މި އަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހުރިހާ ހައްްޖުވެރިން ތިބީ ޓްރެވެލް ވެކްސިން ފުރިހަމަކޮށްފައިކަން އެ ކުންފުނިން ކަށަވަރުކޮށްދެއްވައިފިއެވެ.

އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ކުންފުނީގެ ހަވާލުގައި ހައްޖުގެ މާތް އެޅުކަން އަދާ ކުރަން ސައުދި އަރަބިއްޔާއަށް ދަތުރު ކުރި ހުރިހާ ހައްޖުވެރިންވެސް ސައުދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިނާއި އެއްގޮތަށް، ފުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޓްރެވެލް ވެކްސިން ކަމުގައިވާ، ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފްލުއެންޒާ ވެކްސިން ފުރިހަމަ ކޮށްފައި ކަމަށެވެ.

"ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖްމެންޓުން އެންމެ ހާއްސަ ސަމާލުކަމެއް ދޭ ކަންތައް ކަމުގައިވެސް މި ފުރުސަތުގައި ދަންނަވަމެވެ،". އެ ބަޔާނުގައި ވެއެވެ.

އެ ކުންފުނިން މިގޮތަށް ބުނިއިރު، ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސް ބަލީގައި ދިވެއްސަކު ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ހައްޖުގެ އަޅުމަކަށް ގޮސް، އެނބުރި ރާއްޖެ އައިތާ މާ ގިނަ ދުވަހެއް ނުވަނީސް އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިވެހި ރައްޔިތެއް

    އަވަހަށް ސަރުކާރު ބަންދުކޮށް މިކޭސްގެ އިތުރުން އިތުރު ކޭސްތަކެއް ފެނޭތޯ ބެލުން މުހިންމު. ބަލި ފެތުރޭ ކުރީކޮޅު ކޮންޓްރޯލް ކުރަން މަސައްކަތް ކުރުން މުހިންމު

  2. ހަންޑިކުޑަ

    ތިޔަ ބުނާ ވެކްސިން ޖެހިކަމުގެ ލިއުން ކޮންމެ ޙާއްޖީ އެއްގެ އަތުގައި އޮންނާނެތޯ! އޭރުންތާ ކަމުގެ ޙަޤީގަތް އެނގޭނީ!

  3. މީނާއޭނާމަގޭ

    ތިޖެހިފަހުން ގޯސްވީ.

  4. ކަށިކެޔޮ އާދަނު

    އެކަމަކު ހުރިހާއެންމެންވެސް ވެކްސިންފުރިހަމަކޮށްގެންދިޔަވާހަކައެބަބުނޭ. ވެކްސިންޖެހީމާ މިބަލިނުޖެހޭނެކަމަށްވެސް އެބަބުނޭ. ތިޔަޖެހުނީ ހަގީގީ ވެކްސިނެއްބާ؟؟ ޖަހަންތިޔަބުނާ ވެކްސިނަކީވެސް ހަގީގީ ވެކްސިނެއްތޯ ކަމާއިބެހޭފަރާތްތަކުން ބަލާދީ ؟؟ ކޮވިޑުވެކްސިންކަހަލަ ފޭކުވެކްސިނެއް ޖަހާނުދޭތި!!!!!!

  5. Anonymous

    ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ އެންމެން ދިޔައީ ވެކްސިން ފުރިހަަމަކޮށްގެން. ތިޔާ ކަން ކޮއްފައޮތީ ! އެކަމް ތިޔާވެކްސިން ގަޔަށް ޖެހުމުގެ ކުރިން ތީގެ އެފިކަސީ ބެލިފަތަވީ. ރާއްޖޭގެ މަދު ތަނެއްފިޔަވައި ގިނަ ތަންތަނުގެ ވެކްސިން ސްޓޯރުކުރުމުގައި އޭގެ ޓެމްޕްރޭޗަރ މެއިންޓެއިން ނުވޭ. ޓެމްޕްރޭޗަރ މެއިންޓެއިން ނުވާ ވެކްސިން ދިނުމަކީ ހަށިގަޑަށް ފެންޖެހުމަކީ ހަމަ ވާނީ އެއްގޮތް. ވެކްސިން ދޭ ނަމަުގަ ވެކްސިން ދިނަސް ބަލި ބަލިން ސަލާމަތެއް ނުވާނެ. ކުޑަކުދިންނަށް ދޭ ވެކްސިންގެ ހާލަތު ހަމަ ހުރީ މިގޮތަށް .!!!