އިއްޔެ ރާއްޖޭން ފެނުނު ކަމަށް ބުނާ މެނިންޖައިޓިސް ބައްޔަކީ 2007 ވަނަ އަހަރު ވެސް ރާއްޖޭން ފެނިފައިވާ ބައްޔެއްކަން އެނގިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ފޭސްބުކުގައި ދިވެއްސަކު ކުރި ޕޯސްޓެއްގައެވެ. އޭނާ އެ ޕޯސްޓް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ރާއްޖޭން އެ ބަލި ފެނިފައިވާތީ އާއި މީގެ ކުރިން އޭނާއަށް ވެސް އެ ބަލި ޖެހިފައިވާތީ، އެކަމުގެ ތަޖުރިބާ ހިއްސާ ކުރުމަށެވެ.

އެގޮތުން އޭނާ ބުނެފައިވަނީ 2007 ވަނަ އަހަރަކީ އޭނާގެ ހަޔާތުގެ ސަފްހާ ތަކުން ހިތާމަވެރި ވޭން ތަކެއް ތަހައްމަލު ކުރަން ޖެހުނު ހިތްދަތި އަހަރެއް ކަމަށެވެ. އެ އަހަރުގެ ޖުލައި މަހު، އޭނާގެ އެއްބަނޑު އެއްބަފާ އެންމެ ހަގު އަންހެން ކޮއްކޮ އެ ކޮއްކޮގެ ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ޑޮކްޓަރުގެ އިހުމާލުން މިދުނިޔެ ދޫކުރި ކަމަށާއި އެހިތާމަވެރި ހާދިސާގެ ހިތްދަތި ކަމުގައި އުޅެމުން ދަނިކޮށް އޭނާއަށް ޗިކަން ގުންޔާ ޖެހުނު ކަމަށެވެ.

"ހުޅުތަކުގަ ރިއްސާ ގަދަޔަށް ހުން އައިސް މާގިނައިން ހޮޑުލެވޭތީ ރަށު ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ
އެރޭ އާދަޔާޚިލާފަށް ގަދަޔަށް ބޮލުގަ ރިހުނު ނަމަވެސް ހެދުނުވީއިރު ހާލަތު ތަންކޮޅެއް ރަގަޅު ވުމުން ޑޮކްޓަރ ކައިރީ ގެއަށް ފޮނުވާލަދިނުމަށް އެދި ގެއަށް އައީމެވެ" އޭނާ ބުންޏެވެ.

އޭނާ ބުނީ، ގެއަށް ފޮނުވާލި ރޭގެ ދަންވަރު ހޮޑުލެވިފައި ފައިކޮޅުން ވާގިދޫވެގެން ވެއްޓުނު ކަމަށާއި އެއްވެސް ތަނެއް ވެސް ނުފެނި ނޭވާލާން އުނދަގޫވާން ފެށުމުން އަނެއްކާ ވެސް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރި ކަމަށެވެ.

މެނިންޖައިޓިސް: ވަރަށް ނުރައްކާތެރި، 24 ގަޑިއިރު ތެރޭގައި މަރުވެދާނެ!

 

އޭރު ޑޮކްޓަރުންނަށް ވެސް ވާނުވާނޭގޭތީ، އެދުވަހުގެ މެންދުރު ނުވަނީސް އޮކްސިޖަން އާއެކު ކުޅުދުއްފުށްޓަށް ފޮނުވާލާފައިވާ ކަމަށާއި ހޭވެރިކަންވީ އެރޭގެ ވަގުތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އޮއްވައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އޭރު ހަނިމާދޫ މަގުން މާލެ ފޮނުވާލުމުގެ ތައްޔާރީތައް ވަމުންދާނީކަމުގައި ބައްޕަ ބުނުއްވި އަޑުއިވުނެވެ. ކޮންމެޔަކަސް ހަމަ އެރޭ މާލެ ގެނެވި އައިޖީއެމްއެޗް އިމަރޖެންސީ ގައި ފަރުވާ ފެށުނެވެ." އޭނާ ބުންޏެވެ.

