޭނެ ފިޔަވަޅެއް ނެތީތޯ؟ ދެރަވަރުކަމެއްނު، މާލިއްޔަތު ދޮވެލާފަ ދިޔާމަވެސް ކުރެވޭކަމެއް ނޯވެ، މިއޮތީވާ ޤަވްމެއް.. ދިވެއްސަކައްވީތީ ގަންނަނީ ލަދު

  17. ވާނުވާ

    ސީދާ ސާފުކޮށް މިހެންފެންނަން ހުރި ޖަރީމާތަކުގެ ޒިންމާ މިދިޔަ ސަރުކާރުގެ ކޮންމެސް ބައެއް އުފުލަންޖެހޭ. މިފަދަ ކޮރަޕްޝަންގެ އަމަލުތަކުން ޤައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލި މީހުން ހައްޔަރުކުރޭ. އަދި މިފަދަ ކަންކަން ތަކުރާރު ވިޔަނުދިނުމަށް ޤަވައިދުތަކެއް ހަދާ ސީޔާސީ މަންފާއަށް އަތްބޭނިޔަނުދީ.

  18. ވާނުވާ

    ސީދާ ސާފުކޮށް މިހެންފެންނަން ހުރި ޖަރީމާތަކުގެ ޒިންމާ މިދިޔަ ސަރުކާރުގެ ކޮންމެސް ބައެއް އުފުލަންޖެހޭ. މިފަދަ ކޮރަޕްޝަންގެ އަމަލުތަކުން ޤައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލި މީހުން ހައްޔަރުކުރޭ. އަދި މިފަދަ ކަންކަން ތަކުރާރު ވިޔަނުދިނުމަށް ޤަވައިދުތަކެއް ހަދާ ސީޔާސީ މަންފާއަށް އަތްބޭނިޔަނުދީ..