ރާއްޖެއިން ހައްޖުގެ އަޅުމަކަށް މައްކާއަށް ވަޑައިގެންނެވި ދިވެހި ހައްޖުވެރިންގެ ހާލު އާންމުގޮތެއްގައި ރަނގަޅު ކަމަށާއި ހައްޖުވެރިން ފުރުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިއަދު ވަނީ ހައްޖުވެރިން ރާއްޖެ އައުމަށް ފުރަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ހާމަކުރައްވާފައެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި އަހަރު ރާއްޖެއިން ހައްޖަށް ދިވެހި ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު މިހާރު ފުރުމަށް ތައްޔާރުވެފައިވާ ކަަމަށެވެ.

ޙައްޖުވެރިން ރާއްޖެެއަށް ފުރުމަށް ހަމަޖެހިފައިވަނީ:
24 ޖޫން
28 ޖޫން
01 ޖުލައި
04 ޖުލައި

އެ ވުޒާރާއިން މައުލޫމާތުދެއްވިގޮތުގައި ދިވެހި ހައްޖުވެރިންގެ ތެރެއިން މިހާތަނަށް ނިޔާވީ އެއް ހައްޖުވެރިއެކެވެ. މިވަގުތު ހޮސްޕިޓަލުގައި އެއް ޙައްޖުވެރިއަކު އޮތްއިރު އާންމުގޮތެއްގައި ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.