އަންނަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓްގެ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހާއްސަ ކުރާ ފައިސާގެ ތެރެއިން 50 އިންސައްތަ ހާއްސަކުރައްވާނީ ގެދޮރު ބިނާ ކުރެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައި އޮތީ ބޮޑު ދެ ވައުދު ކަމަށާއި އެއީ ގެދޮރުވެރިކަން ހޯދައިދިނުމާއި ވަޒީފާގެ ވައުދު ކަމަށެވެ.

ގެދޮރުވެރިކަމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގެދޮރުވެރިކަމުގެ ވައުދަކީ އެންމެ ބޮޑު ވައުދު ކަމަށާއި އެ ވައުދު ފުއްދަވާނެ ކަމަށް ރައީސް ތަކުރާރު ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އަންނަ އަހަރަށް މި ސަރުކާރުން ފާސްކުރާ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގެވުމަށް ކަމަށެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި މަދުވެގެން 50 އިންސައްތަ ކަނޑައަޅާނީ ކޮންމެ އަހަރަކު ގެދޮރު ބިނާކުރުމަށް ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަންނަ އަހަރު މި ސަރުކާރުން ހުށަހަޅާ ފުރަތަމަ ބަޖެޓް ހުށަހަޅާނީ. މި އަހަރު މި ހިނގަނީ އަޅުގަނޑުމެން ފާސްކުރި ބަޖެޓަކުނެއް ނޫން، އެއީ މަޝްރޫއުތައް ބާރު ސްޕީޑުގައި ނުހިންގޭ ސަބަބަކީ. އެކަމަކު ވެސް އެބަ ހިންގަން، ވަރަށް ދަތިކޮށް ވިޔަސް މަސައްކަތް އެބަކުރަން. އެ ބަޖެޓުގައި އެންމެން އިސްކަމެއް ދެނީ ގެދޮވެރިކަމުގެ މަޝްރޫއުއަށް. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި މަދުވެގެން 50 އިންސައްތަ ކަނޑައަޅާނީ ކޮންމެ އަހަރަކު ގެދޮރު ބިނާކުރުމަށް. މިއީ ދުވަހަކު ވެސް ރާއްޖޭގައި ކުރިކަމެއް ނޫން. މިސާލަކަށް 9 ބިލިއަން އަކީ ޕީއެސްއައިފީ ކަމަށްވަންޏާ އޭގެ 5 ބިލިއަން ރުފިޔާ ޚަރަދުކުރާނީ ގެދޮރު ބިނާކުރުމަށް،" ރައީސް ވިދާޅުވިއެވެ.

ޕީއެންސީ ހަރުގެ ހުޅުވުން--ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް

މީގެ އިތުރުން ރައީސް ވިދާޅުވީ އާމްދަނީ އިތުރުކޮށް، އިގްތިސާދު ސިންދަފާތުކޮށް، އެކިއެކި މަޝްރޫއުތަކުން ލިބޭ ވަޒީފާގެ ފުރުސަތަކާއި އެކި ޕްރޮޑަކްޓްތައް ނެރެ، އާންމުންނަށް ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް "އަކުރުން އަކުރަށް، ރަނުން ރަނަށް" ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމުގެ ހަމެޖެހުމާއި މިނިވަންކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ވެރިކަމުގެ މިހާތަނަށް ސިޔާސީ މަޤްސަދެއްގައި ހައްޔަރު ކުރި އެކަކު ވެސް ނުހުންނާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ މަންޒަރެއް ނުފެންނާނެ ކަމަށެވެ.

