ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ޖަލުތަކުގައި ތިބި ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދައިދޭ ކަމަށް ތުހުމަތު ކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 18 މުވައްޒަފެއްގެ އެކައުންޓުން 73 މިލިއަނަށް ވުރެ ގިނަ ފައިސާ ޖަމާވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ކަރެކްޝަނުގެ މުވައްޒަފުންނާއި ގުޅިގެން ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާ ކަމަށް ކުރެވުނު ތަހުޤީގުން ފާހަގަވެފައިވާ ކަމަށާއި އެފަދަ އަމަލުތަކުގައި ކަރެކްޝަނުގެ 18 މުވައްޒަފަކު ހިމެނޭ ކަމަށެވެ.

ބައެއް މުވައްޒަފުންގެ އެކައުންޓަށް އާދަޔާ ޚިލާފަށް ފައިސާ ޖަމާވެފައިހުރި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އެ މުއްޒަފުންގެ އެކައުންޓަށް 73.6 މިލިޔަން ރުފިޔާ ޖަމާވެފައި ހުރި ކަމަށް ވަނީ ވިދާޅުވެފައެވެ.

"ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިޔަނުން އަދަދަށް ފައިސާ ޖަމާވެފައި އެބަހުރި. މި 18 މުވައްޒަފުންގެ އެކައުންޓުން 73 މިލިޔަން 6 ލައްކަ ރުިފޔާ އެކި ފަހަރު މަތިން، 2023 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް ޖަމާކުރެވިފައިވާކަން ފާހަގަކުރެވޭ. " ޝަރީފް ވިދާޅުވިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ހާއްސަ މައްސަލަތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ވަގުތު އިމޭޖެސް: އާދިން މޫސާ ލަތީފް

ޝަރީފް ވިދާޅުވި ގޮތުގައި މިހާ ހިސާބަށް ބެލި ބެލުމުން މި ފައިސާއަކީ މިދިޔަ އަހަރު ޖެނުއަރީ މަހުން ފެށިގެން މިއަދާ ހަމަޔަށް ޖަމާކޮށްފައިވާ ފައިސާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މި ފައިސާ ޖަމާކޮށްފައި ހުރީ މިވަގުތު ޖަލުގައި ތިބި އަދި ކުރީގައިވެސް ގައިދުގައި ތިބި ޤައިދީންގެ އެކައުންޓުތަކުންނާއި މާލޭގައި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެކައުންޓުންކަން ފާހަގަކުރެވުނު ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިފަދަ މައުލޫމާތުތައް ލިބުމާއި ގުޅިގެން މިހާރު މާފުށީގައި އޮޕަރޭޝަނެއް ފެށިފައިވާ ކަމަށާއި އޮޕަރޭޝަނުގެ ތެރެއިން ބައެއް މުވައްޒަފުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މި އޮޕަރޭޝަން މިހާރު ވަނީ މާފުށީ ޖަލުގައި ފެށިގެން ކުރިޔަށް މިގެންދަނީ. އެގޮތުން އަޅުގަނޑުމެން ބައެއް މުވައްޒަފުން މިހާހިސާބަށް ހައްޔަރުވެސް ކުރެވިފައިވޭ." ޝަރީފް ވިދާޅުވިއެވެ.

ފުލުހުން ތަހުގީގު ކުރަމުން ގެންދާ ހާއްސަ މައްސަލައަކާއި ގުޅޭ ގޮތުން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުން— ވަގުތު އިމޭޖަސް: އާދިން މުސާ ލަތީފް

ހަމައެއާއެކު އެ މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކުރި ފަރާތްތައް ހޯދައި އެފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ޤަވައިދުން އަޅާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ތަހުޤީގު ކުރިޔަށްދާ ވަރަކުން ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަންރީނދޫ

    މިހެންވީމަަ އިމްރާނުމެނަށް ބެނކޮކަށް ދިރިއުޅުންްް ބަދަލު އެކުރެވެނީިީ ،އެންމެ ފަސްއަހަރު މިނިސްޓަރުކަމުގަަި ހުރެފަ

    13
    • ހުސޭނުބޭ

      އިމްރާނަށް ލީބުނީ ކިހާ ވަރެއްގެ ކޭކު ފޮއްޗެއްތޯ ބަލާލަބަލަ!

  2. ކޮރަލް

    އެކައުންޓް ގަ ހުރި ފައިސާ ތައް ފްރީޒް ކުރަން ވީ އެވެ.

