އައްޑޫ ސިޓީ، ހުޅުމީދޫގައި ހުރި މިޔާހް ފެކްޓްރީ ފަހަތުގައި އޮންނަ ވަލު ތެރޭގައި ހުރި ތާރުތަކެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ރޭގައި 19:13 ހާއިރު އެމްއެންޑީއެފަށް ލިބުމާ އެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި އެމްއެންޑީއެފުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ގަޑިއިރެއްހާއިރު ފަހުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަސްވެރިޔާ

    ތީ މަސްވެރިންކުރިކަމަކާ ވައްތަރީ އެމީހުން މިހާރު އުޅެނީ ކަރަންޓު ކެޑުމުގަޔާ މިކަހަލަ ވިޔާނުދާ ކަންކަމުގަ އެންމެކުރީ