"ސިޔާސީ ގޮތުން ކިތަންމެ ދޮގެއް ހެދިޔަސް ހައްޔަރު ކުރާނެ މީހެއް ނުހުންނާނެ. ސިޔާސީ ބަދަލު ހިފުމެއް ނުހިފާނެ. ބަދަލު ހިފުމުގެ ރޫހު ނައްތާލަން ރައްޔިތުން ބޭނުންވީ އެކަން މި ޤައުމަކުން ނުފެންނާނެ. ވައްކަމާއި ކޮރަޕްޝަނަށް ޖާގަ ނޯންނާނެ. މިހާރު އެފަދަ މީހަކު ހެއްކާއެކު ގެނަޔަސް ފިޔަވަޅު އަޅާނަން،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް، ފާޑު ކިޔަސް ތެދު ބަހުން ވާހަކަ ދެއްކުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ބަދަލު ހިފުމެއް ނެތަސް އަދުލު އިންސާފު ގާއިމް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސެއިން ޝާމް

    ޥިލިމާލެއިން ގޯތި ދޫކުރުމާ އެކު ގެނަދިޔުން ރަގަޅު.މަރުޙަބާ މަނިކުފާނުގެ ޒަމާނީ އިސްލާހީ އޖެންޑާ.ހުރިހާ ވަޒީރުން ބިރުނުގަނެ ތައުބާވެ އިސްލާޙުވޭ.ބިރުވެތިވާންވާނީ ﷲދެކެ.ﷲއަކްބަރ ،ﷲއަކްބަރު

