ރާއްޖެއިން ފެނުނު އިންވޭސިވް މެނިންގޯކޮކަލް (މެނިންޖައިޓިސް) ވޭދަނައާ ގުޅިގެން ގާތޔުން އެއްތާވި މީހުންގެ ތެރޭގައި 46 މީހަކު ފާހަގަވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީނ(އެޗްޕީއޭ)އިން ވިދަޅުވެއްޖެއެވެ.

ރާއްޖެއިން އެ ބަލި އަނެއްްކާވެސް ފެނި އެ ބަލި ޖެހުނު މީހާ ވަނީ ނިޔާވެފައެވެ. އެ ބަލި ޖެހުނު މީހާއަކީ ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ގޮސް އެނބުރި އަައި ފަހުން ހާލު ދެރަވެގެން އޭޑިކޭ ހޮސްޕިޓަލުގަރި ފަރުވާދިން މީހެކެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވިދާޅުވީ ގާތުން އެއްތާވި މީހުންގެ ގޮތުގައި މިހާތަަނަށް 46 މީހަކު ފާހަގަވެފައިވާ ކަމަށާއި، އޭގެތެރެއިން ޕްރޮފިލެކްސިސް ދޭންޖެހޭ މީހުންނަށް ޕްރޮސިލެކްސިސް ދެވިފައިވާ ކަމަށެވެ.

"އެ ކޭސްއާ ގުޅިގެން މިހާތަނަށް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައިވަނީ، އެހެންވީމަ އިތުރަކަށް ދެން ފުޅާވެގެން ނުދާނެ، މިހާރު ފެނިފަ ހުރި އަދަދުތަކަށްވުރެ އިތުރުވެގެން ނުދާނެ،". އަޝްރަފް ވިދާޅުވިއެވެ.

އެއް ބައްޔާއި ގުޅިގެން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ.މޫސާ މުރާދު ވިދާޅުވީ މި ބަލި ޖެހެނީ ބެކްޓީރިއާއަކުން ކަމަށާއި، ބަލި ގައިންގަޔަށް އަރަނީ ކެއްސާ ނުވަތަ ކިނބިހި އަޅާ މީހާގެ ކުޅުގެ ތިކިތަކުގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް ބެކްޓީރިއާ އަކީ ވައިރަސްތައް ފެތުރޭހާ ފަސޭހައިން ގައިންގަޔަށް ފެތުރޭ އެއްޗެއް ނޫން ކަމަށް ޑރ، މުރާދު ވިދާޅުވިއެވެ.

"އެކަކު ގައިން އަނެކަކު ގަޔަށް އެރުމުގެ ބާރު ތަންކޮޅެއް ކުޑަވާނެ ޖަރާސީމުގަ، އެހެންވީމަ އާންމުގޮތެއްގައި ތަންކޮޅެއް ކައިރިން ކޮންޓެކްޓުވާ މީހުންނަށް މިބަލި މިއަރަނީ. ބަލިޖެހުނީމަ އާންމުގޮތެއްގައި ރޯގާއެއްގެ ގޮތަށް މިބަލި އައިސްދާނެ. އެހެން ނަމަވެސް މިބަލީގަ އަޅުގަނޑުމެން ސަމާލުކަން މިހާވަރަށް މިދޭނެޖެހޭ ސަބަބީ މި ބައްޔަކީ ތަންކޮޅެއް އަވަހަށް ނުރައްކށވެދާނެ ބައްޔަކަށްވާތީވެ. އެގޮތުން ހަށިގަނޑުގެ އެތެރެއަށް ބަލި ވަދެ އެބަލީގެ އިންފެކްޝަން މުޅި ހަށިގަނޑަށް ފެތުރިގެންދާ ބައްޔެއް ގޮތުގައި ބައެއްފަހަރު ދިމާވޭ. ދެވަނަ ގޮތަކީ ސިކުނޑިއަށް މީގެ އަސަރު ތަންކޮޅެއް ފަސޭހައިން އަސަރުކުރާ ގޮތް ދިމާވޭ،". ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ، މި ދެގޮތަށް ބަލި އައިސްފި ކަމުގައިވާނަމަ ފުރާނައަށް ގެއްލުން ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި، ހަށިގަނޑަށް ވަންނަ ބެކްޓީރިއާ ހަށިގަނޑުގައި 7 ދުވަހާ 10 ދުވަހާ ދެމެދުގެ މުއްދަތަށް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް އެންޓިބައޮޓިކާއި ވެކްސިން ޖެހުމުގެ ސަބަބުން ބެކްޓީރިއާ އަވަހަށް މަރާލާކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

މެނިންޖައިޓިސް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެޗްޕީއޭއިން މައުލޫމާތުދެއްވިގޮތުގައި މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ މީހުންގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެއިން ޝާމް

    މިމީހުން މީހުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގަންވީމަ ފިލާތިބެ މީހުންނަށް ބިރު ދެއްކުން ނޫންކަމެއް ނުކުރޭ .ޢަޖައިބު ވެއްޖެ.އަދިމާލޭގަ ހުރި އެންމެ ރީތި އެންމެ އުސްޓަވަރު ސަރުކާރުން މިދެއްވީ މިބައި މީހުންނަށް .އަދި އެތަނުގެ ފައިވް ސްޓަރ ފެންވަރުގެ އެކޮމޮޑޭޝަނެއް ޢިއްޒަތްތެރި ރައީސުލް ޖުމު ހޫރިއްޔާގެ ސީދާ ބެލުމުގެ ދަށުން ހަމަޖެއްސި ކަމަށް ބުނަނީ .ތެދެއް ދޮގެއް ނޭގޭ.

  2. މަންނު

    މިފަދަ ބަލިތަށް އުޅޭ އިރު މަގުމައްޗައް ކުޅެ ޖެހުން ހުއްޓުވުމައްޓަކާ ކުޅުޖަހާ މީހުން ކެމެރާއިން ހޯދައިގެން ވިޔަސް ޖޫރިމަނާ ކުރަން ފެނޭ.