ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސަރުކާރުގެ ޚަރަދުތައް ވަރަށް ބޮޑުތަނުން ކުޑަވެއްޖެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރާއްޖޭޣެ މާލީ އަދި އިޤްތިސާދީ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިސްލާހީ މަސައްކަތްތަކުގެ ތެރެއިން މިއަހަރު މިހާތަނަށް ސަރުކާރުގެ ޚަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑަށް ވަނީ ކުޑަކޮށްފައެވެ. އެގޮތުން މިދިޔަ ޖޫން 20 ގެ ނިޔަލަށް އޭރުގެ ސަރުކާރުން 22.22 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް މި ސަރުކާރުން ޚަރަދުކުރީ 17.8 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން 4.4 ބިލިޔަން ރުފިޔާއަށް ދައުލަތުގެ ޚަރަދުތައް މިވަނީ ކުޑަކުރެވިފައި ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ހާމަވެއެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރު މިހާތަނަށް ޚަރަދުވީ 14.2 ބިލިޔަން ރުފިޔާއެވެ. މިިދިޔަ އަހަރު މިމުއްދަތުގައި 15.2 ބިލިޔަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ. އެހެން ކަމުން ހިންގުމުގެ ހަރަދުވެސް މިވަނީ 1 ބިލިއަން ރުފިޔާ މަދުކުރެވިފައެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާއިރު ފާއިތުވި އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ މާލީ ހާލަތު ގޯސްވެ, ސަރުކާރުގެ ކުންފުނިތަކުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރަން މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ. އަދި ސިޔާސީ މުވައްޒަފުން މަދުކުރުން ފަދަ ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ރައީސް މުއިއްޒުގެ އިރުޝާދާއެކީ ސަރުކާރުގެ ޚަރަދުތައް ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މި އިސްލާޙުތަކުގެ ސަބަބުން މި އަހަރުގެ ބަޖެޓު ދަރަނި ވަނީ 2.3 ބިލިއަނަށް ކުޑަކުރެވިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބަޖެޓު ދަރަންޏަކީ 5.8 ބިލިއަން ރުފިޔާއެވެ.

ކުރިއަށް އޮތް ދެ އަހަރު ދައުލަތުން ގާތް ގަނޑަކަށް 25 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަންޖެހޭއިރު މިހާރުއްސުރެ ސަރުކާރުން ދަނީ އެކަމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިޒޫ

    ޚަރަދޭ ކިޔައިގެން ޑައިލިއުޓެޑް އަދަދުތަކުގެ ވާހަކަ ދައްކައި އޮޅުވާނުލާށެވެ. ރިކަރަންޓު ޚަރަދުތަކަށް ވީގޮތް މަހުންމަހަށް އަދި 2023 އާއި 2024ހުގައި ވަމުން އަންނަ ގޮތް ހާމަ ކުރާށެވެ. އޭރުން ތި އޮޅުވާލުން ގަނޑު ފިލައި ހަގީގަތް ހާމަވާނެއެވެ.

    5
    2
  2. އޮއިވާލި

    ދައުލަތުގެ ހަރުމުދާ ވަކިބަޔަކަށް ހިލޭ ބަހާފަ އެކަންކަމުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުން ފޫބައްދަން އެކަމުން އެއްވެސް ފައިދާއެއް ނުކުރާ މާދުރުތިބި ނިކަމެތި މީހާ ފެލައިގެން ފައިސާހޯދުމަކީ ހާދަހާ މުޑުދާރުކަމެކޭ

