ތ. ވޭމަންޑޫގައި ލައިސަންސް ނެތި ގަވާއިދާ ހިލާފަށް ދުއްވި މީހާ ޖޫރިމަނާކޮށް، ސައިކަލު ޓޯވ ކުރި މައްސަލައިގެ ތެރޭގައި ކަންތައް ހިނގާދިޔަ ގޮތާއި ގުޅޭގޮތުން ދިވެހި ޓިކްޓޮކް ތަރި "ކުއީން މޮޑެސްޓީ" ޓިކްޓޮކްގައި ދެއްކި ވާހަކަތަކަށް ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އޭނާ ޓިކްޓޮކްގައި އާއްމު ކުރި ވީޑިއޯއެއްގައި ވަނީ މީގެ ކުރިން 2019 އެރަށުގައި އޭނާއަށް ދިމާވި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ނުބެލީ އެރަށު ފުލުހަކު އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމާއި، އަދި އޭގެ ފަހުން މި އީދުގައި އޭނާގެ ކޮއްކޮއަށް ދިމާވި ކަންތައްތަކުގައި އެ ފުލުސް މީހާ ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ތުހުމަތު ކޮށްފައެވެ.

އޭނާ ބުނެފައިވާގޮތުން އޭނާ ކޮއްކޮ އެރަށަށް ދިޔައީ ލައިސަންސް ނެގުމާއި އީދުގައި ބައިވެރިވުމަށެވެ. އޭނާ ދިޔައީ ސައިކަލުވެސް ހިފައިގެން ކަމަަށާއި، އޭނާ އެރަށުގައި ލައިސަންސް ނެތި އޭނާ ދުއްވިއިރު، ބަންދުކޮށްފައި އޮތް މަގެއްގަައިކަން ނޭނގި، އެ މަގުން ދުއްވި ކަމަށް ބުނެފައި ވެއެވެ.

"ފުލުހުން ބުނީ އޭނާ ޖޫރިމަނާއެއް ދައްކަން ޖެހޭ ކަމަށް، އޭނާ ބުނީ އޯކޭއޭ ޖޫރިމަނާ ދައްކާނަމޭ، އޭނާ ސްޓޭޝަނަށް ވަދެ މި ޖޫރިމަނާ ދައްކަން އުޅުނު،".

އޭނާ ވަނީ އެ ފުލުސް މީހާ އޭނާގެ ކޮއްކޮައާ ވާހަކަދެއްކި ގޮތުގެ ވާހަކަވެސް ހިއްސާ ކޮށްފައެވެ. އަދި އެ ފުލުސް މީހާ އަވަގުރާނަ ގޮވަން ފެށި ގޮތަށް ނުހުއްޓި ކަމަށް ކޮއްކޮ ބުނިކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އަދި އެ ފުލުސް މީހާ އޭނާގެ ކޮއްކޮގެ ސައިކަލު ޓޯވ ކުރަން ނިންމި ކަމަށްވެސް ބުންޏެވެ.

އޭނާ ތުހުމަތުކޮށްފައިވާގޮތުން އެ ފުލުަސް މީހާ ބޭނުންވަނީ އޭނާގެ އާއިލާއަށް އުނދަގޫ ޖައްސާށެވެ. އަދި އެ ފުލުސް މީހާ ހުރީ 2019ގެ އެ މައްސަލައާ ހެދި ހިތްހަމަނުޖެހިފައިކަން އެނގޭ ކަމަށްވެސް އޭނާ ބުންޏެވެ.

މި މައްސަލައިގައި ފުލުހުން މިރޭ ވިދާޅުވީ، ޖޫން 12 ވަނަ ދުވަހުގެ ހެނދުނު އެރަށު ސްކޫލުގައި ކުރިއަށް ދިޔަ ހަރަކާތަކާ ގުޅިގެން އެ ސަރަހައްދަށް ދުއްވާއެއްޗިހި ވަނުން މަނާކޮށް، އެއްގަމު އުޅަނދު ވަނުން މަނާކަން އަންގައިދޭ ބޯޑު ހަރުކޮށް އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް ބާރުސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ވަދެ، އަތޮޅު ކައުންސިލް އިދާރާ ކައިރީ ޕާކު ކުރުމަށްފަހު އަތޮޅު ކައުންސިލް އިދާރާއަށް، ސައިކަލު ދުއްވި މީހާ ވަން ކަމަށްވެސް ބުނެފައި ވެއެވެ.

