އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ރާއްޖޭގައި ފަތުރުވެރިކަން އިތުރަށް ފުޅާ ކުރައްވާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާޅުވެފައިވަނީ ގިނަ އަހަރުތަކަކަށް މެދުކެނޑުމަކަށްފަހު، މިއަދު ރާއްޖެއަށް ޗައިނާގެ ޗޮންޗިންގް އެއާލައިންސްގެ ދަތުރުތައް އަލުން ފެށުމަށް ބޭއްވި ރަސްމިއްޔާތު ނިންމަވާލައްވައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވީއައިޕީ ލޯންޖުގައި ބޭއްވި ހަފްލާ ނިންމަވައިލައްވާ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވަޒީރު ވިދާޅުވީ. ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިއަދު ވެސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ބައްދަލު ކުރައްވާފައިވާ ކަމަށާއި އެ ބައްދަލު ކުރެއްވުމަކީ ވެސް ފައިދާ ކުރަނިވި ބައްދަލުވުމެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ޗައިނާ އަކީ ރާއްޖޭގެ އެއްވަނަ މާކެޓް ކަމަށާއި މިހާތަނަށް އެގައުމުން 114،000 ހާސް ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވާ ކަމަށެވެ.

މިއަހަރުގެ އަމާޒަކީ 2،000،000 ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. މިހާރުވެސް މި ކަމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އަދި ހަމައެއާއިއެކު ޗައިނާ އާއި އެކުވެސް އެހެނިހެން ޕްލެޓްފޯމްތަކުގައި މަސައްކަތް ތަކެއް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރައްވާނެ ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ވަޒީރުގެ ވާހަކައިގައި މިދުވަސްވަރަކީ ރާއްޖޭގައި އަބަދު ވެސް ލޯ ސީޒަންކަން ވަނީ ފާހަގަ ކޮށްފައެވެ.

އެމްޕީއާރުސީއާއި އެކު ކުރެވުނު މަޝްވަރާ ބައްދަލުވުމުގެ ތެރޭގައި މި އަންނަ އަހަރުގެ މިދުވަސްވަރަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތް ތަކެއް ކުރުމަށްފަހުގައި އަންނަ އަހަރު މި ދުވަސް ވަރުގައި 15 އިންސައްތަ ކުރިއެރުމެއް ހޯދޭނެ ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވަނީ ރަޝިއަން މާކެޓްގެ މަސައްކަތް ރާއްޖޭގައި ހުއްޓިފަައި އޮންނަތާ 2 އަހަރުވެފައިވާއިރު، އަލުން މަސައްކަތްތަކެއްކޮށް ރަޝިއާގެ މާކެޓްގައި ރާއްޖެ އިޝްތިހާރުކޮށް ރަޝިއާއިން ފަތުރުވެރިން ގެނައުމަށް މަސައްކަތް ތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދުރަހީމް އަބްދުﷲ

    ދަރިފުޅާ ފައިސަލް ވީ އެންމެ ފުރަތަމަ ކިޔަވަން - އެބަހުރި އިނގިރޭސި ކުލާސްތައް ނޫނީ ކުރީ ރައީސް އަންނިވެސް ބުނި ފަދައިން އޭނަ ގާތަށް ދިއުން ބުއްދި ވެރި ގޮތަކީ