ސޯމާލިއާގެ ބަޔަކު ރާއްޖޭގެ ފަޅުރަށަކަށް ޑިންގީއެއްގައި ލައްގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނ. އަތޮޅު ވަވަތިއަށް މިއަދުގެ ވަގުތެއްގައި ޑިންގީއެއް ލައްގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގައި ސޯމާލިއާއަށް ނިސްބަތްވާ ތިން މީހަކު ތިބި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

ސޯމާލިއާގެ މީހުން ތިބި ޑިންގީ

އާންމުވެފައިވާ ފޮޓޯއިން ފެނިގެންދަނީ ސޯމާލިއާއަށް ނިސްބަތްވާ ކަމަށް ބެލެވޭ ތިން ފިރިހެނަކު ވަވަތީގައި ހުރި ބެންޗެއްގައި އިށީދެހެން ތިބޭ މަންޒަރެވެ.

ވަވަތިއަކީ ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓާއި ކައިރިން އޮންނަ ފަޅު ރަށެކެވެ. މި ރަށަކީ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

މިކަން މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މެން

    ދިވެހި ސިފައިން މިކަމަށް ސަމާލުވޭ ބިރުބޮޑު ކަމެއް ފޭރޭމީހުން

    10
  2. ޙުސެއިން ޝާމް

    ޢެހެންވީމަ އަޅުގަނޑާ މަންމަ އާއި ހައްޖަށް ދާނީ އެމް.ޓީ.ސީ.ސީ ފެރީގަ.ދުނިޔޭގަ ރިކޯޑު ފޮތުގަ ލިޔެވޭނެ.

    1
    1
  3. ހަންޑިކުޑަ

    ދުނިޔޭގެ ހުރިހާ ޤައުމު ތަކުގެ ރައްޔިތުން ބޭނުން ވަނީ ރާއްޖެ އަށް ހިޖުރަ ކުރަން. މިއީ ދުނިޔޭގައި އެންމެ ފަސޭހައިން ދިރި އުލެވޭނެ ޤައުމަކަށް ވެފާ ޑޮލަރ ބޭނުން ވަރަކަށް އެވެރިންނަަށް ލިބޭނެ ޤައުމަކަށް ވެފާއި ބިދޭސީން ބޭނުންވާ ވިޔަފާރި އެއް ކޮއް ބޭނުން ވާ އަންހެނަކާއި އިނދެވި ޖަހާނެ ސަކަރާތެއް ޖެހޭނެ ޤައުމެއްކަން އެވެރިނަށް އެނގޭ! ވެރިން ނަކީ ނަމެއްގައި ތިބޭ ބައެއްކަން އެވެރިންނަށް އެނގޭތީވެ،

    22
    1
    • ޒަކީގެ ބައްޓޭ

      އީދަށް ކަމަދުއަށް އަންނަންވެގެން އެސޮރުމެންނަށް ތަންކޮޅެއް ލަސްވި..

  4. Anonymous

    ތިއީ ކަނޑުފޭރޭމީހުން ވަގުތުން އެމީން ކަނޑުފައްތާލާ، އެމީހުންގަޔަބަޑިޖަހާމަރާލާ

    5
    17
  5. ޚާލި

    ފޭރޭ ކުއްވެރިން ހެން ހީވަނީ... ކަނުބަނދެގެން ގެންގުޅެންވާނީ

    9
    1
  6. އަވަށުމީހުން

    ހާލުގައި ޖެހިގެންތިބި ބަޔަކުގެ ވައްތަރެެއްނުޖަހާ އަވަހަށް ބޮއްކުރައަށްލާފައި ބޭރަށް އޮއިހުރިދިމައަކަށްދޫކޮއްލާ

    11
    4