މިރޭވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުުގުރުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މާދަމާ ހެނދުނު 6:00 ގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން މިއަދު ވިދާޅުވީ، ދެކުނުގެ އަތޮޅުތަަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެނެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައި ވެއެވެ.

މެޓް އޮފީހުން ވަނީ ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަމަށްވެސް ވިދާޅުވެފައެވެ.

މެޓް އިން ލަފާކޮށްފައިވާގޮތުގައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަަކަށް މަޑުވާނެއެވެ. އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަަމަށް ލަފާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޠުރިިީފިން

    ޙދދރޔ