ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި އޮންނަ ފްރައިވެޓް އިވެންޓެއްގައި ކަމަށެވެ. އެގޮތުން ހަވާ އަރުވާނީ މިރޭ 22:30 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓެއް ކަމަށް ވެސް އެމްއެންޑީފުން ވިދާޅުވިއެވެ.

ރާއްޖޭގައި ބާއްވާ އެކިއެކި އިވެންޓްތަކާއި ހަފްލާތަކުގައި ސިފްކޯއިން އަންނަނީ ވިޔަފާރި އުސޫލުން ހަވާ އަރުވަމުންކަން ފާހަގަ ކޮށްލެވެއެވެ.