ޖަލުގައި ތިބޭ ގައިދީން ނުވަތަ ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދަން އެހީތެރިކަންދޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންތަކެއްގެ ބޮޑު ނެޓްވޯކެއް ފާހަގަވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ޖަލުން ތަކުރާރުކޮށް ފޯނުތައް ފެނި، މަސްތުވާތަކެތި ފެންނަމުންދާ މައްސަލައާއި ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށްޓަކައި ރައީސްގެ އިރުޝާދާާއެކީ ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

"މީގެ 3 މަހެއްހާ ދުވަސްކުރިން ފުލުހުންގެ އިންޓެލިޖެންސުން ވަނީ އަޅުގަނޑާ ހިސާބަށް ގެނެސްސަ ޖަލުގެ އޮފިސަރުން ބައިވެރިވެގެން ގޮޅިތަކަށް މަސްތުވާ ތަކެއްޗާއި އަދި ފޯނުތައް ވައްދަމުންދާ ކަމަށް ޝައްކުކުރެވޭ ކަމަށް." އިހުސާން ވިދާޅުވިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ހާއްސަ މައްސަލަތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން, ހޯމް މިނިސްޓަރު ވާހަކަ ދައްކަވަނީ-- ވަގުތު އިމޭޖެސް: އާދިން މޫސާ ލަތީފް

އެކަމާއި ގުޅިގެން ފުލުހުްނ ހިންގި ހާއްސަ އޮޕަރޭޝަނެއްގެ އަލީގައި އިއްޔެ ލިބުނު މައްލޫމާތާއި ގުޅިގެން ފުލުހުން ތަހުޤީގެއް ހިންގި ކަމަށާއި މިރޭ ޖަލުގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ހިނގަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވަނީ ރައީސް މުއިއްޒުގެ އަމުރުފުޅަށް ދިވެހި ފުލުހުންނާއި ކަރެކްޝަން ސާވިސްގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަނާއި ވަކިވަކިން ބައްދަލުކޮށް ފައިސާއަށްޓަކައި ޔުނީފޯމް ވިއްކާ ނުލުމަށާއި އެފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"މިއަދުގެ ސަރުކާރުގައި ޔުނީފޯމް އެޅި އެއްވެސް އޮފިސަރަކު އެބައެއްގެ ޤާނޫނު ތަންފީޒުކުރުމުގެ ޒިންމާގެ ތެރޭގައި ފައިސާ ނަގައި، ފައިސާއަށްޓަކައި އެމީހާގެ ޔުނީފޯމް ވިއްކާލައި މިފަދަ އަމަލެއް ހިންގައިފިނަމަ އެ އަމަލެއް އެއްވެސް ވަރަކަށް ޓޮލަރޭޓް ނުކުރާނެ ކަމަށް." އިހުސާން ވިދާޅުވިއެވެ.

ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ކަރެކްޝަނުގެ މުވައްޒަފުންނާއި ގުޅިގެން ޖަލަށް މަސްތުވާ ތަކެއްޗާއި ފޯނު ވައްދާ ކަމަށް ކުރެވުނު ތަހުޤީގުން ފާހަގަވެފައިވާ ކަމަށާއި އެފަދަ އަމަލުތަކުގައި ކަރެކްޝަނުގެ 18 މުވައްޒަފަކު ހިމެނޭ ކަމަށެވެ. އަދި ބައެއް މުވައްޒަފުންގެ އެކައުންޓަށް އާދަޔާ ޚިލާފަށް ފައިސާ ޖަމާވެފައިހުރި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ހާއްސަ މައްސަލަތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވާހަކަ ދައްކަވަނީ-- ވަގުތު އިމޭޖެސް: އާދިން މޫސާ ލަތީފް

"މި މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން އަޅުގަނޑުމެންގެ އިންޓެލިޖެންސް ބޭނުންކޮށްގެން އެކި ގޮތް ގޮތުން މައުލޫމާތު ހޯދި ހޯދުމުން ކަރެކްޝަނުގެ 18 މުވައްޒަފެއްގެ މައްސަލަ މިހާ ހިސާބަށް ފާހަގަކުރެވިފައިވޭ. އެގޮތުން އެ ފަރާތްތަކުގެ އެކައުންޓަށް އާދަޔާ ޚިލާފަށް ފައިސާ ޖަމާވެފައި ހުރިކަން އަޅުގަނޑަށް ފާހަގަކުރެވުނީ. އެގޮތުން ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިޔަނުން އަދަދަށް ފައިސާ ޖަމާވެފައި އެބަހިރު." ޝަރީފް ވިދާޅުވިއެވެ.