އޭނާ ބުނީ، އައިޖީއެމްއެޗްގައި ދެވުނު ފަރުވާގެ ތެރެއިން ބޮލުގެ ސީޓީ ސްކޭން އެއް ހެދުމަށްފަހު، ރެއަށް ޑިސީސް އެއް ކަމަށްވާ ފުރާނައަށް ނުރައްކާތެރި މެނިންޖައިޓިސް އަށް ޑައިގްނޯސް ވެފައިވާކަން އެނގުނު ކަމަށެވެ.

"ޑޮކްޓަރ ބުނުއްވިގޮތުގައި އެ ބައްޔަކީ 48 ގަޑިއިރުތެރޭ ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ނުރައްކާތެރި ބައްޔެކެވެ ، ﷲގެ ރަހުމަތްފުޅުން 48 ގަޑިއިރު ވުމުގެ ކުރިން ފަރުވާ ދެވޭ ހިސާބަށްދެވި ބަލި ދެނެގަނެވި ފަރުވާ ފެށުނެވެ" އޭނާ ބުންޏެވެ.

"ފަރުވާ ފެށުމުގެ ކުރިން ކަލްޗަރަލް ޓެސްޓެއް ހެދުމައްޓަކާ މައިކަށި ތޮރުފައިގެން ދިޔަނެގުމަށްފަހު އެހިސާބުން މީހާ ކޯމާ އަކަށް ގޮސް 1 ހަފްތާ ކޯމާގަ އޮތުމަށްފަހު ހޭވެރިކަންވީއިރު އަޅުގަނޑު ވަނީ އަތުގެ އިގިއްޔެއްވެސް އަމިއްލަ އިޚްތިޔާރުގަ ގުޑުވާ ނުލެވޭފަދަ ބަލި ހާލަތުގައެވެ" އޭނާ ހިއްސާ ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

"ލޮލަށް ފެނުނު ނަމަވެސް ކޮންމެ އެއްޗެއްވެސް ފެންނަނީ ޑަބަލްކޮންނެވެ. މީހުންވެސް ފެންނަނީ އެކިފަހަރު އެކިސިފައިގައި އެމީހެއްގެ އަސްލުނޫން ގޮތްގޮތަށެވެ." އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވަރުގަދަ އެންޓިބަޔޮޓިކް މެދުނުކެނޑި 21 ދުވަހު ދީ ނިމުނުއިރު، އޭނާގެ ބޮލުގެ އިސްތަށިގަނޑާ ބުމަޔާ އެސްފިޔަތައް ވެސް ވެރި ގައިގެ ހަންގަނޑު ވެސް ވަނީ ފިލުވެން ފަށާފައެވެ. އަދި އަމިއްލައަށް ނުތެދުވޭ، ނުވެސް ކެވޭ ނުވެސް ހިނގޭ ކަމަށާއި ހޮސްޕިޓަލުން ގެއަށް ދޫކޮށްލިއިރު ވެސް އިންނަނީ ފުރޮޅުލީ ގޮނޑީގައި ކަމަށެވެ.

އޭނާ ބުނި ގޮތުގައި މެނިންޖައިޓިސް ޖެހުނުއިރު އަޅުގަނޑު އިނީ ބަލިވެ ބަނޑަށް 3 ހަފްތާ ގައެވެ. އޭގެ އެއްމަސް ފަހުން އިތުރު ފަރުވާ ހޯދުމަށް އިންޑިއާ އަށް ގެންދެވުމުން ބަނޑުގަވާ ދަރިފުޅުގެ ހާލަތު ރަގަޅުނުވުމާއެކު އެބޯޝަން ހެދި ކަމަށް ވަނީ ބުނެފައެވެ.