"އެ މީހާ އަތޮޅު ކައުންސިލް އިދާރާއިން ނުކުމެ ސައިކަލަށް އަރައި ދުއްވާފައިދަނިކޮށް ހުއްޓުވައި ލައިސަންސް އޮތްތޯ ބެލިއިރު ލައިސަންސް ނެތްކަން އެނގިފައިވޭ. އެހެންކަމުން، ލައިސަންސް ނެތި ދުއްވި މައްސަލައާ ގުޅިގެން، ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް ސައިކަލު ވަނީ 15 ދުވަހުގެ މުއްދަތަށް ޓޯވ ކޮށްފައި،". ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލާގައި، މުއާމަލާތު ކުރުމުގައި ހިދުމަތް ލިބިގަތް ފަރާތުގެ އާއިލާއިން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެ ހާދިސާ އިތުރަށް ބެލުމަށްފަހު ފުލުހުންގެ ފަރާތުން ހިދުމަތް ދިނުމުގައި ރަނގަޅު ކުރަން ޖެހޭކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކާޅު

    ތިޔަ ސައިކަލެތް ޓޯރ ކުރިކަނ ނަސީބެއް . އެހެންނޫނީ މިރަށުގައި މިފަހަރު އީދު ވެސް ކުޅެލެވޭވަރު ނުވީސް . މިގޮލާ މިރަސައް ފޭބިގޮތައް ހީވަނީ ދޮރު ބަންދުވާތީ ދުއްވާހެން.

    40
    2
  2. ނަންނ

    ބަންދުކޮށްފަ އޮތް މަގަކަށް ވަނުން، ލައިސެންސްނެތި ދުއްވުން. އެވަރުންވެސް އަމިއްލަ ކޮއްކޮ ކުރި ކަންތަށް ތިމާއަކަށް ބޮޑުކަމަކަށް ނުވި. ސައިކަލް ޓޯކުރުން ބޮޑުކަމަކަށް މިވީ. ލައިސެންސް ނެތި ދުއްވައިފިނަމަ ގަނޫނުގަ އޮންނަނީ 15 ދުވަހަށް ޓޯކުރުން

    63
    1
  3. ސަނީ

    ލައިސަންސް ނަގަން ދިޔަ މީހަކު ސައިކަލުން މުޅިރަށުގައި! ސަޅި. ލައިސަންސް ނަގާނެވެސް ކަމެއްނެއް. ކަލޭމެން ހިސާބު މީހުނާ އަވައްޓެރިންނާ ޒުވާބުކުރީމަ ހުންނާނީ ލައިސަންސް ލިބިފައި

    52
    2
  4. ވަގުންގެ ރާއްޖ

    މީހަކު އެއްޗެކޭ ކިޔާފަ އާންމު ކުރާ އެއްޗެއްގެ ފަހަތުން ފުލުހުން ދުވާކަށް ނުޖެހޭދޯ
    2019 ގައި މައްސަލައެއް އޮތްނަމަ ހުށައެޅުނީސް ދޯ
    މިހާރުވެސް މައްސަލަ އެއް ހުލޭނަމަ ހުށައެޅޭނެ ދޯ
    މިކަން ކަމަކީ މަގުމަތީ ބަލަހައްޓާ ފުލުހުންގެ ބާރު ކެނޑުމަށް ކުރާ ކަންތައްތައް

    47
  5. އަދުރޭ

    ބޭކާރު މީހުން ތީ......ދުނިޔެ އޮތީމަ މަޝްހޫރު ވާން ވެގެން ހަރާމޭ އެކަންވެސް ކުރާކަށް ނޭންގޭ

    40
    4
    • ކާޅު އެމެރިކަން

      ވޭމަންޑޫ ތަރިޔެކޭ ތި ނަސްރީނު ތީ އެމެރިކާ ޖަލުގަ އޮތްކުއްވެރިއަކާ ނީދެ އެތައްދުވަހެތްވަންދެން އުޅެ އެހަކައްދުވަހަކު އިދެގެން އުޅޭ މަންޖެއެތް ތަރިއެތްނޫން ތީ އޮސްސިފައިން ބީތާއެތް

