ބ. އަތޮޅު ސިއްހީ މަރުކަޒުތަކަށް 29 ދިވެހި ނަރުހުން ހޯދަން ބ. އަތޮޅު ހޮސްޕިޓަލުން މިއަދު އިއުލާންކޮށްފިއެވެ.

އެ އިއުލާންގައި ބުނެފައި ވަނީ ރެޖިސްޓަރޑް ނަރސް / ސީނިއަރ ރެޖިސްޓަރޑް ނަރސްގެ ރޭންކްގައި މަސައްކަތް ކުރާނެ ދިވެހި ނަރުހުން ބޭނުންވާ ކަމަށެވެ.

މި ނަރުހުން ބޭނުން ވަނީ ބ. އަތޮޅުގެ އަށް ރަށަކަށެވެ.

  • ބ. ގޮއިދޫ ޞިއްހީ މަރުކަޒަށް 8 ނަރުހުން
  • ބ. ދަރަވަންދޫ ޞިއްހީ މަރުކަޒަށް ފަސް ނަރުހުން
  • ބ. ކަމަދޫ ޞިއްހީ މަރުކަޒަށ ތިން ނަރުހުން
  • ބ. ކެންދޫ ޞިއްހީ މަރުކަޒަށް ހަތް ނަރުހުން
  • ބ. ދޮންފަނު ޞިއްހީ މަރުކަޒަށް ދެ ނަރުހުން
  • ބ. ހިތާދޫ ޞިއްހީ މަރުކަޒަށް އެއް ނަރުހުން
  • ބ. ފެހެންދޫ ޞިއްހީ މަރުކަޒަށް އެއް ނަރުހުން
  • ބ. ފުޅަދޫ ޞިއްހީ މަރުކަޒަށް ދެ ނަރުހުން

އެ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ހުރިހާ ލިޔެކިއުންތަކާއިއެކު ޖުލައި ތިން ވަނަ ދުވަހުގެ ނިޔަލަށް ބ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ހުށަހެޅުމަށް އިއުލާނުގައި އެދިފައިވެއެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ކަމަށްވެސް އެ އިއުލާންގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެއިން ޝާމް

    ވަޒީފަނެތް ދިވެހި އެތައް އަންހެނަކާ ފިރިހެނުން އެަބައުޅޭ ތަމްރީނުކޮށްގެން ގެންދިއުމަށް މިނިސްޓްރީ އޮްފް ހެލްތަށް ގޮވާލަން.