ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރިންނާއި މެންބަރުންނަށް ވިދާޅުވެފައެވެ.

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފުވެސް ވަނީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން ޕާޓީގެ މެންބަރުންނަށް އަރިސްކުރައްވާފައެވެ.

މީގެއިތުރުންވެސް، ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރައްވާ ބައެއް މެންބަރުންވެސް ވަނީ އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން މިއަދު ހަވީރު 4:30 ގައި އެމްޑީޕީ އޮފީހުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ފިތުނައަކަށް ނުވާނަމަ ކިތަންމެހާވެސް ރަނގަޅު.

  2. އަބްދޫ

    މިއީ ސިޔާސީ ކަނކަމުގަ ކަންކުރަންޖެހޭ ރީތިގޮތް.