  2. ހުސެއިން ޝާމް

    އަބުދުއް ރަޙީމް މަނިކުފާނަށް އަޅުގަނޑު ވަރަށް އިޙްތިރާމް ކުރަން .މިއުޅޭ އައްޑޫ އަންހެން ވެރިން ހަވީރު ފިނި ބުރަށް މޭކަޕު ކޮށްގެން ސެންޓު ބުރުވާ ލައިގެން މިއޮތްފަދަ ރީތި ދިގު ހެދުން ޤައުމީ ހެދުން ދޫކޮށްފަ ފާޑެއްގެ ކަޅުހެދުމެއް އަޅައިގެން ގޮސް މަނިކުފާނުގެ ވާހަކަ އެބަ ދައްކާ މނިކުފާނު ހިތަށް ބެޓްރި ލައްވައިގެން އުޅެނީ އޭ ކިޔައިގެން އެވާހަކަ އެދައްކަނީ މަނިކުފާނުގެ އަންހެނުނާ ޢާއިލާ މުޅި ޤައުމަށް ބޭޒާރު ކުރަންވެގެން.ވަރަށް ނުރައްކާތެރި މުނާފިޤުން ތަކެއް .މިމީހުންނަށް ބަޖެޓުދީ މިމީހުން ތަމްރީނު ކުރާތަނަކީ އިސްލާމިކް މިނިސްޓްރީ ކަމަށް އައްޑޫ ލައިވުން ތުހުމަތު ކުރަނީ. އަޅުގަނޑުގެ މަންމަ އަޅުގަނޑަށް އެންގި އެންގުމަކުން ވެސް މިކަމަށް ބާރު ލިބިދެއެވެ.މުނާފިޤުން ކައިރީގަ ތިބޭއިރު އެގޭނެ ގޮތަކީ ފަތިސް ނަމާދަށްފަހު ބަޤަރާ ސޫރަތް ކިޔަވާފަ އޮފީހަށް ވަޑައިގަތުމުގެ ކުރިން 2 ރަކުޢަތް ނަމާދެއް ކުރުމުން ހަޤީޤަތް ހޯދިދާނެ ކަމަށް އިންޑިޔާގެ މުސްލިމް ސައެންޓިސްޓުންގެ ދިރާސާއިން އެބަ ދައްކާ.އެހެންވީމަ މަނިކުފާނު މިޤުރޫޕް ހޯދަން އެބަޖެހެއެއްނުން. ދިވެހި ބަހުގެ ހަރު ބަހެއްގަވެސް އޮވޭ ރައްކާވެ ތިބިއްޔާ ދަތުރެއް.އަޅުގަނޑަށް ވުރެ ބޮޑަށް އެގޭނީ ދިވެހި ބަހުގެ މިނިސްޓަރަށް.އަދި ޢިއްޒަތްތެރި މަނިކުފާނށް އެގިލައްވާތޯ މިބައިމީހުން މަޖިލީހާ ބެހޭ ގޮތުންވެސް ވަރަށް ފާޑު ފާޑުގެ ވާހަކަ ދައްކާ، އެގޮތުން މާލީ ބަޔާން ނުލިބޭވާހަކަ ވެސް މިއުޅޭ ހާޖަރާގޭ ސިއްދި ދައްތަ އައްޑު މީހުން ކިޔާގޮތަށް އަޅުގަނޑު މިކިޔަނީ އެކަމަނާގެ ދަރިފުޅު ޑޮކްޓަރ އާމާލް ޢަލީގެ ބޭބެ ހާޖަރާގޭ ތައުފީޤު ފަރުވާ ކުޑަ ކަމުގެ ވާހަކަ އާއި މަޤާމު ގެއްލިދާނެތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންވެސް އިލެކްޝަނުގެ ވެބްސައިޓަށް އަޕްލޯޑު ނުކުރާ ވާހަކަ އާއި ބައިވަރު ވާހަކަ އަޅުގަނޑުގެ ބޮލުގައެއް ނުރިއްސާ ހިނި އަންނަނީ ސަބަބަކީ މަޖިލިސް މެމްބަރުންނަށް ވޯޓު ދީފަ އައިސް ދެން ކޮން ޗުކު ،ޗުކެއް ލައްވާކަށް .އަދި ސިވިލް ސަރވިސް މުއައްޒަފުން ރަސްމީގަޑީގަ ބޭރުގަ އުޅޭ ވާހަކަ އާއި،ސިޔާސީ ވާހަކަ ދައްކާ ވާހަކަ އާއި ނުބެހޭ ކަށް ކަމެއް ނޯވޭ.އެކަމަކު މިބައިމީހުން ކިޔަވައިގެން ތިބެނީ އަސާސީ ތަޢުލީމު ފެންވަރަށް ކަމަށް މަޖިލީހުގެ މެމްބަރުން ވިސްނަނީ .އަޅުގަނޑު ވިސްނާ ގޮތުން މިއައްޑޫ އަންހެން ވެރިންނަކީ މިރޮގުން ޕީ.އެޗްޑީ ޙާސިލް ކޮށްފަތިބި ބޭފުޅުންކަމަށް އަޅުގަނޑު ދެކެނީ.ސަބަބަކީ އިސްވެ ދެންެވި ވާހަކަ ދައްކަން ތިއްބާ ބަންގި ގޮވަނީ ހަމަވަގުތުން ވާހަކަ ހުއްޓާލާ މިގޮވަނީ ބަންގި އޭ މަންދިޔެ ،ފާތިންދިޔެ،އައިސާ ދިޔެ ބަންގި ޤޮވައިފި އަވަހަށް މިސްކިތަށް ދާންވީ ބަރާބަރަށް ނަމާދު ކުރާނެ މީހުންނަށްވެސް އެހާހެޔޮވާނެ.ފައިސާ ހޯދަން ބުނާނެ ދައުލަތުގެ ވެރިން އަތުން ފައިސާ އަތުލަން ދާށޭ ތިމަންނަމެން އަތަކު ނެތޭ.އެކަމަކު ދައުލަތުގެ ވެރިކަމަށް ހޮވަން މިހުރިހާ މަސައްކަތެއް މިކުރަނީ މިއަންހެންވެރިން .ނަށާ ބެރުޖަހާ.ޝައިތާނާގެ ނުބައި ރޭވުން .އެހީތެރިންނަކީ މުނާ ފިޤުން.މިބައިމީހުން ނޭގިގެން އެންމެ ފަހުން އެތައް ޤަތުލު އާންމެއް ރަސޫލު ޒަމާނެއްސުރެ ފަށައިގެން މިއަދާ ހަމައަށް އެބަހިގާ.މިކަން ހުއްޓުވޭނެ ގޮތެއް ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެބަޖެހޭ ކުރަން.އެކަކު އަނެކަކަށް ފާރަވެރި ވެގެން މިކަން ކުރެވޭނީ .އިތުބާރު ހޯދަން މުސްލިމުން ދާން ޖެހޭނީﷲގެ ދަރުބާރު މިސްކިތަށް .މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ދައުލަތުގެ ބޮލުގަ އެޅިފައެއް ބޮޑު ޒިންމާއެއް.އެޒިންމާ އިން ބަރީއަ ނުވެވޭނެ.މުސްލިމުންގެ އަބުރާ ޢިއްޒަތް އެބަ ޖެހޭ ރައްކާތެރި ކުރަން.