    12
    1
  3. ކަށިކެޔޮ އާދަނު

    ގަބޫލުކުރާކަމެއް. ރަށްރަށުގަވެސް ސިޓީތަކުގަވެސް ފުލުހުންކުރާކަމެއް. ބޭނުންކުރާކުދިންއަތުން އަތުލާފަ ވިއްކަނީ. ދެންހުޅުވަނީ ބޮޑުފިހާރަ. ދެތިންބުރިއަށް ހިއްލާލަނީ ގެ. ގަނެލަނީ ކާރު ދެން ސައިކަލު !!!

    18
    2
  4. ހުސެއިން ޝާމް

    ތިޒިންމާތައް ނަގަން ޖެހޭނީ ބޭންކުން. އެމީހާ އަށް ނުލިބޭ އާމްދަނީ އަށްވުރެ ގިނައިން ފައިސާ ބޭންކަށް ޖަމާކުރާނަމަ އެކަމަށް ފިޔަވަޅު އަޅަން ޖެހޭނީ ބޭންކުން. ޞޭންކުގެ މެނޭޖުމެންޓް އަވަހަށް ބަދަލު ކުރޭ.

    5
    1
  5. ޑޭ ލައިޓް ރައީސް

    ތިޔަ މައްސަލަ މީގެ ކުރިން އެކި ފަހަރުމަތިން ފުލުހުންގެ ސަމާލުކަމަށް ފ. ނިލަންދޫ އަށ

  6. ޑޭ ލައިޓް ޖަމިއްޔާގެ ރައީސް

    މީގެ ކުރިން ތިޔަ މައްސަލަތަކުގައި ޖަލުގެ މުވައްޒަފުން އިސްވެ ޖަލުގެ ގައިދީންނަށް ފޯނާއި އަދި މަސްތުވާތަކެތި ފޯރުކޮށްދޭ މައްޞަލަ ފ. ނިލަންދޫ އަށް ނިސްބަތްވާ ފުލުހުންވާނީ ވޭތުވެދިޔަ ސަރުކާރުގެ ސަމަލުކަމަށް ގެނެވިފައި. އޭރުވެސް ފުލުހުންގެ އިންޓެލިޖެންސަށް އެ ނެޓްވޯކާއި ބެހޭ މަޢުލޫމާތު ވަރަށް ތަފްޞީލްކޮށް ކިޔާދެވުނު މިބުނާ ފަރާތްތަކުން. އަދި ހަމަ އެހެންމެ ކ. މާފުށީގައި ދިރިއުޅެމުންދާ އާންމު ފަރާތްތަކުންވެސް މި މައްޞަލައިގައި ޝާމިލްވާ ފަރާތްތަކުގެ މަޢުލޫމާތު ސަލާމަތީ ބާރުތަކަށް ފޯރުކޮށްދެވުނު.

    މިނިސްޓަރ އިޙްޞާން ތިޔަ މައްސަލައިގައި ޝާމިލްވާ ފަރާތްތަށް ޙައްގު އަދަބުދިނުމުގައި ތިޔަ ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން. އަސްލަކީ ދިވެހިރާއްޖޭގައި ފާއިތުވެދިޔަ 10 އަހަރުން ފެށިގެން އުފެދިފައިވާ ސްކޭމް ފަދަ ކަންކަމަކީ ޖަލުގައި ތިބެގެން އަދި ކަރެކްޝަންގެ މުވައްޒަފުންނާއި ގުޅިގެން ކުރިޔަށް ގެންދާ ވަރަށް ވަރުގަދަ ވިޔަފާރިއެއްވެސްމެ.

    އަޅުގަނޑު މިހާމަ ކުރަނީ ޖަލުގައި މަސައްކަތްކުރާ ފ. ނިލަންދޫ އަށް ނިސްބަތްވާ މީހެއް މީހާރުވެސް ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު، ޖަލުގެ ގައިދީންނަށް ފޯނާއި އަދި މަސްތުވާތަކެތި ފޯރުކޮށްދޭ މީހެއްގެ ވާހަކަ. ނާފިޒް އަޙުމަދު، މިރުސްމާގެ / ފ. ނިލަންދޫ. މީނާއަކީ ތިޔަ ނެޓްވޯކްގައި ވަރަށް އިސްކޮށް އުޅޭ މީހެއް. މީނާވެސް ހައްޔަރުކޮށްގެން ރަނގަޅަށް ބަލާލުމުން، ފ. ނިލަންދޫ އަށް ނިސްބަތްވާ އިތުރު ބަޔަކު ތިޔަ ޖަރީމާގައި އުޅޭނެ.

    އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޑޭލައިޓް ޖަމިއްޔާގެ ރައީސަށް ގުޅުއްވުމުން ހިއްޞާކޮށްދޭނަން.