ވެރިކަން ކުރާ މައިޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އައު ޖަގަހަ މިރޭ ހުޅުވުމަށް ނިންމައިފިއެވެ.

ޕީއެންސީގެ އާ ޖަހަގަ ހުޅުވަނީ މީގެ ކުރިން ދަ ޑިމޮކްރެޓްސްގެ މައި ޖަގަހަ އަދި އޭގެ ކުރިން އެމްޑީޕީގެ ޖަގަހަ ހިންގި އިމާރާތުގައެެވެ.

ޕީއެންސީން ބުނީ ޖަގަހަ ހުޅުވުމަށް ބާއްވާ ޖަލްސާ 22 ޖޫން ވަނަ ދުވަހުގެ ރޭ 20:30 ގައި އާޓިފިޝަލް ބީޗް ކުރިމަތި، ހ. ވެޔޮވިލާގައި ބާއްވާނެ ކަމަށެވެ.

ޖަގަހަ ހުޅުއްވައިދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޕީއެންސީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ކަމަށް އެޕާޓީން ވިދާޅުވެއެވެ.

އެ ދެ ބޭފުޅުން ވަނީ މިއަދުގެ ވަގުތެއްގައި ޖަގަހަ ތައްޔާރު ކުރަމުންދާ ތަނަށް ވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

އެމްޑީޕީގެ ކުރީގެ ހަރުގޭގެ ގޮތުން ހިންގަަމުން ގޮސް، ފަހުން "ދަ ޑިމޮކްރެޓްސް"ގެ ހަރުގެ ހިންގަމުން އައި އިމާރާތް ހުސްކޮށްފައިވަނީ އެތަނުގެ ވެރިފަރާތް އަންގައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިކި ކިރު

    ޖަގަހަތައް ހުލުވިދާނެ! ޤައުމު އޮތީ ބަނގުރޫޓުވެފާ! ރައްޔިތުން ތިބީ އަނގަ އާއި އަތާ ދިމާނުވާ ހާލުގައި! ވެރިން ތިބެނީ ފިނި ކޮޓަރީ ތަކުގައި އިއްޒަތުގައި އަރާމުގައި ޒަމްޒަމް ފެން ބޮއެގެން.

  2. ހުސެއިން ޝާމް

    ޢަޅުގަނޑުމެން ޕާޓީގެ ރޫޙާނީ ލީޑަރ ބަލާލީމަ ހީވަނީ ވަރަށް ކޯފާ އިސްވެފަ ހެން ހުރީ.އެހެން ވީމަ ކޮމެންޓް ކުޜާކަށް ނުކެރޭނެ. ޕާޓީން ވަކި ކޮށްފާން. ޡިންމާދާރު ވެރިޔާ ތައުފީޤު ސިޓީ ފޮނުވިޔަސް ލިޔުމުން ސިޓީ އަކަށް ޖަވާބެއް ނުދެއްވާނެ.

  3. ދދސ

    ކޮންކަމެއް ފުއްދާފަތަ ތިޔަ ތަން ހުޅުވަނީ. ދިވެހިން މިތިބީ ތިޔަކަމަށް ސާބަސް ދޭގޮތަކަށްނޫން. ބުރާންތިވެފަ ނެތްނަމަ މިކަންކަން އެގެން އެބެޖެހޭތާ