ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުމަށްޓަކައި ބޮޑު ޑްރެޖަރެއް ގެންނާނެ ކަމަށާއި މިއަހަރުގެ ތެރޭ އެތަން އެއްކޮށް ހިއްކާ ނިމޭނެ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)ން ބުނެފިއެވެ.

އެޗްޑީސީން މިއަދު ވަނީ ފޭސް 3 ގެ މަސައްކަތް ކުރިއަށްދާ ގޮތް މީޑިޔާތަކަށް ދައްކާލާފައެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 23 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެޗްޑީސީން މައުލޫމާތު ދެއްވިގޮތުގައި އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން އޭރު އެންގުމާ ގުޅިގެންނެވެ.

ފޭސް 3 ގައި ބޭއްވި މީޑިއާ ޓުއަރގައި ސީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ ރާޖް އެސް މަނިވަންނަން ވިދާޅުވީ އަންނަ އޮގަސްޓު މަހު ބޮޑު ޑްރެޖަރ ގެނެސް، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން މިއަހަރު ތެރޭ އެއްކޮށް ހިއްކާ ނިންމާނެ ކަމަށެވެ.

"އޮގަސްޓުގައި އެ ކުންފުނީގެ ބޮޑު ޑުރެޖަރު "ކުއީން އޮފް ނެދަލޭންޑްސް" ގެނެވޭނެ. މި ޑްރެޖަރަކީ 30،000 އެއް ފަހަރާ ކުރެވޭނެ ޑްރެޖަރެއް. މި ޕްރޮޖެކްޓްގެ މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ." އޭނާ ވިދާޅުވިއެވެ.

ސީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ ރާޖް އެސް މަނިވަންނަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އެޗްޑީސީގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރު އަބުދުލް މުއިއްޒު ހަސަން ވިދާޅުވީ ޑްރެޖަރުތައް 24 ގަޑިއިރު މަސައްކަތް ކުރާއިރު އެހީވުމަށްޓަކައި ބާޖުތައްވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ހޮޅި އަޅާފައިވާ ސަރަހައްދުތަކުގައި އިތުރު ޓަގު ބޯޓުފަހަރުވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ބިން ހިއްކުމުގެ މަސައްކަތް ތަކަކީ 24/7 ގައި ކުރިއަށްދާ މަސައްކަތް ތަކެއް ވުމާއި އެކު ޑްރެޖަރު މަސައްކަތް ކުރާނެ 24 ގަޑިއިރު، ހަމަ އެއާއެކު ޑްރެޖަރަށް އެހީ ވުމަށްޓަކައި ބާޖުތައްވެސް ޑްރެޖަރާއިއެކު މަސައްކަތް ކުރާނެ." މުއިއްޒު ވިދާޅުވިއެވެ.

އެޗްޑީސީގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރު އަބުދުލް މުއިއްޒު ހަސަން ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މި ސަރަހައްދަކީ ވިލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އަދި ގިނަ ރިސޯޓްތައްވެސް ހިމެނޭ ސަރަހައްދަކަށް ވުމާއެކު ކަނޑުއުޅަދު ދަތުރު ކުރާއިރު މަސައްކަތް ކުރާ އުޅަނދު ފަހަރަށް ބައްލަވައިގެން ދަތުރު ފަތުރު ކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަސައްކަތުގެ ތަފްސީލު އެޗްޑީސީގެ ވެބްސައިޓުގައި އަޕްޑޭޓް ކުރަމުންދާނެކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް ތިނެެއް ހިއްކުމުގެ މަސައްކަތް ކުރަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މީގެއިތުރުން ފޭސް 3 ގައި ހިއްކަމުންދާ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނަގަން އެތައް ފަހަރެއްގެ މަތިން އެންގުމުންވެސް ބައެއް އުޅަނދުތައް ނަގާފައިނުވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އުޅަނދުތައް ނުނަގާނަމަ އެ ތަކެތި ޓޯކުރާނެ ކަމަށެވެ.

