ޕީޕީއެމް ސަރުކާރުގައި ވަރަށް ރަނގަޅަށް ކަންތައް ކުރިއަށް ދަނިކޮށް ބަނދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން މޫސުން ބަނަވެ ވެރިކަން ނިމުމަކަށް އައި ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، އެމްޑީޕީއިން ދެއްކި ޑިމޮކްރަސީ ކަމަކުނުދާ ކަމަށާއި އެ އަނިޔާވެރިކަން އަނބުރާ އިޔާދަކުރަން ބޭނުން ނުވި ކަމަށެވެ. އެހެންކަމުން އެމްޑީޕީން ހިންގި ޖަރީމާތަކާއި އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ވަކާލާތުކޮށް 2013 ވަނަ އަހަރު ރަނގަޅު ހެޔޮ ވެރިކަމެއް ކުރަން ވެރިކަމާއި ޕީޕީއެމުން ހަވާލުވި ކަމަށެވެ.

"އެވެރިކަމުގައި އަޅުގަނޑުމެން މާ ކާމިޔާބީ ދުވަސްތަކެއް ހޭދަކުރަމުން ދަނިކޮށް އަޅުގަނޑުމެންގެ މޫސުން ބަނަވީ. އަޅުގަނޑުމެންގެ މުސުން ބަނަވީ އަޅުގަނޑުމެންގެ ވެރިމީހާގެ ސަބަބުން ނޫނޭ އަޅުގަނޑު ދަންނަވާނީ. ބަދިގޭގެ ސަބަބުންނޭ އަޅުގަނޑުމެން ބަލިވީ. ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށީމާ އެހިސާބުން މޫސުން ގޯސްވީ." ލަތީފް ވިދާޅުވިއެވެ.

އެހެންނަމަވެސް ކާމިޔާބީ ދުވަސްތަކަކަށްފަހު އެ ވެރިކަން ނިމުމަކަށް އަންނަން ޖެހުނީ ބަނދިގެ ތެރެއިން ކަންތައް ނިންމައި ގައުމު ހިންގަން ފެށުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުގައި ބަނދިގެ ތެރެއިން ކަންކަން ނުނިންމާނެ ކަމަށްވެސް ލަތީފު ވިދާޅުވިއެވެ.

ޕީއެންސީ ހަރުގެ ޖަލްސާ ތެރެއިން-- ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

މީގެއިތުރުން ނިމިދިޔަ ރަމަޟާން މަހުގައި ތަކެތީގެ އަގު އިންތިހާއަށް އަގުހެޔޮކޮށްދިންކަން ފާހަގަކުރައްވައި ލަތީފް ވިދާޅުވީ ނިމިދިޔަ ރޯދަމަހު ރައްޔިތުންނަށް އެއްވެސް އެއްޗަކަށް ދަތިވެގެން އުޅޭކަށް ނުޖެހުނު ކަމަށެވެ. އަދި ބޮޑު އީދު ދުވަހު މުޅި ރާއްޖެއަށް ރައީސް އުފާފާގަތިކަން ގެނެސްދެއްވައި ތަނަވަސްކަމާއި ތިޔާގިކަން ގެނެސްދެއްވި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ޚަރަދުކޮށްގެން ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދެއްވީ، ގެންގޮސް ތިޖޫރީއަކަށް ލާފައި ފޮރުވީކީއެއް ނޫން." ލަތީފް ވިދާޅުވިއެވެ.

ޕީއެންސީ ހަރުގެ ޖަލްސާ ތެރެއިން-- ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

އެއާ ޚިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ލިބުނު އެއްޗެއްވިއްޔާ ރައްޔިތުންނަށް ނުދީ ފޮރުވީ ކަމަށް ލަތީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކުޑަ އިނގިލި

    ހުސް ހޮޅި ވާހަކަ! އެމް.އެމް.ޕީ.އާރ.ސީ އިން އަދީބު އަތުން ލިބުނީ ކިހާ ވަރެއްހޯ މި ރަށު ރައްޔިތުން ކިޔާ އަޑު އަހަނމު!

  2. މުންޖިޗޭ

    ގެދަނބުޅި އަރާ ކުޑަދޮރުތަކުގެ ބިއްލުރިތައް ފުސްވީމާ އެހެންވެސް ވާނެ، ސިޔާސީ ކަންކަމަކީ ހަޑި މުޑުދާރު ކަމެއް، ލަދެއް ޙަޔާތެއް ނުހުންނަ ކަމެއް، އަމަޔަށް ބަފަޔަށް ގޮވާފަ އެނެއްދުވަހު ލޯބިން އުޅޭ މަންޒަރުވެސް ފެންނާނެ، ތިންފަށްވަރިއަކުން ވަރިކުރާ ހިސާބަށްވެސް ދާނެ، ހަލާކުގެ މަގު ފުޅާކޮށް ފެންނަން އޮންނާނެ، ދުނިޔެ ބަނޑުއަޅައިގެން އާޚިރަތްމަތިން ހަނދާނެއް ނުހުންނާނެ، ކިޔާކަށް ވަކި އެއްޗެއް ނުހުންނާނެ، އަދަބެއް ސަދަބެއް އިޙްތިރާމެއް ނުހުންނާނެ، ބޯ ހަލާކު!

  3. ހަންނާނުބޭ

    ޔާމީންގެ ވެރިކަމުގައިވެސް މީނަ މިހެން އުޅެއުޅެފަ އެންމެފަހުން ބައިކޮޅަށް ގޯލުޖެހީ. ކިހާވަރަކުން ދާނެބާ.

  4. ކަށިކެޔޮ އާދަނު

    ކޮންމެވެސްއޮޑިއެއްގަ ކައްކަންއުޅޭމީހަކާވައްތަރު ؟؟

  5. ހުސެއިން ޝާމް

    އެހެްންވީމަ މނިކުފާނު މިހާރުން މިހާރަށް ޕީ.އެން.ސީން ނުކުމެ ބޮޑު ކައްކާ އަކަށް ބަދލުވެގެން ރަށަށްދޭ .ދެން މީގެ ފަހުން އެއްވެސް އިންތިޚާބަކުން މަނިކުފާނަށް ވޯޓުލާނީ ބަދިގޭގަ ކައްކަން ތިބޭމީހުން ކައްކާ ނިމިގެން ގޮސް .ރާކަނި މަސް ކާން ނަތަންޔާހޫ ކައިރިއަށް ފޮނުވާލަ ފާނަން .މަޑުން މަޑުންހުރޭ.ކަލޭ ތިއުޅެނީ ހިތުން ރައީސްގެ އިސްލާޙީ އެޖެންޑާއަށް ހުރަސް އަޅަން.އެކަމެއް ނުވާނެ

  6. އަބްދޫ

    ބަދިގެއިން ދަނޑިދިގުއުނދުޅި އެއް ހިފައިގެން ނިކުމެ ތަޅުވާގަނެގެން ގޮސް ތެލީގަ ހުރި ހުރިހާ ތަކެތި ކުނިކޮށްލާއިފި.

  7. އަބްދޫ

    ބައެއް މީހުނަށް ފެނުނު ވޭރު ހުލި އައިސް ކުރަފީގެ ނަރުވާގަ ހިފައިގެން ގޮސް ވަންނަ ތަންވެސް.