އިންވޭސިވް މެނިންގޯކޮކަލް (މެނިންޖައިޓިސް) ބަލީގެ ވޭދަނައެއް ރާއްޖެއިން ފެނުމާއި ގުޅިގެން އެ މީހާއާ ގާތުން އެއްތާވި މީހުންނަށް ބޭސް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެ ބަލި ޖެހުނު މީހާ މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އެ ބަލީގައި ނިޔާވެފައި ވަނީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އެެވެ.

އޭނާ ނިޔާވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުން ހާލު ކުއްލިއަކަށް ސީރިއަސްވެގެން އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

މި ބައްޔަކީ އާއްމުކޮށް ހައްޖު ނުވަތަ އުމްރާގެ އަޅުކަމަށް ގޮސް އަންނަ މީހުންގެ ފަރާތުން ފެންނަ ބައްޔެކެެވެ. މިއީ އަވަސް ފަރުވާ ބޭނުންވާ ނުރައްކާތެރި ބައްޔެއް ކަަމަށް ދައްކައެވެ.

އެޗްޕީއޭއިން މިރޭ ވިދާޅުވީ، އެ ބަލި ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ގާތުން އެެއްތާވި މީހުން ހޯދާ، އެ މީހުންނަށް މައުލޫމާތު ދީ، އެ މީހުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފެށިފައިވާ ކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެޗްޕީއޭއިން މައުލޫމާތުދެއްވިގޮތުގައި މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ މީހުންގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމަށެވެ.

އަދި މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ ކަމަށް އެޗްޕީއޭ އިން ވިދާޅުވެފައިވާއިރު، މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އަދި މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މިއީ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންނާއި ޒުވާން އުމުރުގެ މީހުންނަށް އެންމެ ގިނައިން ކުރިމަތިވާ ބައްޔެކެވެ. މެނިންޖައިޓިސް އަށް އަވަސް ފަރުވާ ނުދެވިއްޖެނަމަ ވަރަށް ސީރިއަސް ވެދާނެއެވެ.

މެނިންޖައިޓިސްގެ އަލާމާތްތަކުގެ ތެރޭގައި:

  • ހުންއައުން.
    މާބޮޑަށް ބަލިވުން.
    ބޮލުގައި ރިއްސުން.
    ކަރުހިއްކުން.
  • ބޭރަށް ހިންގުން.
  • ގަދަ އަލި ހުންނަތަންތަނުގައި ނުހުރެވުން.
  • ހިނގާ ބިގާވެ އުޅެން އުނދަގޫވުން.
  • ގިނައިން ނިދުން.

މެނިންޖައިޓިސް އަކީ އާންމުގޮތެއްގައި ބެކްޓީރިއަލް ނުވަތަ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

މެނިންޖައިޓިސް އަށް މަގުފަހިވާ ޖަރާސީމުތައް ފެތުރޭނީ:

  • ކިނބިހި އެޅުން
    ކެއްސުން
    ބޮސްދިނުން

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީނާއޭނާމަގޭ

    ކޮވިޑުވެކްސިނުގެ ސަބަބުން އެކްޓިވު ވައިރަސް ވެކްސިންތައް ޖެހުމުން އެ ވެކްސިނުގަ އިންނަވައިރަސް އެކްޓިއުވެ އެ ބައްޔަށް ހުށައެޅޭކަމަށް ތަޖުރިބާ ކާރުން ބުނަން ފަށާފި ތަނީޖާއަކީ މިނިންޖައިޓަސް ވެކްސިން ނޫނަސް އެހެން އެކްޓިވް ލައިވް ވައިރަސް އިން ވެކްސިންތަކުގައި ހުންނަށް ވައިރަސް ހަށިގަނޑަށް ވެތުރެން މަގުފަހިވެ.