މި މަޝްރޫއުގައި މިހާރު ހިއްކަން ޖެހޭނީ ތިންވަނަ ފިޔަވަހިން ބާކީ 40 ހެކްޓަރުގެ ބިމެވެ. އެތަން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ އިއްޔެ ހަވީރެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޝާން

    ހުޅުމާލެ ފޭސް 3 ހިއްކަން ބޮޑު ޑްރެޖަރެއް ގެންނަނީ، މި އަހަރު މަސައްކަތް އެއްކޮށް ނިމޭނެ:

    ހެޔޮނުވާނެ ތިކަން ހުއްޓާލާ.. މިއުޅެނީ ފުރަތަމަ ގަތް މަހަށް ދައްކާނެ ފައިސާނެތިގެން. މުސާރަ ދޭނެ ފައިސާ ނެތިގެން. ވީމާ އެއްވެސް ހިއްކުމެއް ކަރުކެހުމެއްގެ ޕުރޮޖެކްޓެއް ހިންގައިގެން ނުވާނެ އަސާސީ ބޭނުންތަކަށް އަދި ދަރަނި ތަކަށް ދައްކާނެ ފައިސާ ހަމަ ނުޖެހެނީސް.

    6
    2
    • އެހެނަސް

      އެމްޑީޕީ ސަރުކާރުން 25 ބޮޑު ކޮއްފަ ފުރަތަމަ ގަތް މަހައް ވެސް ލާރި ދިނީ މިސަރުކާރުން މުސާރަވެސް ދެމުންދަނީ ބަރާބަރައް. ރާއްޖެ ދަރުވާލީ ސީދާ އެމްޑީޕީން 125 ބިލިއަނުން ލޯނުނަގަމުން ރުފިޔާ ޖަހަމުން އެވަރުން ވެސް 14 ދުވަހުން ވެސް ލާރި ނުދެވިފަ ހުރީ 17ގަ މަހުގެ އަގު ހުރި އިރުވެސް

  2. އެނޯނިމަސް

    އަދި މަޑުކޮށްލާ! ޑިސެމްބަރ 31 ގައި ގެންނާނީ. ފުރަތަމަ ޑޮލަރ ލިބޭނެގޮތެއް ނެތި ވިވައުދާ ދިމާ އިދިކޮޅަށް ލިމިޓު މައްޗަށް ލިމިޓު ކުރަމުންތިދަނީ. މަސްކިލޯއަކުން 5 ރުފިޔާ ބޮޑުވީމާ ދެއްކޭނެގޮތެއް ނެތިކަމަށް އާންމުންނަށް ދައްކާ، ސިފައިންނާއި ފުލުހުންގެ މުސާރަ 2ގުނަ ބޮޑުކޮށް ކަލޭމެންތިބޭ ފިނިކޮޓަރީގައި އަތްލިއަތްލި ކުޅެން. މުޒާހަރާ ހުއްޓުވަން ޕޮލިހުންތިބެ، ވެރިން ހިމާޔަތްކުރަން ސިފައިން ތިބޭނެތާ.

    5
    2
    • ހނހ

      މުޅި ގައުމު ދަރުވާލާ ހުސްކޮއްލީ އެމްޑީޕީން މިސަރުކާރުންދަނީ ރުފިޔާ ނުޖަހާ އަދި ލޯނު ނުނަގާ ގައުމު ހިންގަމުން. މަހުގެ ލާރީގެ ކަންތައް ވެސް އަދި ހަމަޖައްސާނެ

  3. ޒާ

    ތީ ނުވެފަ އޮތްކަމަކީ. ކޮބާ ގޯތިދީފައިވާ ގުޅީފަޅާއި ގިރާވަރުފަޅު. މުއިއްޒު ބާރު ސްޕީޑްގަ ހިއްކައި ގޯތި ހަވާލުކުރަންވައުދުވި ގިރާވަރުފަޅު އެވަނީ ހުއްޓާފައި. ކޮބާ ވޯޓުދިނުމުން ލުބުނު އުދަލެއް؟ ބޮޑު އޮޅުވާލުމެއް، ކެއްސެއްދިނީ. އެތަންތަނުން ގޯތި ލިބުނު މީހުން އެވަނީ ބޮޑު އަނދިރިކަމެއްގެ ތެރެއަށް ވައްޓާލާފަ.