      12
      1
  6. މައި

    ކުއްކުރާމީހުން ކުށުގެ ތެރެއިން ރެކެން ޖަހާނަޅިތީ ، މީހުންގެ ސަމާލުކަން ހޯދާ ކުރާކުށައް ފަސްއަޅާލަނީ ،

    33
    1
  7. އަލިބެއްޔާގެ ދަރި

    ކުށް ކޮށްފައި، ކުށްވެރިވީމާ ކުށްވެރި މިކުރަނީ ފުލުހުން. ތިވެސް ދެން ގޮތެއް

  8. އަލިފުތާސް

    ދުވާލު 02 އިރަށް ޓިކްޓޮކަށް ވީޑިއޯ ޕޯސްޓްކޮށްލާއިރަށް ތަރިއަކަށް ވަނީ ކިހިނެއްބާ؟

    11
    1
  9. Anonymous

    ޓިކްޓޮކްގަަ އަަަދި މީހަކު އެއްޗެކޭ ގޮވާލާއިރަށް ފުލުހުން އެކަމާ އުޅެން ޖެހޭނެ ކަމަކަށް ނުދެކެން. ރަސްމީ ކޮށް މައްސަލައެއްގެ ގޮތުގައި ހުށަނާޅަނީސް.

    9
    1
  10. މިވަރު

    ކިދުމަތް ރަނގަޅުކުރާއިރު ދެން އެ ހަމަ ހެޔޮދޯ އަނގަހައްދެއް ޖަހަން ޖެހުނަސް. ޚިދުމަތް ރަނގަޅުކުރީމާ ނިމުނީތ

  11. Anonymous

    އުޅޭ ވަރައްތުރާކުރާ ފުލުހުންވެސް ވަރައް ހަޑިހުތުރުބަހުން ވާހަކަ ދައްކާ ޖެއްސުން ކުރާ ފާޑުގެ

    7
    4
  12. ޙުހު

    ތިއީކީމާމަސްސޫރު ޓިކުޓޮކު ތަރިއެއްނޫން ތީނަގެ ކޮއްކޮމެންތިހިން ތިއުޅުނީ ތީނަގެ ސަބަބުން ޕޮލިހުންގެ މަސައްކަތައް ހުރަސް އަޅާ ލައިސަންސްނެތި ސައިކަލް ދުއްވާ ހެދީމަވެސް އަޅާނުލަންވީތަ މީނަގެ ދައްތަ ޓިކު ޓޮކު ތަރި އަކައްވެގެން.

  13. މެކޭ

    ކޮން ކުއީން މޮޑެސްޓީއެއް؟ އެއީ ކާކު؟ ބޮޑަށް ވައްތަރީ ވާނުވާ ނޭނގޭ މީހަކާ. އާންމުކޮށް ތި ޓިކްޓޮކް ތަރިންނޭ ކިޔައިގެން އުޅޭނީ ބޮލުރޮދިން.

    10
  14. ހަސަނު

    ތިޔަ ކިޔާ މަންޖެ އަކީ މިހާރު އެމެރިކާގެ ޖަލުގަ އޮތް ބޮޑު ކުއްވެރިއަކާއި އިދެގެން އެތާ އުޅެމުންދާ މަންޖެއެއް! މީހުންގެ ސަމާލު ކަން ހޯދަން އެފަދަމީހުން ކޮންމެ އެއްޗެކޭކިޔާފާނެ. އަލީ އެކްޕްރެސް އިން 2 ޑޮލަރަށް ލިބޭ މުސައްލަ 60 ދޮލަރަށް ވިއްކަމުން ދޭ ތިކިޔާ މަންޖެ.

  15. ބަކުރުބެ

    މީނާމީ މައިންބަފައިންނަށް ފިލައިގެން އެމެރިކާއަށްގޮސް ޖަލުން ސަލާމަތްވެގެން އުޅޭ ފިރިހެނަކާ ނީދެ އެމެރިކާގަ އެތައްދުވަހަކު އުޅުނުމީހެތް ބޭރުމީހަތްވިއްޔާ ވަރައްފޯރިހުންނާނެ ދިވެސްސެތްވިއްޔާ އެއީކުނި މީނަދެކޭގޮތުން