"އިންޑިއާގެ ހޮސްޕިޓަލެއްގަވެސް އެޑްމިޓް ކޮށް ފަރުވާދިނުމަށްފަހު ޑޮކްޓަރ ބުނުއްވީ މެނިންޖައިޓިސް އަކީ ސިކުނޑީގެ ވަށައިގެންވާ ދުލިފަށް ދުޅަވެ ކުރިމަތިވާ ނުރައްކާތެރި ބައްޔެއްކަމުން އެބަލިން ސަލާމަތް ވެވުނު ކަމުގަ ވީނަމަވެސް ޖިސްމާނީ ނުކުޅެދުންތެރިކަން ވެސް ހުރެދާނެކަމަށާ ހިނގަންވެސް ކާންވެސް އަލުން ޖެހޭނީ ދަސްކުރަން ކަމަށެވެ." އޭނާ ބުންޏެވެ.

އޭނާ ބުނީ، އެ ވާހަކަތައް ހިއްސާކޮށްލީ، މީ ނުރައްކާތެރި ބައްޔެއް ކަމަށްވެފައި މިބަލީގެ ވާހަކައެއް މިދުވަސްކޮޅު ދެކެވެމުންދާ ތީ މިބަލީގެ ތަޖުރިބާ އޭނާއަށް ކުރެވިފަވާގޮތް އެހެން ބޭފުޅުންނާއި ހިއްސާ ކޮށްލުމަށް ކަމަށެވެ.

ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގޮސް، އިންޑިއާއިން އައިއިރު މީހުންގެ އަތުގަ ހިފައިގެން ހިނގަން މަސައްކަތް ކުރެވޭވަރުވާ ކަމަށާއި މަޑު އެއްޗެހި ކެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެހެންގޮތަކަށް ބުނާނަމަ އަޅުގަނޑު އަލުން ދުނިޔެއަށް އައި ކަހަލައެވެ. ހުރިހާ ކަމެއްވެސް އަލުން ހިތްވަރާއެކު ކުރިއަރުވަން މަސައްކަތް ކުރީއެވެ. ސިއްހީގޮތުން ލިބިފައިވި ބޮޑެތި ގޮންޖެހުންތަކާއެކު ވެސް ދިރިއުޅުމާ ހިތްވަރާއެކު ކުރިމަތިލާ ކަސްރަތުގެ ދާއިރާއަށް ނުކުމެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލެވުމުން މިހާރު ހަމަ އާދައިގެ އެހެންމީހުންނެކޭ ވެސް އެއްފަދައިން ދިރިއުޅުމުގެ ހުރިހާކަމެއް ގަވެސް ހަރަކާތްތެރިވެ އެބައުޅެވެެއެވެ. އަލް ހަމްދު ﷲ. ﷲ ގެ ރަހުމަތްފުޅުން މިފަދަ ނުރައްކާތެރި ބައްޔަކުން ސަލާމަތްކުރައްވާ ހެޔޮހާލުގައި ލެހެއްޓެވި ކަމަށްޓަކާ ﷲތައާލާ އަބަދުވެސް ޝުކުރުވެރި ވަމެވެ" އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

"މެނިންޖައިޓިސް ގެ ބަލީގައި އަޅުގަނޑަށްއަޅާލާ އެހީތެރިވެދިން އާއިލާ މީހުންނާ އެހީތެރިކަން ފޯރުކޮށްދީ ހެޔޮދުއާ ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު އަދާކޮށް ހެޔޮދުއާކުރަމެވެ." އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަތްގަލަން

