މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް ދުބާއީއާއި އެކީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މަޝްވަރާކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ، މުހައްމަދު އަމީން "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.

ރަސްމީ ދަތުރުފުޅެއްގައި ދުބާއީގައި ހުންނެވި މިނިސްޓަރ ވިދާޅުވީ، ދުބާއީ ރޯޑްސް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އާރްޓީއޭ) އާއި ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގެ ތޮއްޖެހުން ހައްލު ކުރަން ކުރެވޭނެ ކަންކަމާއި ޕްލޭންތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މަޝްވަރާ ކުރެވުނު ޕްލޭންތަކުގެ ދަށުން އާރްޓީއޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީތެރިކަން ވެސް ފޯރުކޮށްދޭން އެކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ.

މާލޭ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، މާލޭގައި ތޮއްޖެހުމުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ. އެގޮތުން މާލޭ މަގުތަކުގައި ގިނަ އަދަދެއްގެ ވެހިކަލްތައް ނުގަވައިދުން ޕާކުކޮށްފައި އޮތުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވެއެވެ.

މިމައްސަލަ ހައްލު ކުރުމަށް ކޮންމެ ރަށަކަށް ރެޖިސްޓްރީ ކުރެވޭނެ ވެހިކަލް ލިމިޓެއް ކަނޑައަޅުމަށް އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭ އަދަދާއި އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވައިދަށް އިސްލާހު ވަނީ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިއްސޭ

    ހިހިހި... ދުބާއީން މާލޭގެ މަގުތަށް ދެ ބުރިޔަށް ހަދާދޭނީތޯ ތޮއްޖެހުން ހައްލު ކުރަން.. ކަލޭމެން ދުބާއީއަށް ގޮސްފަ މިތާގެ ނަރުދަމާ ސާފުކޮއްދޭނެ ގޮތެއްގެ ވާހަކަ ނުދެއްކިކަން ނަސީބެއްނުން.. ތިޔަ ތިބެނީ ބޮލުގަ ރޮދި ކޮށިފައޭ

    10
    2
  2. ނީން

    އަދިވެސް ތަނެއްގަ ބަޔަކު ތިބިއްޔާ މާލެއަށް ގެނެސް އޮއްސާލަންވީ މިތަން ތޮއްޖައްސަން

    10
    1
  3. ސަޅި

    ހުރިހާ މަގެއް ހިޔާ ކޮއްފަ އޭސީހަރުކޮއް "ވޯކިންގް ބެލްޓް" ނުވަތަ "އޮޓޯ މޫވިންގް ބެލްޓް" މަގުތަކުގައި ބަހައްޓާފަ ހުރި ހާ ދުއް ވާއެއް ޗިހި މަނާ ކޮއް ލަން ވީ

    3
    1
  4. ހުސެއިން ޝާމް

    މުންދު މަންމަ އެއީ މުސްކުޅި ސަގާފަތް. މުންދު ސަމާލުކަން ދޭނީ ޒުވޏް ޖީލުގެ ސަގާފަތަށް. ބަގަރާ ސޫރަތް ކިޔަވާތި ގިނަ ގިނައިން ތި ހުދު ހެދުމުގެ ބޭކަލުން ކިޔައިދޭކަށް ހަޑާނުގަ ުހުން ނާނެ.ވަރަށް ހަދާން ބަލިވާނެ.. އެކަމަކު އެގޭނެ.

    1
    1
    • Anonymous

      މާލޭގެ އަޑިން މަގުތައް ހައްދަވަންތޯ ތިޔަ އުޅުއްވަނީ...؟؟

  5. ހަތަރުބިތުން މީހުން ޖަމާކުރޭ

    އަދިވެސް ރާއްޖޭގެ ހަތަރުބިތުން މީހުން ގެނެސް މާލެ ސަރަޙައްދަށް ޖަމާކުރާށެވެ! އެއަށްފަހު ތޮއްޖެހުން ކުޑަކުރެވޭތޯ މަޝްވަރާކުރަން ޑުބާއީ އަށާއި، އެމެރިކާ އަށާއި ދެންވެސް އޮތިއްޔާ އޮތް ޤައުމަކަށް ދައުލަތުގެ ޚަރަދުގައި ވަޑައިގެން އަޗާތަޅުއްވާށެވެ!

    11
    1
  6. ދިރާސާވެރިޔާ

    މާލެ ތޮށްޖެހުން ކުޑަ ކުރެވޭނީ ގަވައިދާއި ހިލާފަށް އެއްވެސް ޑޮކިއުމެންޓެއް ނެތި އުޅޭ ބިދޭސީން ބޭރު ކުރީމައި ،،މާލޭ މަގުމަތީގައި ސައިކަލާއި ކާރު އަދި ޕިކަޕު ދުއްވާ މީހުންގެ ތެރެއިން %60 އަކީ ބިދޭސީން..މީ 3 ދުވަސް ވަންދެން މާލޭ އެކި މަގުތަކުގައި ދުއްވައި ޓްރެފިކު ބާރުބޮޑު ވެފައި އޮންނަ ސަރަހައްދު ތަކުގައި މަޑުކޮށްގެން އޮންނަ ވެހިކަލް ތަކުގެ ޑްރައިވަރުންނާއި ވާހަކަ ދައްކައިގެން ހަދާފައި މަގުމަތީގައި ގިނަވަގުތު ހަރަރަކާތެރިވާ ބިދޭސީންނާއި ވާހަކަ ދައްކައިގެން ކޮށްފައި އޮތް ދިރާސާގެ ނަތީޖާ...