    7
    3
    • އާޒީ

      މިއީ ވެރިކަމެއް ނޫން. މިއި ކެހިވެރިކަމެއް. އެހެންނުން.

    • ހަމްދު

      އަދި ހިންކަން ފައްޓާފަ ހުރި ތަންތަން ނިމުނީމަ ދޭނެ. ނިމިދިޔަ ސަރުކާރުން ދިޔައީ ކަނޑު އަޑިންނާ މަގުތަކުން ވެސް ގޯތިތައް ދީފަ

  4. އަބަދުވެސް

    ދިރިއުޅެވޭނެގޮތް ނެތެގެންނެއްނޫން ރާއްޖެތެރޭމީހުން ފެލާލާން ކުއްޔަށްދޭނެބިންހޯދަނީ

  5. ސަރީ

    ކަލޭމެން ގޮސް މަޖީދީ މަގު ހިއްކަބަލަ. މިތާގަ މިއުޅެނީ ގުދުރަތީގޮތުން ހިކިފަ ހިލޭ ލިބިފަތިބޭ ބޮޑެތި ރަށްތައް ނެތިގެންވިއްޔާ. ދަރަނި ނުދެއްކި ގައުމު ޑީފޯލްޓުވެ ބަނގުރޫޓުވާން މިސްރާބު ޖަހާފަ ހުރި އިރު އުޅެނީ ބޭކާރަށް ފައިސާ ތަޅާން.

  6. އިސްޢާފް ސަލީމް

    ގަތްމަހަށް ފައިސާދެއްކޭނީ ގެއްލުން ނުވާ އަގެއްގައި ސަރުކާރަށް އަދި ކުންފުނިތަކަށް މަސްގަނެގެން ނުވަތަ މަސްގަތުން ދޫކޮށްލައިގެން. މައުމޫނިޒަމް އޮތްއިރު ދެކިލޯއިންމަތީގެ މަސް ކިލޯއަކަށް 4 ރުފިޔާ ، ދެކިލޯއިން ދަށުގެ މަސް ކިލޯއަކަށް 1.50 ރުފިޔާ ، ކިލޯ ހަމަނުވަމަސް ފައިބުޑަށް ދުއްވަލައިގެން. އޭރުން ތިޔަ އަރުވާ ފޮނުވެސް ކެނޑޭނެ!

  7. ލަކީ

    ހެހެ ކޮބާ އެއްކަލަ ރަސްމާލެ ހިއްކަން ހަވާލު ކުރިމީހުން މީވެސް މިހާރު އޮންނާނި ރަސްމާލެވެސް ނިމިފަ ތާ ހެހެ އަސްލު ސަރުކާރުގެ ވެރިންނަށް ޖީބަށް ލާނެ ލާރި ކޮޅެއް މި ލިބެނީ މިކަހަލުގެ ޕުރެޖެކްޓް ތައް ދީގެން އެހެންވެ ކުރާކަމެއް މިކަމަކީ މިސާލަކަށް ހިލޭ ސާބަހަކަށް ހުޅުމާލެ ފޭސް 3 ހިއްކައެއް ނުދޭނެ ކޮބާ ޕުރެޖެކްޓްގެ އަގު އަގެއް ނޭގޭ މީވަރަށް ނުރައްކާ ބޮޑަތި ކަރެޕްޝަން ތައް މިހުންނަނީ މިކަމާ ދޭތެރޭ ވިސްނާ ލައްވާ

  8. ކޮރަލް

    ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން އަކީ ބިން ހިއްކުމުގެ މަސައްކަތް ކުރާ ބައެއް ނޫނެވެ. އެމަސައްކަތް ކުރާ ބަޔަކާ ހަވާލު ކުރުން މާ ރަނގަޅު ވާނެ އެވެ.