    ނަޝީ ލިޔެފައި އެވަނީ ޙަޤީިޤަތުގައިވެސް އެކަން ހިނގާދިޔަ ގޮތެވެ. އެއީ އަޅުގަޑުގެވެސް ލޯކުރިމަތީގައި ހިނގާދިޔަ ކަމެކެވެ. އެ ބަލީގެ ސަބަބުން އޭނާ ތަޙައްމަލުކުރި ވޭން ތަޞައްވުރުވެސް ނުކުރެވޭނެއެވެ. އަލުން އޭނާއަށް ނޯމަލް ދިރިއުޅުމެއް އުޅެވިދާނެކަމަށް އަޅުގަނޑުވެސް ހީއެއް ނުކުރަމެވެ. އެހެނަސް ﷲ އީ ކޮންމެކްމަކަށް ކުޅަދުންވަންތަ އަޅުތަކުންނަށް އޯގާވްންތަ އިލާހެވެ.
    ﷲ މިބަލީގެ ނުރައްކަލުން އަޅަމެން ސަލާމަތް ކުރައްވާށި.

    55
    • ކައިދާ

      ޢާމީން!

  2. ފޭސް

    2018 ވަނަ އަހަރު އަހަނަށް ވެސް މެނިންޖައިޓިސް ޖެހުނު. ކިރިޔާ އަހަރެން ސަލާމަތްވީ.

  3. މެނިން

    މެނިންޖައިޓިސް ޖެހިދާނެ ކޮންމެފަދަ ބައްޔަކުން ވެސް. މެނިންޖައިޓިސް އަކީ ސިކުނޑީގެ ދުލިފަށަލަ ދުޅަވުން. މީގެ މަދު ކޭސްތަކެއް ރާއްޖޭގައި އުޅޭނެ. ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ކޭސް އަކީ އަލަށް ފެނުނު ކޭހެއް. އެއީ އަލަށް ފެނުނު ޖަރާސީމެއް. މެނިންގޯކޮކަލް ޖަރާސީމުން ޖެހޭ މެނިންޖައިޓިސް ބަލިން ސަލާމަތްވުމަކީ ނާދިރުކަމެއް.

