ކްރެޑިޓް ރޭޓިން ހަދަމުން އަންނަ ބައިނަލްއަޤުވާމީ އެޖެންސީ "މޫޑީސް" އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންއަށް ބަދަލު ނުގެނެސް އެއްވަރެއްގައި ދަމަހައްޓަން ނިންމައިފިއެވެ.

މޫޑީސްއިން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ރިޕޯޓުގައެވެ. މޫޑީސްއިން ރާއްޖެއަށް އެންމެ ފަހުން ދީފައިވަނީ ސީއޭއޭ-1 ރޭޓިންއެވެ.

މިމަހުގެ 20 ވަނަ ދުވަހު ބޭއްވުނު މޫޑީސްގެ ރިވިއު ކޮމިޓީގެ ބައްދަލުވުމަށްފަހު، އެ އޭޖެންސީން ނެރުނު ރިޕޯޓުގައި ވަނީ އެންމެ ފަހުން ރާއްޖެއަށް ދީފައިވާ ރޭޓީން ދަމަހައްޓަން ރަނގަޅު ކަމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ސީއޭއޭ-1ގައި ދަމަހައްޓަން ނިންމާފައިވާއިރު، މޫޑީސްއިން ވަނީ ރާއްޖޭގެ އިގްތިސާދީ ޕޮލިސީތަކަށް ސަރުކާރުން ގެނެސްފައިވާ ރަނގަޅު ބަދަލުތައް ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ ރަނގަޅު ދުވެއްޔާއި ދުވަހެއް ދުވަހަކަށް ފުޅާވަމުންދާ ފަތުރުވެރިކަމުގެ ސިނާޢަތުގެ މައްޗަށް ރާއްޖޭގެ އިގްތިސާދު ބަރޯސާވާ މިންވަރަށް އެ އޭޖެންސީން ވަނީ ބަލާފައެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ-3ގެ ދަރަޖައިން ސީއޭއޭ-1އަށް ތިރިކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫޑީސް

    ހަބަރު ގެންސް ދޭއިރު ތިޔައް ވުރެ ފުރިހަމަކޮށް ތަފްސީލް ކޮށް ގެނެސް ދިނުން ބުއްދިވެރި ވާނެ

  2. ޙުސެއިން ޝާމް .

    ޢަދި ކިރިޔާތަ ނިދިން ހޭލެވުނީ.ގިނަވާހަކަ ނުދައްކާ މެނޭގްމެންޓް ބަދަލު ކުރޭ.