  2. ހުސެއިްން ޝާމް

    ބުނަންތަ ރަގަޅު ވާހަކައެއް . އެޗް.ޕީ އޭ މީހުން އަޅުގަނޑު މެންނަށް އޮޅުވާލަން ނޫލޭތި .މައްކާގެ އެތެއް މިލިޔަން މުސްލިމުންނެއް އެއްފަހަރާ ޙައްޖު ވެގެން އެބުރި ގައުމަށް ވަޑައިގަންނަވާނީ. ތިޔަ ވިދާޅުވާ ޒާތުގެ އެއްވެސް ބައްޔެއް ފެނިގެން އެލާޓަކަށް ނާދޭ އެއްވެސް ޤައުމަކުން ނިކަން ތިބެލި ފެނުނު ޤައުމުތައް ލިސްޓްކޮށް ނޫސްތަކަށް ފޮނުވާލަބަލަ. ފައިސާ ހޯދަން ކޮންމެވެސް އެހެން މަސައްކަތެއް ކުރޭ. އަޅުގަނޑު ބުނިހަދާންވޭ އަރިދަފުސް ރޯގާ ވިޔަސް ފާހަގަ ކުރެވޭ މީހުން ކަރަންޓީނު ކޮށްގެން ފަރުވާދީފަ ރަގަޅުވީމަ މީހުންގެ ތެރެއަށް ދޫކޮށްލާށޭ.މީ ވޯލްޑް ހެލްތް އޯގަނައިޒޭޝަނުގެ ވެބްސައިޓު ބަލާބަލަ މަލާފުކިންތަކާ.އެސޮރު އަނެއްކާ މިހެލްތް މީހުންގެ ފަރުވާ ކުޑަކަމުން ދުނިޔެ އަޅާދިޔައީ ނޫނީ އެސޮރު ހޮސްޕިޓަލަށް ބަލިވީމަވެސް ނުގޮސް ހުރުމުގެ ސަބަބުންވެސް ވެދާނެ.ހެލްތް މިނިސްޓްރީން މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގަން އެބަ ޖެހޭ.ހެލްތް މިނިސްޓަރ ކަޅުބިއްލޫރި ޖަހާފަ ކާރު ދުއްވާފަ އުޅުނީމަ ނިމުނީ އަކީ ނޫން. ދައުލަތުން ،ދައުލަތަކީ ރައްޔިތުން ދައުލަތުން ތިމާ އާއި މަތިކޮށްފަ ހުންނަ ޒިންމާ ތަކާ ވާޖިބުތައް ކަޅުކާރު ބިއްލޫރި ޖަހައިގެން ކިތަންމެ ވަރަކަށް ދުއަވާ އަދި ސިޔާސީ މީހުން އެމްބިއުލާންސް ދުއްވަން ލާފަ މިއުޅޭ ނުކުޅެދޭ އެންސްޕާ ލިސްޓުގަ ތިބޭ ތާކުން ތާކު ނުޖެހޭ ހަމަނުޖެހޭ މީހުން އުޅޭ ގޮތެއްނޫން ބަލަންވީ. ތިމާމެން މީހުންގެ ޒިންމާތަކާ ވާޖިބުތައް އަދާ ކުރަންވީ. ސާފުވެއްޖެ ކަަމަށް ހީކުރަން. ހަދާން ކޮށްދީ އެގޭބަޔަކު މިނިސްޓަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ހެލްތް މިނިސްޓްރީގެ މެނޭޖް މެންޓުގެ އަދި މެންޑޭޓުގަވާ ޒިންމާއެއްކަން .ކަންތައް ތައް ޖެހޭނީ އިސްލާހު ކޮށް ރަގަޅު ކުރަން .ނަރުހުންނާ ޑޮކްޓަރުންވެސް މަޖިލީހަށް ހާޒިރުކޮށްގެން ސުވާލު ކުރެވެން ޖެހޭނެ. އެމީހެއްގެ ޒިންމާތަކާ ވަޖިބުތަކަށް އެމީހާ ޒިންމާ ވާން ޖެހޭނީ .އެކަނި މިނިސްޓަރަކަށް ޒިންމާ އެއް ނުވެވޭނެ.