ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ކަންތައް ހައްދު ފަހަނައަޅާފައިވާއިރު ރާއްޖޭގެ ސިއްޚީ ނިޒާމު ވެސް ފުނޑުފުނޑުކޮށްލާފައިވާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާއަށްް ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފްް ހުށަހެޅިފައިވާ ޤާނުނު ނަންބަރު 29/2025 (ސިއްޚީ ޚިދުމަތް ދިނުމުގެ ޤާނޫނު) އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ، އެ ބިލުގައި ވަނީ ވަރަށް މުހިންމު އިސްލާހުތަކެއް ކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި ރާއްޖޭގެ ސިއްޚީ ދާއިރާ ފުނޑުފުނޑުކޮށްލައި އެ ދާއިރާގެ މުވައްޒަފުން ނިކަމެތިކޮށްލި ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއްއ ކަމަށާއި ވޭތުވެ ދިޔަ މަޖިލީހުން ވެސް އެކަންކަމަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނެތް ކަމަކީ ހިތާމަކުރާ ކަމެއް ކަމަށް ފަލާހު ވިދާޅުވިއެވެ.

"ވޭތުވެ ދިޔަ ސަރުކާރު ނިމިގެން ދިޔައީ އަޅުގަނޑުމެންގެ މި ސިއްޚީ ނިޒާމު ވެސް ފުނޑުފުނޑުކޮށްލާފައޭ، ރާއްޖޭގެ ސިއްޚީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އެނޫން ވެސް ސިއްޚީ ޚިދުމަތްދޭ ހުރިހާ އިމާރާތްތަކާއި އެ އިމާރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދަންދެން އެވަނީ ވަރަށް ނިކަމެތި ހާލުގައި ޖެހިފައި." ފަލާހު ވިދާޅުވިއެވެ.

އެންސްޕާ އާސަންދައަށް ބަލާލިކަމުގައިވިިޔަސް ސިއްޚީ ހާލަތު ވަޒަން ކުރެވޭކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، އެހެން މެދުވެރިވާން ޖެހުނު ސަބަބުތައް ދެނެގަނެ އެކަމަށް ރިއާޔަތްކުރެއްވުމަށްފަހު ބިލަށް އިސްލާހު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ކުޑަކުޑަ ގައުމުގައި ސިއްޚީ މައްސަލަތައް މިވަނީ ކަންބޮޑުވާ ދަރަޖައަށް އިތުރުވެގެން ގޮސްފައި. ހާއްސަގޮތެއްގައި އާސަންދަ އެންސްޕާއަށް ބަލާލިކަމުގައިވިޔަސް ރާއްޖޭގެ ސިއްޚީ ހާލަތު ވަރަށް ރަނގަޅަށް އެބަ ވަޒަން ކުރެވޭ." ފަލާހު ވިދާޅުވިއެވެ.

ކެއިންބުއިމަކީ ވެސް ރައްޔިތުންގެ ސިއްޚަތާއި ގުޅިފައިހުރި ކަންކަން ކަމަށް ފަލާހު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ އެތެރެކުރާ ކާބޯތަކެއްޗާއި ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތީގައި ކެމިކަލް ހިމެނިގެންވާ މިންވަރު ބެލޭނެ ނިޒާމެއް ނެތުން ފަދަ ކަންކަން ހަރުދަނާ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށްޓަކައި ކުރަމުންދާ މަސައްކަތް، ސިއްޚީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލަގެންފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަތްނެތްކުއްޖާ

    އިނބަމެން ވެރިކަމުގައި މުލި ރައްޔިތުންގެ ޙަޒާނާތައް ކައި ވިއްކާ ހުސްކުރީ. އެއީ .އެމް.އެމް.ޕީ.އާރސީ. ސާފު ވެއްޖެތޯ!

  2. ހުސެއިން ޝާމް

    ދެން ތިބޭފުޅުންގެ ބާރު އޮތީ އިސްލާހު ކޮށް މިނިސްޓަރު ބޭރުކޮށްލާފަ ރަގަޅު ހިންގުން ތެރި މިނިސްޓަރެއްލައިގެން ކުރިއަށްދޭ. އެކަކު އަނެކަކުގެ ކުށް ދައްކަން ބޭކާރު ވަގުތު ހޭދަ ކުރުމުގެ ބަދަލުގައި އިސްލާޙީ މަސައްކަތާއިގެން ކުރިއަށް ދާންވީ.މުއްސަދި ޤައުމެއްމީ.އަދިވެސް މުއްސަދިވާން މަސައްކަތް ކުރަންވީރައޔިތުން ހިނި އައިސް ތިބޭފުޅުން ފެނުނީމަ ފިރުމާލާ ވަރު ކުރޭ.މިތިބީ ދިވެހިލޭ ހިގާ މީރުކޮށް ކައްކާ ދިވެހި އަންހެން ކަނބަލުން.ޑޮކްޓަރުނާ ނަރުހުން މަސައްކަތް ﷲ ބައްލަވާ ވޮޑިގެންވާ ކަމާއި ،މަލާއިކަތުން ހަރކާތްތެރިވާކަން ދަނެގެން ތިބެ. މުނާފިޤުން ރުއްސުމަށް މަސައްކަތް ކުރާނަމަ ދުނިޔެ މަތީގަވެސް އެކަން ﷲ ދައްކަވާނެ .ވަރަށް ސަލާމް

  3. ނަމަ

    ފަލާހު ދެން ފުޑާފަ ހުރި ސިއްޚީ ނިޒާމު ގަ ރިހަ ކައްކަންވީނު

  4. މުޙައްމަދު

    މި ސަރުކާރުންވެސް ތަންދޮރު ނޭގޭ ސިޔާސީ ވެރިން ޞިއްޙީ ޚިދުމަތް ދޭ ތަންތަނަށް ލައިގެން ވާނުވާގަ

    3
    1
  5. ހއޖ

    މީ ނިމިދިޔަ ސަރުކާރު ކިޔަން ހޮވިމީހެއް ތަ؟ތަނެއް ދޮރެއް ނޭގޭ މީހުން ހޮވީމަ ވާނީ މިހެން.