މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ ނުވަތަ ފޮޓޯއިން ފެނިގެން ދަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާހު ނޫން ކަމަށާއި އެފަދަ ފިތުނަތައް އުފެއްދުން ހުއްޓުވަން ޖެހޭ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ ކޮންގްރެސް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙުގެ އަބުރުފުޅަށް އަރައިގަނެ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް މީސް މީޑީއާގައި ފަތުރަމުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

ބަޔާނުގައި ބުނެފައިވަނީ މީސް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ކޮންގްރެސް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙު ނޫންކަން މީގެ 2 އަހަރު ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

އަދި އެ ފޮޓޯއާއެކު ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރު ރޭގެ ވަގުތެއްގައި އެންމެ ފުރަތަމަ ފަތުރާފައިވަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރާ ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިވާ ހަސަން ކުރުސީ ނަމުގައި ހަދާފައިވާ ފޭކް އެކްސް އެކައުންޓަކުންކަން ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިނޫންވެސް އިތުރު ފަރާތްތަކުން މި ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ގެންދަނީ ފަތުރަމުންނެވެ. އެހެންކަމުން މިފަދަ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ އުފަައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބެލުމަށް ކޮންގްރެސްއިން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

"މިފަދަ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވާލަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލާމު

    ދޮގު ހަދަނީ ކޮން ބައެއްކަން ތެދު ބުނަނީ ކޮންބައެއްކަން ރައްޔިތުންނަށް މިހާރު އެއްގޮތަކަށްވެސް ނޭގޭ. ޢިތުބާރު ކުރެވޭ އެއްވެސް ބަޔަކު މިހާރު ނެތް.

    24
    4
  2. މަހީތުބެ

    ދޮގު ހެދުމުގެ އަބަދުވެސް އެއްވަނަ ބަޔަކު މީގެ 7 މަސް ކުރިން ވެރިކަން ކުރި

    14
    4
  3. ގަންނި

    ފަލާހު އިސްރާއީލް

  4. ޑޖދިެނ

    ކޮއްމެ ބަޔަކު ކޮއްމެ ވާހަކައެއް ދެއްކިޔަސް...ތިކަމުގައި އަޅުގަނޑުގެ ވިސްނުން އަދި ގަބޫލުކުރުން ބަދަލެއް ނުކުރެވޭނެ.

  5. ޗަކޮއި

    އަލީހަމީދުވިސްބުނީ އަބުރުފުލޯ ހާދަވައްތަރޯ ތި ހަމަމޯލެއް