ސިއްހަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ސިއްހަތާއި ބެހޭ ވުޒާރާ އިން ބުނީ ވަޒީރު ޗައިނާއަށް ފުރާވަޑައިގަންނަވަނީ 2024 ވަނަ އަހަރުގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ފޯރަމް އޮން ޓްރެޑިޝަނަލް މެޑިސިންގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އެ ފޯރަމްގެ ޝިއާރަކީ "އިންހެރިޓޭޝަން، އިނޮވޭޝަން، އިންޓަގްރޭޝަން އެންޑް ޑިވެލޮޕްމަންޓް"އެވެ.

ވަޒީރު ޑރ. ހަލީލުގެ އިތުުރުން ރަސްމީ ދަތުރުފުޅެއްގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވެސް ވަނީ ޗައިނާއަށް ވަޑައިގެންފައެވެ.

ވަޒީރު ސައީދު ޗައިނާއަށް ވަޑައިގެންނެވީ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ. އަދި ވަޒީރު ޝަހީމް ފުރާވަޑައިގެންނެވީ ޗައިނާގެ ސިންޖިއަންގ ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ސަރުކާރުން ޗައިނާއާއެކު ދަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ 20 އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު ރަސްމީ މަޝްވަރާތައް ވެސް ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެއިްން ޝާމް

    މިއަދުވެސް އެކާރު ދުއްވާފަ ދަނިކޮށް ފެނޭ !މީނަގެ ކާރު ކޮޅުގަ ޖިންނި ޝައިތާނާ ކަންނޭގެ އެކާރުކޮޅުގެ ތެރޭގަ މިއިންނަނީ.އެހެންވީމަ މިދުވަސްކޮޅު އެމްބިއުލާންސް ޑިއުޓީ މަދުވާނެ.ވިލިމާލޭގަ ބޮޑު އެމްބިއުލާންސެއް ބާއްވާފަ ކްލިނިކެއް ހަދާފަ މިކިޔަނީ ވިލިމާލޭ ހޮސްޕިޓަލް.ރައްޔިތުން ހެދިފަ .ޒުވާން ސޮރެއް އެކްސިޑެންޓެއްވެގެން ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔައީމާ އެހޮސްޕިޓަލުން ފަރުވާ ނުދެވިގެން އެންމެފަހުން މާލޭގެ އައި.ޖީއެމް އެޗުން ފަރުވާ ހޯދީ.ލަދެއް ނުގަނޭތަ.އަދިވެސް ދުނިޔޭގެ ޤައުމުތަކަށް ދެވޭތޯ ބަލާތި.

  2. ސަރަފަކައްދަ

    މި ހުރިހާ ވަޒޫރުން މުށި މަސް އައިނެއްހެން ބޭންޖަހާފައި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޭކާރު ޙަރަދު ކުރުމަށް ޗައިނާ އަށް މިދަނީ ޗައިނާގައި މަސް ވެރިކަން މާ ރަގަލު ވީމަބާ!