ސަރުކާރުގެ ހިންގާ މައި ޕާޓީ ޕީއެންސީއަށް ގިނަ އަދަދެއްގެ މެމްބަރުން މިރޭ ސޮއިކޮށްފިއެވެ.

ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ފޯމު ވަނީ ހަވާލުކޮށްފައެވެ. ފޯމްތަކާއި ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިރޭ ޕީއެންސީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޝަފިއްޔާ ޒުބައިރަކީ ޕީއެންސީގެ ހަރުގެ ހުންނަ ބިމުގެ ވެރިފަރާތެވެ. އިދިކޮޅު އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީން ފެނިގެން ދިޔަ ޝަފިއްޔާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ދަ ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައެވެ.

އަލަށް ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރުންނަކީ:

ޝަފިއްޔާ ޒުބައިރު
މުހައްމަދު ނާޒިމް
އުމަރު ޒާހިރު
މުހައްމަދު ހާނިމް
އަބްދުﷲ ވަހީދު
މުހައްމަދު އަބްދުﷲ
ޝައްމޫން މުހައްމަދު
ޝިފާ ޝަފީޤް
ސައުދުﷲ އަލީ
ޝިޔާން ޝަފީޤް
މުހައްމަދު ޝަހުނީމް
މުހައްމަދު ޖުނައިދު

ޕީއެންސީ ހަރުގެ ހުޅުވުން--ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް

މީގެ އިތުރުން ވެސް ހުޅުދޫ ދާއިރާއިން ވެސް ޕާޓީއާ ގުޅުނު ގިނަ ބަޔަކު ފޯމްތައް ވަނީ ހަވާލުކޮށްފައެވެ. އަދި ހުޅުމާލެ ދާއިރާގެ މެމްބަރުން ޕާޓީއާ ގުޅުނު ފޯމްތައް ވެސް ވަނީ ހަވާލު ކުރައްވާފައެވެ.

ޕީއެންސީ ހަރުގެ ހުޅުވުން--ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް

ޖަގަހަ ހުޅުވާފައިވަނީ އާޓިފިޝަލް ބީޗު ކުރިމަތީގައި އެމްޑީޕީގެ ކުރީގެ ހަރުގެ ހުރި އިމާރާތުގައެވެ. ފަހުން "ދަ ޑިމޮކްރެޓްސް"ގެ ހަރުގެ ހިންގަމުން އައި އެ އިމާރާތް ހުސްކޮށްފައިވަނީ އެތަނުގެ ވެރިފަރާތް، ޝަފިއްޔާ އަންގައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނައިކީޒް24

    ސަފިއްޔާއަށް 5 އަހަރިގެ ކުއްޔޭ ކިޔާފަ 3.6 މިކިޔަން އެއްފަހަރާ ދިނީމަ ސޮއި ކުރާނެތާ.. ސިޔާސީ ރަންޑިއެއް އެ ވެސް..

  2. އިސްޢާފް ސަލީމް

    ސާބަސް ދަރިންނޭ! ރަގަޅަށް ރިހަކައްކާލަންވާނެ އިންޝާއަﷲ

  3. ހުސެއިން ޝާމް

    ޕީ.އެންސީ.އަށް ރައްޔިތުން މަޖިލީހުގެ މެމްބަރުން ހޮވި ވަޑައިގަތުމަށްފަހު ސޮއިކުރާ ކޮންމެ ބޭފުޅަކު މީރާ އަށް ކޮންމެ މަހަކު 1000 ރުފިޔާ ދައްކަން ޖެހޭނެއެވެ.ސަބަބކި ސަރުކާރު ހިންގާ ޕާޓީ ހިންގުމަށް ބޭނުންވާ ޚަރަދު ދައުލަތުން ދޭނީ އެއިރުން .މިއުޅޭ ތައުފީޤު އަހަރަކު ޕާޓީ ހިންގަންދޭ 16 ރުފިޔާއިން ކިހިނެއްތޯ މިހާ ގިނަ ރައްޔިތުްނަން ސައި ފޮދު ހިއްޕެވުމުގެ އިންތިޒާމް ހަމަޖައްސާނީ.އެހެންވީމާ މިކަމާ ބެހޭ ގޮތުން ޕާޓީ ގެ ސްޓިއްރިންގ ކޮމެޓީ އާއި މަޝްވަރާ ކޮށްފަ ޕާޓިގެ ސެކްރެޓަރީ ޖެނެރަލް ބަޔާނެއް ނެރޭނެ. އަދި ސެކްރެޓަރީ ޖެނެރަލް ވިސްނަންޖެހޭނެ މިއުޅޭ އެމްބިއުލާންސް ބަރުގޮނު އަޅަމުން މަޖީދީމަގުން ދުއްވާތީ އޮފީހުގެ މަސައްކަތަށް ވެސް އުދަގޫވާކަން.އަދި ހެލްތް މިނިސްޓަރގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުވައްދާތި އަނެއްކާ ،ކަންތައްތައް އިސްލާޙު ކުރަން ޖެހޭނީ .ވަރަށް ސަލާމް

  4. ހުސެއިން ޝާމް

    ޕީ.އެންސީ.އަށް ރައްޔިތުން މަޖިލީހުގެ މެމްބަރުން ހޮވި ވަޑައިގަތުމަށްފަހު ސޮއިކުރާ ކޮންމެ ބޭފުޅަކު މީރާ އަށް ކޮންމެ މަހަކު 1000 ރުފިޔާ ދައްކަން ޖެހޭނެއެވެ.ސަބަބަކި ސަރުކާރު ހިންގާ ޕާޓީ ހިންގުމަށް ބޭނުންވާ ޚަރަދު ދައުލަތުން ދޭނީ އެއިރުން .މިއުޅޭ ތައުފީޤު އަހަރަކު ޕާޓީ ހިންގަންދޭ 16 ރުފިޔާއިން ކިހިނެއްތޯ މިހާ ގިނަ ރައްޔިތުުންނަން ސައި ފޮދު ހިއްޕެވުމުގެ އިންތިޒާމް ހަމަޖައްސާނީ.އެހެންވީމާ މިކަމާ ބެހޭ ގޮތުން ޕާޓީ ގެ ސްޓިއްރިންގ ކޮމެޓީ އާއި މަޝްވަރާ ކޮށްފަ ޕާޓިގެ ސެކްރެޓަރީ ޖެނެރަލް ބަޔާނެއް ނެރޭނެ. އަދި ސެކްރެޓަރީ ޖެނެރަލް ވިސްނަންޖެހޭނެ މިއުޅޭ އެމްބިއުލާންސް ބަރުގޮނު އަޅަމުން މަޖީދީމަގުން ދުއްވާތީ އޮފީހުގެ މަސައްކަތަށް ވެސް އުދަގޫވާކަން.އަދި ހެލްތް މިނިސްޓަރގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުވައްދާތި އަނެއްކާ ،ކަންތައްތައް އިސްލާޙު ކުރަން ޖެހޭނީ .ވަރަށް ސަލާމް

  5. ހއޖ

    މަސްދާނީ ފެންއޮތް ތާކައް.ދުނިޔެ ހިގަމުން ދާގޮތް.