މަސްވެރިންނަށް މިއަދު ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ވިދާޅުވެއްޖެއެވެ.

މިފްކޯ އިން ވިދާޅުވީ، އޮޑިވެރިންގެ އަތުން ގަނެފައިވާ ކަޅުބިލަމަހަށް ނުދައްކާވާ ފައިސާ މިއަދު ދެއްުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި 52 މިލިއަން ރުފިޔާ މިއަދު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މިފްކޯ އިން ވިދާޅުވީ، ސަރުކާރުން އެ މަސައްކަތް ކުރަމުންދާއިރު އަދި ސީދާ ޔަގީންކަން މިފްކޯއަށް ނުލިބޭ ކަމަށެވެ.

މިފްކޯ އިން މިހެން ވިދާޅުވެފައިވާއިރު، އައްޑޫ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރުންގާތުން އަޑު އަހަމުންދާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު، އަހުމަދު ޝިޔާމް ވެސް ވަނީ ވިދާޅުވެފައެވެ.

ކުންފުނި އޮތީ މާލީގޮތުން ބޮޑު ބުރަ ހާލަތެއްގައި ކަމަށާއި މިސްރާބު ބަދަލު ކުރަންޖެހޭ ކަމަށް މިފްކޯ އިން ވެސް ވަނީ ވިދާޅުވެފައެވެ.

މިފްކޯގެ މާލީ ހާލަތާއި ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިފްކޯގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މިވަގުތަށް ބޭނުންވާ ހަކަތައާއި ގާބިލްކަން ކުންފުނީގައި އެބަހުރި ކަމަށެވެ.

އެހެންނަމަވެސް ދަރަނީގައި ކުންފުނި އެތައް އަހަރެއް ވަންދެން ހިންގުމުގެ ސަބަބުންނާއި، ކުންފުނި މާލީގޮތުން ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހޭ ގޮތަށް ބައްޓަންކޮށްފައި އޮތުމުގެ ސަބަބުން ކުންފުނި އޮތީ މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައި ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކުންފުނީގެ މިސްރާބު ބަދަލުކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފައިސާ

    އަވަހަށް ތިޔަ ފައިސާ ދެއްވާ! އަދި މިއަދުން މިއަދަށް މަސް ގަންނަ އަގަކީ ކިލޯއަކަށް 12 ރުފިޔާ ކަމަށް ހަމަޖައްސަވައި އިއުލާންކޮށްދެއްވާ! މި ދެ ކަންތައް އެކުއެކީގައި ކޮށްގެން ނޫނީ ދެކޮޅެއް ނުޖެހޭނެ. އެހެން ނޫނީ އަނެއްކާވެސް އަނެއް މަހު މަސްވެރިން ތިބޭނީ މުޒާހަރާގައި.

    6
    2
  2. އަބްދޫ

    މިހާރުންމިހާރަށް މަސްކިލޯއެއްގެ އަގު 10 ރުފިޔާ އަށް ބަދަލުކުރޭ މިހާރު ލިބިފައޮތްގެއްލުން 1.2 ބިލިއަނާއި ދަވްލަތުގެ ބަޖެޓުން ކުރިން ދިން 1.3 ބިލިއން ރުފިޔާ ޖުމަލަ 2.5 ބިލިއން ރުފިޔާ ދަވްލަތަށް ހޯދުމްށް ޒިންމާވާންޖެހޭފަރާތަކާއި ދެކޮޅަށް ތަހުގިގު އަވަސްކުރޭ.

    9
    2
  3. ރާފިޔު

    ސިޔާސީ މަގާމްތަށް އުވާލަންވީ ފުރަތަމަ.

  4. ރައްޔިތުމީހާ

    މަސްވެރިންނަށް ހަމަ އަގު ދޭން ނިންމަންވީ ވަގުތު އަތުވެއްޖެ. އެއީ ކިލޯއަކަށް
    މަދުވެގެން -/12، ގިނަވެގެން -/15