ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަތީފަންތީގެ ލަގްޒަރީ ވިލާތަކެއް އަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބެޗް ކޮންސްޓްރަކްޝަންސްއާއި މިއަދު ހަވާލު ކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" ނަމުގައެވެ. މި މަޝްރޫއުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސެއިން މުހައްމަދު ލަތީފެވެ.

ރައީސް އޮފީހުން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނަވާރަހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ހިންގާ މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ކަންމަތީގައި ތަރައްޤީކުރާ މި ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްޤީކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްޤީކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މަތީފަންތީގެ ޚިދުމަތްތަކާއެކު ގެދޮރު ތަރައްޤީކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢިބްރާހިމް

    ތިއީ ހުސް މުއްސަދިން އަށް އަޅާދޭ ތަންތަން...ހަމަ އެއްބަޔަކު ތިތަންތަން ގައްނާނީ...

  2. ހިކި ކިރު

    ހުސް ކަޓު!

  3. ހުސެއިން ޝާމް

    ﷲއަކްބަރު ،ﷲއަކްބަރު ،ﷲއަކްބަރު ޖިބްރީލުލް އަމީން. މާދިގު މުއްދަތެއް ތިދއްވީ .އިންޖިނިއަރުން ގެނަސް ދިރާސާ ކޮށްގެން އަލުން ތާރީޚާށް ބަދަލު ގެނޭ.