އާންމު ސިއްހަތާ ބެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ގައުމީ ފެންވަރުގައި ހިންގަން ޖެހިފައިވާ ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އަނާރާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްް ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފްް ހުށަހަޅުއްވާފައިވާ ޤާނުނު ނަންބަރު 29/2025، ސިއްޚީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އަނާރާ ވިދާޅުވީ، ދުޅަހެޔޮ ސިއްހަތަކީ އިންސާނާއަށް އެންމެ މުހިންމު ބޭނުންތެރި އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އިންސާނާއަށް އެހެން އެއްވެސް ކަމަކަށް ކުރިމަތިލެވޭނީ ހަށިގަނޑު ދުޅަހެޔޮކޮށް ހުރެގެން ކަމަށް ވިދާޅުވިއެވެ. އަދި ގައުމެއްގެ ނިސްބަތުން ބަލާއިރު ވެސް އެ ގައުމު ތަރައްގީކޮށް ގައުމު ރަނގަޅަށް ހިންގުމަށް މަސައްކަތް ކުރެވޭނީ ވެސް ދުޅަހެޔޮ ރައްޔިތެއް އެ ގައުމުގައި ދިރިއުޅެގެން ކަމަށް އަނާރާ ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގެ މުޖުތަމައުއަށް ބަލާއިރު ރާއްޖޭގެ މުޖްތަމައުގައި ވަނީ ވަރަށް ބޮޑަށް އާންމު ސިއްހަތާ ބެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ގައުމީ ފެންވަރުގައި ހިންގަން ޖެހިފައި. އަޅުގަނޑުމެންނަށް އެބަ ފެނޭ އެކި ރަށްރަށުން ވެސް ސިއްހަތަށް ގެއްލުންހުރި އެތައް ކަންތައްތަކެއް ރައްޔިތުންގެ ފަރާތުން ކުރަމުންދާކަން. އޭގެ އެއްކަމުން ދުންފަތުގެ އިސްތިއުމާލު ކުރުން." އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ، ދަނޑުވެރިކަން ކުރާއިރު ސިއްހަތަށް ގެއްލުން ހުރި ތަފާތު މާއްދާތައް ރާއްޖޭގައި ބޭނުންކުރަމުންދާ ކަމަށެވެ. އެހެންކަމުން ބިލްގައި އޮތީ ސިއްހީ ނިޒާމްގެ ތެރެއަށް ޕްރެވެންޓިވް ކެއާ އިތުރު ކުރުން ކަމަށާއި ސިއްހީ ނިޒާމުގެ ތެރެއަށް އާންމު ސިއްހަތުގެ ކަންތައްތައް އިތުރުކުރުން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އާންމު ސިއްހަތުގެ ތަފާތު މައުލޫމާތުތަކާއި ހޭލުންތެރިކަމާއި އެކަންކަން ބިލްގެ ސަބަބުން މުޖްތަމައުއަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. ބިލުގެ ސަބަބުން މުޖްތަމައުއަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަަމަށް އުންމީދުކުރައްވާ ކަމަށް ވެސް އަނާރާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސްނުވާ

    އާންމު ސިއްހަތާ ބެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ފުރަތަމަ ހިންގަންވީ ތިޔަ މަޖިލީހުގެ މެންބަރުންނާއި އެމީހުންގެ އާއިލާގެ މެންބަރުންނަށް ދެއް އެހެންބަޔަކަށް ހިންގަންވީ! ތިޔަ މަޖިލީހުން ހަދާ ގާނޫނުތަށް ތަންފީސް ކުރެވޭތޯ ބަލްންވީ!

  2. ިމުހައްމަދު

    1980 ގެ އަހަރުތަކާ ހަމަޔަށް ޖެހިލީމާ ކަމަނާ ތިޔަ ވިދާޅުވި ގޮތް ފެންނާނެ. އޭރު ރާއްޖޭގައި ހުރި ވަރަށް ގިނަ ބަލިތައް ފިލުވައިލީ ބޭސް ދީގެނެއް ނޫން. ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު ކިޔާ އިދާރާއެއް އުފައްދައިގެން އޭރުގެ ސަރުކާރުން ހިންގި ހަރުދަނާ ޕްރޮގްރާމްތަކުގެ ސަބަބުން. ހޭލުންތެރި ކުރުވުމަށް ބެހި ޕޯސްޓަރުތަކާއި ދިވެހިރާއްޖޭގެ އަޑުން ފޮނުވި ހޭލުންތެރި ކުރުވާ ޕްރޮގްރާމްތަކުގެ ސަބަބުން. ޑިމޮކްރެސީއާ ހަމަޔަށް އައިއިރު މިހުރިހާ ކަމެއް ހުއްޓި އެކޮޅުކޮޅުންޖެހިއްޖެ. ޕަބްލިކް ހެލްތުގެ މަސައްކަތްތައް ހުއްޓި، ތަޖުރިބާކާރުން ތަނުން ބޭރަށް ލެވުނީ. ނަތީޖާ މިދަނީ ފެންނަމުން. އެ ނަތީޖާތަކުގެ ވާހަކަ މިއަދު މިދެއްކެނީ.

  3. ހުސެއިން ޝާމް

    ކަމަނާގެ ދާއިރާ އަކީ އިސްލާމިކްބޭންކިންގ. އެދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްްޤީ ކުރަން މަޖިލީހުގަ ވަކާލާތު ކުރަން ކަމަނާ ޖެހޭނީ. ވަރަށް ސަލާމް