ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހަރަދު ކުޑަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނަމޫނާ ދައްކަން ޖެހޭ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ހަރަދު ކުޑަކުރަމުން ކަމަށާއި މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ނަމޫނާ ދައްކަންޖެހޭ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން އަޒާންގެ އެވާހައިގެ ހަބަރުގެ ސްކްރީންޝޮޓެއް "އެކްސް"ގައި ހިއްސާ ކުރައްވަމުން ސަލީމް ވިދާޅުވީ، "ހަރަދު ކުޑަ ކުރުމުގެ ގޮތުން މަޖިލިސް މެމްބަރުން ނަމޫނާ ދައްކަން ޖެހޭ" ކަމަށެވެ.

ސަރުކާރުގެ ހަރަދުތައް ބޮޑު ކަމަށް ބައެއް ފަރާތްތަކުން ވާހަކަތައް ދައްކަމުން އަންނައިރު، އަޒާން ވަނީ ސަރުކާރުން ހަރަދު ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އާއިލާގެ ބޭފުޅުންނަށް އާސިއާން ގައުމުތަކުން ލިބެން އޮންނަ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަންޖެހޭ ކަމަށް އަޒާން ވިދާޅުވެފައެވެ.

އަޒާން ވިދާޅުވީ، އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ހަރަދުކޮށްގެން މެންބަރުންނަށް ލިބެން ނުޖެހޭ ކަމަށެވެ.

އަޒާން މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ މެންބަރުންގެ އިންޝުއަރެންސް ކަނޑާލަން ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާޒް

    ރެޑްވޭވުންތަކެތީގެ އަގު ދަށްކޮއްދޭންވީނުން ނަމޫނާ ދައްކަން.

    8
    1
  2. ހަންޑިކުޑަ

    ކޮބާ މުސާރަތައް ކުޑަ ކޮއްބަލަ އިނބަމެންގެ. ތިހާ ޤައުމާއި ރައްޔިތުން ލޯބި ވަންޏާމު! ނުކުރޭނެކަން ޔަޤީން. އިނބަމެންވެސް ބަލަނީ އިނބަމެންގެ އަންބޮނޑި ބޮޑު ކުރެވޭތޯ! ކޮން ޤައުމަކާއި ރައްޔިތުން ނަކާއި އެކު އުލޭބައެއްތަ! އެއްވެސް ބަޔަކު ނޫލޭ ތި ވަތަނީ ވެގެނެއް!

  3. ޙުސެއިން ޝާމް

    މަނިކުފާނާކީ މާތް.ތިވަރު މާތް ބޭފުޅަކު މއްސަދި މަހުޖަނަކު ކުޑަފައިސާކޮޅެއްގެ ދަހިވެތި ކަމުގަ އެލިބޭ ފައިސާ އަށްވުރެ ގިނަ ފައިސާ ޚަރަދު ޚޮށްގެން މަޖިލީހށްވަނީމަ ދިވެހި ރައްޔިތުން ބަދުނާމްވަނީ. ބޭރު ގައުމުތަކުގެ ލޭބަރުން ކުރާ މަލާމާތް ދިރާސާ ކޮށްފަ މިބުނނީ. ޟަނިކުފާނު އަވަހަށް އިސްތިއުފާގެ ސިޓީ ރައީސަށް އަދި އިލެކްޝަންގެ ތިބި މުނާފިްުންނަށް ވެސް ފޮނުވާތި.