ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތި ހާލަތަކީ ފާއިތުވި 10 އަހަރުގެ ނުވަތަ ފާއިތުވި 2 ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް، އެރްދެމް އަތާސް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާ ދަނޑިވަޅެއްގައި "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން އެރްދެމް ކުރި ޕޯސްޓުގައި ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސޯދީ ހިރާސްތަކަކީ ފާއިތުވި 10 އަހަރު ރާއްޖޭގެ ދަރަނި އިތުރުވުމާއި، އެ މުއްދަތުގެ ތެރޭގައި އެއަހަރުތަކަށް ކަނޑައެޅި ބަޖެޓުގެ ޑިފިސިޓާއި މިހާރުގެ ޑެފިސިޓް ބޮޑުވަމުން ދިއުމުގެ ނަތީޖާ ކަމަށެވެ. އެރްދެމް ވިދާޅުވީ، އިގްތިސާދީ ކުރިއެރުމެއް ނުވަތަ އިތުރު ފައިނޭންސިންއަކުން މިފަދަ މައްސަލައެއް ހައްލެއް ނުކުރެވޭނެ ކަމަށެވެ.

އެރްދެމް ވަނީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ކޮންމެހެން ވެސް ދައުލަތުގެ ހަރަދު ކުޑަކޮށް މާލީ އަދި ކަރަންޓް އެކައުންޓް ޑިފިސިޓުތައް ކުޑަކުރަން ޖެހޭކަން ފާހަގަ ކޮށްފައެވެ. އެކަން އެގޮތަށް ކުރެވިއްޖެނަމަ، އެމްއެމްއޭގެ ރިޒާވްއަށް އެހީތެރިވެ، މެދު ރާސްތާގައި ދަރަނީގެ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ ރާއްޖޭގެ މާލީ އަދި އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މި ސަރުކާރުން މާލީ އިސްލާހުތައް ތަންފީޒު ކުރަން ކުރަމުންދާ މަސައްކަތްތައް ވެސް ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދޫ

    2008 ން 2012 ގެ ނިޔަލަށް އައި ސިޔާސަތު ވަރަށް ގޯސް ގައުމުގަ ހުރި ހުރިހާ ރިޒާވް ހުސްކޮށް 16.5 ބިލިއނ ދަރަނިނަގާ މުސާރަދެވެންނެތިގެން އެއާޕޯޓާއި ފެންކުންފުންޏާއި ދިރާގު ވިއްކާ ގައުމުބަގުރޫޓްވެގެން އަތޮޅުތަކުގާރައޔިތުންގެއެކައުންޓަތަކުގަހުރި 20 ބިލިއަން ހުސްކޮށްލި 3 އހަރުތެރޭ ގައުމުގެ ހަޒާނާއާއި އެކައުންޓްތަކަށް ޖަމާކުރި ހުރިހާފައިށަ އެއް ހުސްވެ މުސާރަނުދެވި 800 މިލިއަން މިހިސާބަށް ހާލަތުގޯސްވި 6 ފެބްރުއަރީ 2012ގަ ފިނޭނެސްގާ 2.5 ބިލިއން ރުފިޔާގެ ބިލް ފައިސާ ނުދެއްކި. ހުރި. 2013 ން 2018 އަށް ރަނގަޅުވި ރިޒާވްގަ 954 މިލިއން ޑޮލަރު ހުރި ސޮވެރިންފަންޑްގަ 200 މިލިއން ޑޮލަރު ހުރި 17 ބިލިއަންދަރަނި އެއީ އިންވެސްޓްމަންޓް ..2018 ން 2023 އަށް އިންވެސްޓްމަންޓެއްނެތް ދަރަނި 62 ބިލިއން ރިޒާވް 200 މިލިއންޑޮލަރަށް ތިރިވި ކުންފުނިތަކުގެދަރަނި 9 ބިލިއން 8 ބިލިއަން ރުފިޔާ ޗާޕްކުރި ގައުމު ބަގުރޫޓް ވެގްނ ރުފިޔާ ޗާޕްކުރަންފެށީ.

    3
    3
  2. މައި

    ސުވާލަކީ ފާއިތުވި ދިހަ އަހަރުގެ ފުރަތަމަ 5 އަހަރު ސަރުކާރު ހިންގަން ތިބީ ކޮން ބައެއް ހޭ؟

    5
    1
  3. ވަތަންގެ ދަރި

    ޔާމީނުގެ މޮޅުކަންވެސް ފެނިއްޖެދޯ. ގައުމުގެ މެގަ،ބިލާދަރު އިގްތިސޯދީ މާހިރުގެ.

    4
    2
  4. ސިމާ

    ރާއްޖޭގެ މާލީ ހާލަތު ދައްވީ ނިމިދިޔަ ތިން ސަރުކާރުން މިގައުމު ދަރުވާލީމައި. މީ ހާދަރީތިކޮށް ރައީސްމައުމޫނު ތަރައްގީ ކުރަމުން އައި ތަނެކޭ.

    13
    4
  5. ހުސެއިން ޝާމް

    ފިތުނަ އުފެދޭ ވާހަކަ ނުދައްކާ ލިބިފައިވާ ޢިލްމާ ހިލްމް ބޭނުން ކުރޭ. ފިތުނަ އުފެއދުމަކީ ޝައިތާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއް.ހެޔޮކަންތައް ފޮހެވޭ ކަމެއް.