މަސްތުވާތަކެތީގެ ވަބާއިން މިޤައުމު ސަލާމަތްކުރަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ސާބިތުކަމާއިއެކު ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުވައްމުލަކުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ހުއްޓުވަން މަސައްކަތްކޮށް ބަޔަކު ހަމަނުޖެހުން ހިންގުމާއި ގުޅިގެންނެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "ވަގުތު" އަށް މިއަދު ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ރޭ ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނަކާއި ދެކޮޅަށް އެކަން ހުއްޓުވުމަށާއި ކުށްކުރުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ، އެ ހަމަނުޖެހުން ހައްލުކުރުމަށް ހަތަރު މީހަކު ފުލުހުންގެ ބަންދަށް ގެންދިޔަ ކަމަށެވެ.

"އަސްލާއި ހިލާފަށް މި އޮޕަރޭޝަންގެ މައުލޫމާތު ބައެއް މަދު މީޑިއާތަކުން ގެނެސްދީފައިވާކަން ވެސް ފާހަގަކުރެވިފައިވޭ." އޭނާ ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، ދިވެހި ފުލުހުން މަސްތުވާތަކެތީގެ ވަބާއިން މިގައުމު ސަލާމަތްކުރަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ސާބިތުކަމާއިއެކު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އަތުލައިގަތް މަސްތިވާތަކެއްޗަކީ ފުލުހުންނާއި މެދު ދޮގު ވާހަކަތައް ފަތުރަމުންދިޔަ ބައެއްގެ މަސްލަހަތު ހިމެނޭ އެއްޗެއް ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ މެދުގައި ފުލުހުންނާއި މެދު ނަފްރަތު އުފެއްދުމަށް އެ ބަޔަކު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެން ނަމަވެސް، ރޭ ފުވައްމުލަކުގައި ފުލުހުންނާއި ދެކޮޅަށް އިހުތިޖާޖު ކުރި މީހުން ވަނީ ފުލުހުން ހައްދަވަނީ ދޮގު ކަމަށް ބުނެ، ހަޑިހުތުރު އެއްޗެހި ގޮވައިފައެވެ. ރޭގެ އިހުތިޖާޖުގެ ބައިވެރިން ވަނީ މި ހަމަނުޖެހުމުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަބްދުﷲ

    އަޅެ ކެރެންޏާ ތިކަމުގައި ޝާމިލުވާ ގާޒީންތައް ނެރެ ޖަލައް އަޅާލަބަލަ

  2. އެމްޑީ

    ފުލުހުން ތިހެން ކަރާ ފަޅާތާ ލައްކަ ޒަމާން ވެއްޖެ، އިހަށްރޭ އައްޑޫ ދަންވަރު ފްލައިޓައް ދިޔަ ބަޔަކު އެތާތިބެ އެގޮވި އައުގުރާނަ ، ހަމަހޭގަތިބި ބަޔަކު ނުގޮވާނެ ކަންޔަގީން، ހެއްވާކަމަކީ މިއޮއްބޮޑު އިންޓަނޭޝަނަލް އެއާޕޯޓްގައި ނެތޭ ސެކިރިޓީ ބަލަހައްޓަން ފުލުހެއް ސިފައިންނެއް.

  3. ހެހެ

    މޮޅު ވާހަކަ ދެއްކީމަ ނިމުނީ. ނިކަން ތިއޮއް އެލްސިއޯން ބޭކަރީ ދޮށުގަ ހުރި އައްޑާއާއި ވިއްކާ ގެ ރެއިޑް ކޮށްލަބަލަ. ނުނެރޭނެ. ޗެލެންޖް ކޮށްފަ މިބުނަނީ ނުކެރޭނެ. އައި ރިޕީޓް ނުކެރޭނެ. އެހިސާބުގައ ބޯ މީހުނާއި ހުރެ އުޅެން އުނދަގޫ.

  4. ހުސެއިން ޝާމް

    ފުލުހުން ކުރާ މަސައްކަތަށް އެއވެސް ބަޔަކު ހުރަސް އަޅއިގެން ނުވާނެ.ފުލުހުން މަސައްކަތް ކުރާނީ ޤާނޫ ހިފަހައްޓާ ޤާނޫނު ދަމަހައްޓަން.ފުލުހުންނަށް ފުރިހަމަ ސިއްހަތެއް ދެއްވާދޭވެ.އަދި ފުލުހުންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލު ކުރާ ބައެއް ކަމުގައި މާތްﷲލައްވާށިއެވެ.އާމީން

  5. ގާސި

    ޢެހެންވެ ޕޮލިސް ސެކިއުރިޓީ މޮޓޯކޭޑުހިދުމަތްދެނީ