އައްޑޫ ސިޓީ ފޭދޫގައި ކުނި އުކާލަން ދިޔަ ބިދޭސީއަކު ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ނިޔާވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެކެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މޫދުގައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:40 ގައި ކަމަށެވެ.

އަދި ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެެސް އެ މީހާ ނިޔާވެފައިވާ ކަަމަށް އެ ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާ ކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.