މީސްމީޑިއާ މަންސާއެއް ކަމަށްވާ ވައިބަރ ހެކްކޮށްގެން މީހުން އަތުން ފައިސާ ހޯދަމުން އަންނަ މައްސަލަތަކެއް ގިނަވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ވައިބަރ ހެކްކޮށް އެ ނަންބަރުގެ ވެރިފަރާތުގެ ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތަކެއް އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިފަދަ މައްސަލަތަކެއް އިތުރުވެފައިވާތީ، ފުލުހުން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ފުލުހުން ވިދާޅުވީ، ވައިބަރ ބޭނުން ކުރައްވާ ފަރާތްތަކުން ވައިބަރ މެދުވެރިކޮށް ވާހަކަ ދެއްކެނީ، އެމީހަކު ހީކުރާ މީހަކާއި ތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ.

ފުލުހުން ވަނީ ފައިސާ ފޮނުވުމުގެ ކުރިން ކާކުކަން ޔަގީން ކުރުމަށްފަހު ފައިސާގެ މުއާމަލާތް ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އޯޓީޕީ ކާޑު އެއްވެސް ހާލަތެއްގައި އެހެން ފަރާތަކާއި ހިއްސާ ނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ވައިބަރ މެދުވެރިކޮށް މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތަކެއް އިތުރުވެފައިވާއިރު، މީސްމީޑިއާގެ އެކިއެކި މަންސާތައް ބޭނުންކޮށްގެން މީހުން އަތުން ފައިސާ ފޭރޭ ކަމުގެ މައްސަލަތައް އަބަދު ވެސް ފެންމަތިވެފައެވެ. އެގޮތުން ފޭކް ލިންކްތައް ފޮނުވައިގެން މީހުން އަތުން ފައިސާ ފޭރުން ވެސް ހިމެނެއެވެ.

ފުލުހުން އަންނަނީ މިފަދަ ކަންކަމަށް އަބަދު ވެސް ރައްޔިތުން ސަމާލުވެތިބުމަށް އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަވީ

    ހެކު ކުރާ ގޮތްވެސް ކިޔާދިން ނަމަ ދޯ ރައްކާތެރިވާންވެސް އެނގޭނީ

  2. ފޭނެއް

    ތިޔަ ސްކޭމް ހިންގާ މީހުން އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޮށްލަބަލަ ، ދެން ތިބޭނެ ސޯޓު ބޭލިފައި

    • މިގުލް

      ޖަލުގަ ތިބޭ ގައިދީން ކުރާ ކަމެއް .. ތަންކޮޅެއް އަޕްޑޭޓް ވެބަ