  3. 323

    ނިބުނާނޫން އެއްތަކާ

  4. ރާނިލް

    ރައީސް މައުމޫންގެ 30އަަހަރުގެ ވެރިކަމުގައާއި އަދި ރައީސް ޔާމީނުގެ ވެރިކަމުގައިވެސް މުސާރަ ބޮޑުކުރާ ކޮންމެފަހަރަކު މުސާރަ ބޮޑު ކުރަނީ ދައުލަތުގެ މާލިއްޔާއިން މުސާރަދޭ ހުރިހާ މުވައްޒަފުން( ޕިޔޯނު މަޤާމުން ފެށިގެން އެންމެ މަތީ މަޤާމާއި ހަމައަށް) އެންމެން ޝާމިލްވާ ގޮތަށް. މިހެން މިކަން ކުރެއްވުމުން ކޮންމެ މުވައްޒަފަކަށްވެސް ކުރިން ލިބުނު ވަރަށްވުރެ މުސާރަ ބޮޑުވެ މަސް ނިމިގެން ގެއަށް ގެންދާ ޢަދަދު އިތުރު ވެގެެންދެއެވެ. ނަމަވެސް ނިމިދިޔަ އެމް.ޑީ.ޕީގެ ވެރިކަމުން ފެށިގެން ފެނިގެންދަނީ އެކިފަހަރު އެކި ދާއިރާގެ މުވައްޒަފުންނަށް މުސާރަ ބޮޑު ކުރަމުންދާތަން. މިގޮތަށް މިކަން ކުރުމުން މުސާރަ ބޮޑުނުވާ މުވައްޒަފުންނަށް މާލީގޮތުން ބުރަބޮޑުވެ ނިކަމެތިކަން ލިބެމުންދޭ. ކޮންމެ ދާއިރާއަކަށް މުސާރަ ބޮޑު ކުރިއަސް ބޮޑުކުރާ ކޮންމެ ފަހަރަކު ތަކެތީގެ އަގާއި މަސައްކަތުގެ އަގު އުފުލިގެންދޭ.
    ސަރުކާރުގެ ކުންފުނި ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީވެސް އެހެން މުވައްޒަފުންނެކޭ އެއްފަދައިން ރައްޔިތުންނަށް އަސާސީ ޚިދުމަތް ފޯރުކޮށްދޭ މީހުންތަކެއް ކަމަށްވާތީ އެމީހުންނަކީ ހަވާސާ ވެފައިވާ ބަޔަކަށް ނުހެއްދެވުން އެދެން.

  5. ރަންރީނދޫ

    އަދިވެސް ސިޔާސީ މަގާމުތަކުގައިިި ތިބި އެމްޑީޕީގެެެ ބޯވަތައް ބޭރުކުރާތަނެއްްް ނުފެނޭ. ވީމާ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވޭ.

    3
    1
  6. އަލޮމް މިއާ

    ރާއްޖޭގައި ޑިޖިޓަލް ކަރަންސީ ގަނެ ވިއްކުމުގެ ހުއްދަދީ، ބޭރު ފަރާތްތަކާއެކީ މި މުވާމަލާތްކުރުމަށް ދިވެހީންނަށް ފުރުސަތު ހުޅުވާލާ ހުއްދަ ދޭންޖެހޭ

  7. ޙެހެ

    ޚަރަދުކުޑަކުރިކަމެއް އެބައެނގޭބާ ، މިހާރު މުޅި ދައުލަތް ތައްޔާރުވަނީ ޖުލައި26 އަށް ފުލަނދުބުރު ތައްޔާރުކުރުމަށް ، ކޮބާ ދެން ތިބުނާ ވިސްނުމެއް ، އެއީތަ ރައްޔިތުން ބޭނުންވާ ކަމަކީ

    2
    4
  8. ޙުސެއިން ޝާމް

    ޥިލިމާލޭގަ ތިބި ހުރިހާ މަދިރި މެރީމަ ޚަރަދު ކުޑަ ކުރެވޭތަ؟ ޞުރުމާ ޤާސިމް ތިމަގާމުގެ ވެޑުވިގެން އިން އިރު ކަންތައް ކުރި ގޮތް އޮޅުން ފިލުވާ.ވޯލްޑު ބޭންކުން ރައީސް ލައްވާ ސޮއިކޮށްގެން ލޯނެއް ނަގައިގެން މަނިކުފާނުވެސް އަމިއްލަ ވިޔަފާރި ފަށާ. ޜައްޔިތުން ހަނާ ކުރެވޭނެ އައިޑިއާ އެއްމިދިނީ.