  3. ހުސެއިން ޝާމް

    މިހާރު މަޑު މަޑުން ހުރިހާ މަސައްކަތެއް

  4. ހުސެއިން ޝާމް

    މިހާރު މަޑު މަޑުން ހުރިހާ މަސައްކަތެއްވެސް ކުރިއަށްދޭ، ރޯޑުކޮންސްޓްރަކްޝަންގެ މަސައްކަތް،ބްރިޖުގެ ގޭޓުގެ މަސައްކަތް ޗައިނާ ބޭފުޅުން އަދި ސްޓެލްކޯތެރޭގަވެސް ގޭޓު ހުޅުވައިގެްނ މަސައްކަތް ކުރޭ.އެމް.އެން .ޑީ އެފް ފަޔަރުގެ ބޭފުޅުންވެސް މަސައްކަތް ކުރޭ.އަޅުގަނޑު މިދެންެވި ބޭފުޅުންނަކީ ނުރަސްމީ ގަޑީގަވެސް ޤައުމީ ބުރަމަސައްކަތުގަ އުޅޭ ބަޔަކަށްވާއިރު އެބޭފުޅުންނަށް ދިވެހިންނަށްވެސް އަދި ބިދޭސީންނަށްވެސް ރަގަޅު މުސާރަ އާއި އިނާޔަތް ހަމަޖެއްސުަމަށް ވަކާލާތު ކުރުމަކީރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ޒިންމާ އެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ެލެކްޝަން ކޮމިޝަނަރ ތައުފީޤު މާލީ ބަޔާން މަޖިލީހުގެ މެމަބަރުންނަށް ލިޔުމަކަުން މާފު ކޮށްދީފީމޭ ބުނެ ލިޔުން ލިބުނީމަ މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑު ކުރީމަ ރައްޔިތުންނަށް ފެންނަން ހުންނާނެ. ލިޔުން ނުދެމޭ ބުނެ ތައުފީޤު އިތުރުފުޅު ހަދައިފިއްޔާ ސީދާ އަޅުގަނޑު ދާނަން ސީދާ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު އޮފީހަށް.އަދި އެން.ސީއައިޓީ އާއި ވާހަކަ ދައްކައިގެން ޕީ.އެޗް.ޑީ އެންމެފަހު އެއީ 2016 ވަނަ އަހަރުން ފެށިގެން ހާސިލް ކުރި އެންމެންނަށް ކޮންފަރެންސެއް ދަރުބާރުގޭ ބާއްވާފަ މަޢުލޫމާތު ދޭންވާނެ.ވޮޗަރު ޑިއުޓީގަ ހުއްޓަސް ދަރުބާރުގޭ ވޮޗަރ ކޮންފަރެންސަށް ވައްދަން ޖެހޭނެއެވެ.އަދި ވޮޗަރ މައިޒާން އިލެކްޓްރޯނިކްސްގަ ޓްރޭނިންގަ އުޅޭ ކަމަށްވަނީ ނަމަ ދެން ހުރި ވޮޗަރަށް ފުރުސަތު ދޭންވާނެއެވެ.އެންސީ.އައިޓީގެ ޒިންމާ އަސް ނުފޫޒުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަން.ވަރަށް ސަލާމް