    2
    1
  16. ޕަރުދޭޝް

    އެއްވެސް ކުއިން މޮޑެސީއެއް ނޯންނާން.ކަލޭގެ ކޮށްކޮ ދިވެހިރާއްޖޭގައި އެއްގަމުގެ ވެހިކަލްދުއްވުމުގެ ގަވައިދުތެރޭގައި ހުރިނަމަ ފުލުހުންނެއް ސުވާލުކުރިނަމަވެސް ފިޔަވަޅު ނާޅާނެ. އަދި ލައިސަންނަގަން ރަށަށް ދިޔުމަކީ ވެހިކަލް ދުއްވުމުގެ ހުއްދަލިބުނުކަމަށް ހީކުރުމަކީ ކަލޭއަށް ތަނެއް ދޮރެއް ނޭގޭކަމުގެ ހެތްކެއް.. މަތީގައި ހުރި ކޮމެންޓްތައް ކިޔާލީމަ އެގިގެން ދިޔައީ ކަލޭގެ ކޮށްކޮ ބާރަށް ރަށުތެރޭގައި ބާރައް ސައިކަލްދުއްވާކަމާއި އެކަމުގެ ސަބަބުން ރަށުގެ އެހެންމީހުންނަށް އުދަގޫވެ ބިރުވެރިކަމެއް ތިބިކަން.. ތިޔާތީ ކުއިން ރިހަގަޑު

    6
    1
  17. ބޭބެ ގެ ބޭބެ

    މިހާރު މީހެއް މައްސަލއެއް ބަލަން ފަށާއި އިރަސް . ފުލުހުން އަވަގުރާނަ ގޮވި މައްސަލަ، އަނިޔާކުރި މައްސަލަ، މިކަހަލަ ކޮންމެވެސް މައްސަލައެއް ފުލުހުންގެ ބޮލުގަ އަޅުވާ، އަނެއް މައްސަލަ އޮއްބާލާ. މީ އަޅެ އަރަތެއް ކަހަލަ ކަމެއްތަ؟ މި ޤައުމުގަ މިހާރު މައްސަލަ ބެލޭކަށް ނެތް. ރަތް ދޫލަ އަޅައިގެންތަ މައްސަލަ ބަލަންޖެހެނީ.

    6
    1
  18. ސިމްލާ

    ޖަލަށް ލާފަ ލައިސަންސް ދޭން ވީ

  19. ބައްޅަ؛ޕޮލިސް ބަލާމީހާ.

    ވޭމަންޑޫ؛އަށް ނިސްބަތްވާ؛ ޕޮލިހެއްވީމާ؛ ޕޮލިސް މީހާގެ ދިފާއުގަ ހިޔާލު ފާޅުކޮށްފަ އެވަނީ؛ އެޕޮލިސް މީހާއާއި؛ ޢާއިލީ ގޮތުން ގުޅުން ހުރި ދެތިން މީހަކު އެކި ނަންނަމުގަ.ޙަޤީޤަތުގަވެސް؛ ވޭމަންޑޫ ޕޮލިހުގަ އުޅޭނެ މިހާރުން މިހާރަށް މަޤާމުން ވަކިކޮށްފަ ކޮށްޕާ ނެރެ ގެއަށް ފޮނުވާލަންޖެހޭ؛އިންސާނެއްގެ މައްޗައް އަަގަލެއްގެ ކަންފުޅެއްވެސް މީހާގަޑެެއް. އެއީ؛ އިންޗާޖަކަށް ހުރެގެން؛ ޕޮލިސް ޖިޕުގަ އޭނާގެ ގެއަށް ވެލާމަސް ހިފާގެން ދަނިކޮށް ރެޑުވި؛ މީހެއް؛

    5
    3
  20. އަލީ

    މިޔަށް ކޮމެންޓް ކޮށްފައިވަނީ ފުލުހުން ކަން ފާހަގަ ކޮށްލެވޭ.
    ފުލުހުން ވެސް ގަބޫލު ކުރަން ޖެހޭނެ ހުރިހާ ފުލުހުންނަކީ ރަނގަޅު ބައެއްނޫން ކަން އަދި މީހެއްގެ މައްޗަށް ކަމެއްގަ ތުޙުމަތު ކުރެވިއްޖެ ނަމަ އެކަން ބަލައި ހަޤީޤަތް ހާމަ ކޮށްދޭން ޖެހޭނެ ކަން

    8
    6