މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން ސްކޫކްގެ ކްލީން ޕްރައިޒް 90 އަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ހާލަތާއި ގުޅޭގޮތުން ސުވާލުކުރެއްވުމަށް މިއަދު މާލިއްޔަތު ކޮމިޓީއަށް މާލީ ވުޒާރާގެ އިސް ބޭފުޅުން ވަނީ ހާޒިރުކޮށްފައެވެ. އެ ކޮމިޓީގައި ވާހަކަދައްކަވަމުން ސާއިދު ވިދާޅުވީ 2021 ވަނަ އަހަރުގައި ފްލޯޓް ކުރީ ގްލޯބަލް ސްކޫކް ކަމަށެވެ. އިގްތިސޯދު ކޮންޓްރަކްޓް 2020 ވަނަ އަހަރު ހުރީ 34 އިންސައްތައި ކަމަށާއި 2021 ވަނަ އިގްތިސޯދީ ކޮންޓްރެކްޓަށް 36 އިންސައްތައިގެ ކުރިއެރުމެއް އައިސްފައި ހުރި ކަމަށް ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގެ ތެރެއިން-- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

"ރީބައުންޑް ވެ ރާއްޖޭގެ ރިއަލް އެކޮނަމީގެ ޕްރޮސްޕެކްޓްސް އޮތީ ފުދޭވަރަކަށް ރަނގަޅަށް. އެހެންވެ އެކަން އެގޮތަށް އޮތުމާއެކު 2021 ވަނަ އަހަރު އޭރުގައި ސަރުކާރުން ސްކޫކް ފްލޯޓްކޮށް ސްކޫކަށް އޯވާ ސަބްސްކްރައިބް ވެގެން ވަނީ ގޮސްފައި. އެހެންވީމަ 500 މިލިއަން ޑޮލަރު ވަނީ ނެގިފައި ކޮމާޝަލްކޮށް. 9.87 އިންޓްރަސްޓުގައި . އޭގެ ރިޓާނަކީ ގެރެންޓީ ރިޓާންސް."ސާއިދު ވިދާޅުވިއެވެ.

ސާއިދު ވިދާޅުވީ ސްކޫކްގެ ޔީލްޑާއި ކްލީން ޕްރައިޒަށް ބަލާއިރު މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން ވަނީ ކްލީން ޕްރައިޒް 90 އަށް އަރާފައި ކަމަށެވެ. ކުރިން ކްލީން ޕްރައިޒް ހުރީ 76 ގައި ކަމަށް ވެސް ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގެ ތެރެއިން-- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

މިކަން މިހެން ދިމާވަން މެދުވެރި މައިގަނޑު ސަބަބުގެ ތެރޭގައި އެ ވުޒާރާއިން އެކްސްޓާނަލް މޮނިޓަރުންނަށް މަލްޓިރެޓްރަލް ބޭންތަކާއިއެކުގައި ވަރަށް ގާތްކޮށް މަސައްކަތް ކުރުން ހިމެނޭ ކަމަށް ސާއިދު ވިދާޅުވިއެވެ. ހާއްސަކޮށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކާ އެކުގައި ގައި މަސައްކަތް ކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އެ ބޭބޭފުޅުންނާ އެކު މުއާމަލާތައި ކުރެވިފައިވާ މަސައްކަތާއި ރިޔާކޮށްގޮތް އަދި ސަރުކާރުން ކުރީގެ އަހަރުތަކުގައި ފަށްޓާފައިވާ މަސައްކަތްތައް ފުރިހަމަ ކުރުގެ ތެރެއިން ފިރިކަޒް ރިފޯމް އެޖެންޑާ ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު