ކުށް ކުރާ ކުޑަކުދިން ރެހިބެލިޓޭޓް ކުރުމަށް ހާއްސަ ކުރާ ރަށް، "ހޯޕް އައިލެންޑް"އަށް ގެންގޮސްގެން ފަރުވާ ދޭން ޖެހޭ ގާތްގަނޑަކަށް 400 ކުޑަކުދިން އެބަތިބި ކަމަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް މިއަދު ވަޒީރު ހާޒިރު ކުރުމުން، ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުށުގެ މާހައުލަށް އަންނަ ކުދިން، އެ މާހައުލަށް ހުށަހެޅުން އެއްކޮށް ހުއްޓުވިފައިނުވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ގޭންތަކުން ކުށް ކުރަނީ އެމީހުން ދެމެހެއްޓެނެވި ގޮތެއްގައި އެކަން ކުރުމަށް ފުރުސަތު ފަހިވެގެންދާތީ ކަމަށެވެ. އަދި ކުށް ކުރުމަށް ފަންޑު ކުރާ މީހުންނާއި ކުށްކުރުމަށް ކުޑަކުދިން ރެކްރޫޓް ކުރާ މީހުން އެކަމުގެ އަޑީގައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އެންމެ ފަހުން ހެދި އެސެސްމަންޓަށް ބަލާއިރު މުޅި ރާއްޖޭގައި ގާތްގަނޑަކަށް 400 އެއްހާ ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކަމަށާއި އެ ކުދިންނަށް އަޅާލަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ހެދި އެސެސްމަންޓަށް ބަލާއިރު ގާތްގަނޑަކަށް މުޅި ރާއްޖޭގައި 400 އެއްހާ ކުދިން އެބަތިބި އަޅާލަން ޖެހިފައި ތިބި. ރާއްޖޭގެ ސޯޝަލް ސެކްޓަރަށް ބަލާއިރު ގޭންގާ ދިމާލަށް އަންނަ ކުދިން އެއްކޮށް އައުން ހުއްޓުވިފައެއް ނެތް. އަޅުގަނޑު ޤަބޫލުކުރަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ނިމިގެންދާއިރު މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް. މީގެ އެންމެ ބޮޑު އެއް ކޮންޓްރިބިއުޝަން އަކީ ބޯހިޔާވަހިކަމާއި އާއިލާތަކަށް ދިމާވާ މާލީ ހާލަތްތަކުގެ ސަބަބުން އާއިލާތައް ރޫޅި ކުދިން ބިކަވެގެންދާ ދިޔުން. މި ދެކަމަށް ހައްލު ލިބުމުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން މަދުވެގެންދާނެ ކަމަށް ޤަބޫލު ކުރެވޭ،" ވަޒީރު ވިދާޅުވިއެވެ.

"ވަގުތު" އިން ސުވާލުކުރުމުން ވަޒީރު ވިދާޅުވީ، އެ 400 ކުދިންނަކީ "ހޯޕް އައިލެންޑް"އަށް ގެންގޮސްގެން ފަރުވާ ދޭން ޖެހޭ ކުދިން ކަމަށެވެ.

ކުށްކުރާ ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެކުދިން "ހޯޕް އައިލެންޑް"ގެ ނަމުގައި ހާއްސަ ކުރާ ރަށެއްގައި ރިހިބިލިޓޭޓު ކުރުމަށް ހަމަޖެހިފައިވާއިރު، އެ ރަށް ހިންގާނެ ގޮތުގެ "ކޮންސެޕްޓް" ނުވަތަ ރޭވުން ސަރުކާރުގެ ސޯޝަލް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

މީގެ ކުރިން ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، އެ ރަށުގައި އެކުދިންނަށް އުމުރުން 18 އަހަރު ވަންދެން ތަފާތު އެކި ޕްރޮގުރާމުތައް ހިންގާނެ ކަމަށާއި 18 އަަހަރު ފުރުމުން ފުލުހުން ނުވަތަ ސިފައިންގެ ވަޒީފާއަށް އެކުދިން ނަގާނެ ކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވީ، އެ ކުދިންނަށް ހުނަރު ދަސްކޮށްދޭ ޕްރޮގުރާމުތައް ވެސް ކުރިއަށް ގެންދާނެ ކަމަށާއި ހިދުމަތުގައި އުޅެފައި އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމަށް ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

ކުށް ކުރާ ކުދިން ރިހިބިލިޓޭޓް ކުރަން "ހޯޕް އައިލެންޑަށް"، ފުލުހުންނާއި ސިފައިންގެ ވަޒީފާއަށް ނެރޭނެ!

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަމަ

    400 އެއްހާ ކުޑަކުދިން ހޯޕް ފުން މީހުން ނަން ވެގެން ގައުމު ކުރިއަރުވަން ނިކުމެގެން ވެސް މަސައްކަތް ކުރާ ބޭރުމީހުން މަދުކުރަން ވެއްޖެ މިހާރު

  2. އަހުމަދު

    އާރަށެއް ހިއްކާނެކަމެއްނެތް ތިކަމަށް! މިސްކިތްތައް އެހުރީ ހުސްކޮށް! ކުށުން ތައުބާވުމަށްވުރެ އެކަންހުއްޓަން ފަސޭހަވާކަމެއް ކުރެވޭނެތަ؟

  3. ޢަހުސްނަ

    ކަލޭގެ ދަރި ގެންދާތި ފުރަތަމަ