  4. ހުސެއިން ޝާމް

    މުރުތައްދު ބޮޑު ދޮގު ހަދަން ނޫޅޭ އަޅުގަނޑު އިންޑިޔާ މީހަކާ އިން ތާރީޚު މިހާރު ޖަހައިގެން ދޮގު ފަތުރަނީ.މުނާފިޤުންނަށް ގޮތް ހުސްވީ .ފިތުން އުފައްދާ މީހުން ޤަތުލު ކުރަން އިސްލާމް ދީނުގަ އޮންނަނީ އެކަން ކުރާނެ .އަޅުަގނޑަކީ މުސްލިމެއް.ރާއްޖެއަކީ ސައްތަ އިން ސައްތަ ނަމުގަ އިސްލާމީ ޤައުމެއް.މުނާފިޤުން ހީނުކުރާތި އެއްގޮތް ނެތިއްޔާ އަނެއް ގޮތް މަށަށްވެސް އޮންނާނެ އެއްވެްސްމ މީހަކު ބޭނުން ނުވާނެ ޖަލަށް ދާކަށް ބަލާނީ ޤއުމުން ބޭރުވޭތޯ.އަދި އަޅުގަނޑުގެ ޤައުމު ދޫކޮށްފަ އެހެން ޤައުމަކަށް ހިޖުރަ އެއް ނުކުރާނަން .އައޮޑޫ މީހުން ހަދާހެން ބޭރުކޮށްފިއްޔާ ދެން ދާންތާ ޖެހޭނީ.މާލެއިންވެސް ބޭރުކުރީ ވިއްޔާ.ހޅުމާލެއިންވެސް ރައީސް އޮފީސް އަޑީގަ އޮވެގެން މަޢުރޫފު ޖަމީލާ ،މަހުޖޫބާއި ލަތީފު ރާވައިގެން ކުރި ކަމެއްކަމަށް ބައްޕަ އަޅުގަނޑު ގާތު ބުނި.އެކަމަކު އަޅުގަނޑު އފަސްގަނޑު ހިއކުމުގެ މަސައްކަތުގެ ޢަމަލީ ގޮތުން ބައިވެރިވެ އަދި ހުޅުމާލޭ އެންމެ ފުރަތަމަ ވަޒަންވެރިވި މީހުން އަޅުގަނޑު ގެންގޮސް ކާންދީ ވަރށް ހެޔޮ .އަދި ކިޔާނީވެސް ހުޅުމާލޭ ކަތީބު.އޭގެން މީހަކު މިހާރު މަގުމަތިންވެސް ނުފެނޭ .ފުރަތަމަ ފޭހުގަ ވަޒަންވެރިވީ ސީދާ މލޭގެ ރަށްވެހިން .މާލޭގެ ދަތި ޙާލުގަ ތިބި މާލޭ ބޭފުޅުން .އަޅުގަނޑު އެޗް.ޑީ.ޔޫ އިން މާލޭގެ ގެދޮރުގެ ދަތިކަން ތިބި ބޭފުޅހުންނަށް ބަހެއްޓި އޯގާތެރި ކަމށްޓަކައި .އެޗް.ޑީ.ޔޫގެ މެނޭޖްމެންޓަށް ވަރަށް ބޮޑަށް މިފުރުސަތުގައި ޝުކުރު ދަންނަވަނ.ް އަޅުގަނޑުމެން ވެސް މީހަކަށް އަނިޔާވެރިވެގެން ނުވާނެ .ފަތުވާ ކޮމެޓީ ބޭފުޅުންގެ ލަފާ އަބަދުވެސް ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށް ބޭނުވާން.އެބޭފުޅހުން މިތިބަ މުއްސަދިން އަށްދަށުން ސަލާމަތް ކުރުމަކީ ދައުލަތުގެ ޒިންމާއެއް.ދައުލަތުން ބަލަންވީ އިސްލާހީ އެޖެންޑާގެ ތެރއިން ހުރިހާ ކަމެއް ރަގަޅު ކުރެވޭތޯ. ހިތްދަތިވީމަ ކިޔަނީ .ނުކިޔަން ހުންނަނީ މުނާފިޤު އެބަސްވެސް އިންސާނުން ދެރެވާނެ އެކަން ދަންނަން ޖެހޭނެ.އެންމެންވެސް.އަޅުަގނޑަށް ވަރަސް ގިނަމީހުން ދަސްވެއްޖެ މުނާފިޤުން އަންނުފޯރާފަށަށް ގިން.އަނެއްކޮޅުން މިމުނާފިޤުން ޖިނިންގެ އެހީތެރިކަން ބޭނުން ކުރަުމަކީ މީގެ އެންމެ ދަތި އުަދަގޫ މަރުޙލާ އަކީ.އަދި މިއުޅޭ ޖިނިންތައް އެޕާތްމެންޓުތެރޭގަ އަޅުގަނޑު ފެްނ ބޮއިފަ ފުޅީގެ ބާކީ ފެން ބަހައްޓައިފިއްޔާ އެއްކޮށް ބޮއިފާނެ .އަދި އަޅުގަނޑު ކޮޓަރި ދޮރު ލަްޕަފަ ތަޅު ނުލާ ބަހައްޓައި ފިއްޔާ ދރު ހުންނާނީ ހުޅުވާ އަޅާފަ.މިވަރަށް މިޖެއްސުން މިކުރަނީ މިސްކިތުގެ މިބައި މީހުންނަށް ނަމާދު ކުރުަމަށް ހުއްދަ ނުލިބިގެން ދެން މިމީހުން ގޮސް އިސްލާމިކް މިނިސްޓަރާ ބައްދަލު ކުރަންވީ ނުން މީހުންނަށް ޖެއްސުން ނުކޮށް.

    • ހަލީމް

      ބޭފުޅާ ކޮން އިރަކުތޯ ގުރައިދޫން ދޫކޮށްލީ؟