މާލޭ ފަޅެއްގައި އަޅާފައި އޮއް ދޯންޏެއް އަޑިއަށް ގޮސްގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަޑިއަށް ގޮސްފައިވަނީ މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައިވާ ދޯންޏެއް ކަމަށެވެ. އެ ދޯނި އަޑިއަށް ގޮސްގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާބިސް، މާލޭ ފަޔަ ސްޓޭޝަނުގެ ފަޔަށް ފައިޓަރުން އެސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އަޑިއަށް ދިޔަ ދޯނި-- ފޮޓޯ: އެމްއެންޑީއެފް

އެ މަސައްކަތުގެ ތެރެއިން އަމިއްލަ ފަރާތެއްގެ ކެރޭނެއްގެ އެހީގައި އަޑިއަށް ދިޔަ ދޯނި ފެންމަތިކޮށް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ޕަންޕް ބޭނުން ކޮށްގެން އެ ދޯނީގައި ބޮޑުވެފައި އޮތް ދިޔަގަނޑު އެއްކޮށް ހިއްކާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު