ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެމްބަރުންގެ އާއިލާގެ ފަރާތްތަކަށް އާސިއާން ގައުމުތަކުން ލިބޭ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ހަރަދު ކުޑަކުރަމުން ކަމަށާއި މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ނަމޫނާ ދައްކަންޖެހޭ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އާއިލާގެ ބޭފުޅުންނަށް އާސިއާން ގައުމުތަކުން ލިބެން އޮންނަ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަންޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ. އަޒާން ވިދާޅުވީ، އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ހަރަދުކޮށްގެން މެންބަރުންނަށް ލިބެން ނުޖެހޭ ކަމަށެވެ.

އަޒާން މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ މެންބަރުންގެ އިންޝުއަރެންސް ކަނޑާލަން ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވި، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ޤައުމީ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލައި ދިވެހި ރައްޔިތުންނަށް ލިބޭ އާސަންދަ އެކަނި ލިބޭ ގޮތަށް ބަދަލު ކުރަައްވަން ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޜައްޔިތުމީހާ

    ރައްޔިތުންގެ ވޯޓްއަކުން ހޮވާބަޔަކު މަޖިލިހައް ވަދެވޭހިސާބުން ރައްޔިތުންމަތިން ހަންދާންނެތި ހުރިހާކަމެއް އަމިއްލަފައިދާއައް ކޮއްނިންމާލުމުގެ ހިތިނަތީޖާ މިހާރު މިފެންނަމުންމިދަނީ

    8
    1
  2. ދީދީ

    ރަނގަޅުކަމެއް، ދިވެހި އާންމު ރައްޔިތުމީހާއަށް ނުލިބޭ ހިދުމަތެއް އެވެރިން ހޮވާފައިތިބޭ އެވެރިންގެ ހާދިމުންނަކަށް ލިބޭކަށް ނުޖެހޭނެ. މުސާރައާއި އިނާޔަތާއި އެހެނިގެން ގިނަގުނަ ހާއްސަކަންތަށްތަކެއް މެމްބަރުންނަށް އެއޮތީ ދީފައި. އާންމު ރައްޔިތުމީހާ ބޭސްފަރުވާ ލިބިގަންނަބީދައިން ސަރުކާރުގެ ވެރިންނަށް ބޭސްފަރުވާ ލިބެން އޮތުމަކީ އެދާއިރާއިން ދިމާވާ ދަތިތަށް ވެރިންނަށް އެނގި އެކަންކަން ރަނގަޅުވެގެންދާނެ ކަމެއްކަމަށްވެސް ދެކެން. ހަމަ އެހެންމެ މިރާއްޖޭގެ ތިކަހަލަ އިންޝުއަރެންސާއި އާސަންދައަކީ ނާޖާއިޒް އެތަކެއް ކަންތަށްހިންގައި ރައްޔިތުންގެ ފައިސާ ބޭރުގައުމުތަކަށް ނުހައްގުން ލިބެމުންދާކަމީ އެންމެންނަށްވެސް އެނގޭކަމެއް.

    12
  3. މަމިހެންބުނީވެސް

    މެމްބަރުންގެ ކޮމެޓީ އެލަވަންސް 20ހާސްރުފިޔާވެސް ކަނޑާލަންޖެހޭ.

    15
  4. ޔާމިން

    އެބަރަނގަޅުވޭ

    11
  5. ބަރުގޮނު

    މެދުކަޑާލުމަކީ ޙައްލެއްނޫން. ޙައްލަކީ ބުޑުން ކަޑާލުން.

    12
  6. Anonymous

    މިނިވަންދުވަސް ފާހަގަކުރަން ބާއްވާ ފުޅަނދުބުރު ކެންސަލް ކުރަންވީނު ، އެއީ ބޭކާރު ޚަރަދެއް

    12
  7. ދާދުސް

    ވަރަށް ރަނގަޅު ކަމެއް. އަދި ކުރިއަށް އޮތް ތާނގަ ބޮޑު ކުރަން ނިންމާ ފަ ހުރި މުސާރު ބޮޑު ކުރުން ވެސް ނުކުރާ ގޮތަށް ބަދަލު ކުރަން ވީ. ކަންމަތީ ފިހާރައިގަ އުޅޭ ކުއްޖަކަށް 5000ރ ލިބޭ އިރު އޭގެން ފުއްދައިގެން އުޅޭ. އެކަމަކު ޕޮލިހުންނަށާއި ނަރުހުންނަށް 20000ރ ވެސް ކުޑަ ވެގެން ޝަކުވާ. މީ ދެން ބޮޑު ވަރު.

    11
  8. ހުސެއިން ޝާމް

    ސާބަހޭ އިއްޒަތްތެރި މެމްބަރު.ރައީސުލް ޖުމުހޫރިއްޔާގެ އިސްލާހީ އެޖެންޑާގެ މޭސްތިރިއެއްތީ. ޚަލޯ އަފީފުބޭބެ ޢާއި ސެސެލެ ދައްތަ ޢާއި ދެމީހުން ސިގިރޭސި ވިލާތުން މަނަވަރެއް ގެނަސްގެން ދިޔަހެން ނުދާތި.ތީ އައްޑޫ ލޭހިގާ ދަރިއެއް.