ޖަލުތަކުގައި ތިބޭ ގައިދީންނަށް ފައިސާއާއި މަސްތުވާތަކެތި ވައްދައިދޭ ކަރެކްޝަންސްގެ ބޮޑު ނެޓްވޯކެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، އެފަދަ ފަރާތްތަކަށް އެތަކެތި ފޯރުކޮށްދިނުމުގައި ކަރެކްޝަންސްގެ މުވައްޒަފުންގެ އަތެއްވާކަން މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    އަދި ކިރިޔާތަ އެނގުނީ..... ނިކަން ދެލޯ ފުހެލާފައި ބަލާލަބަލަ. ކަސްޓަމުގައިވެސް ތީގެ ބޮޑު ނެޓްވޯކެއް އޮންނާނެ. އެއަރޕޯޓްގައިވެސް އޮންނާނެ. އެމްޕީއެލްގައިވެސް އޮންނާނެ. ޓްރާންސްޕޯޓް އޮތޯރިޓީގައިވެސް އޮންނާނެ. ދެން ހިނގާ މިހުރިހައި ކަރަޕްޝަނެއް ފާހަގަކުރަން ކޮނޑު ހުޅުން ނެއްޓެއްދެން އަތްޖަހަން.

    21
    2
  2. ަަައާދަނު

    ތިކަމަކީ ދިވެހިރާއްޖޭގެ ރަތްޔަތުންނަށް އެގޭ ބޮޑު ސިއްރެއް. ތިކަން ހުއްޓުވިދާނެކަމަށް ގަބޫލުނުކުރެވޭ

    16
    2
  3. ގލ

    މޑޕ ސަރުކާރަކީ ކޮރަޕްޝަނަށް ދޮރުހުޅުވާލަދިން ސަރުކާރެކެވެ ވައްކަމާއި މަކަރާއި ހީލަތް ހެދުމާއި ނާޖާއިޒް
    ފައިދާނެގުމުގައި ހައްދުފަހަނަ އަޅާފައިވާ އެތައްބަޔަކު އެކިއެކި ޒިއްމާދާރު ވަޒީފާތަކުގައި އުޅެމުން ދިއައެވެ ޑްރަގު
    ފިޔަފާރިއާއި ސަރުކާރު ތެރެއިންނާއި ބޭރުން ކުރާވައްކަން
    ތައް ހުއްޓުމަކަށްގެނައުމަށް މޑޕ އެއްވެސް މަސައްކަތެއް
    ނުކުރެއެވެ.

    16
  4. ހިތްހަލާކު

    ހިތަށް އަރަނީ މިކަން މުންކަރާތަކަށްވޭ ބާވައެވެ! މުންކަރާތެއް ފެންނައިރަށް ރޯމަހެއްހެން ތެޅިގަނެފައި ފޯރިއަރުވާ މީހުން ކޮބައި ބާވައެވެ!

  5. ނަތާ

    މުޅި ގައުމައްޓަކާ ތިޔަ ކޮއްދެއްވީ ވަރަށް މުހިންމުކަމެއް. މި ވަބާއިން ގައުމު ސަލާމަތްކޮއްދެއްވާ

    19
    2
  6. ބުއްޅަބޭ

    މަގޭ އެކައުންޓަށް 20 ހާސް ވަނަސް ބޭންކުން ބޮޑު ގެރި ބޭރަށް ހިންގާހެން ގުޅާ ނަގާ! 24 މިލިއަން ވަނީ މަވެސް ކަހާތަން ހިރުވާވެެސް ނުލާ!

  7. ހުސއެއިން ޝާމް

    ޢެކުދިން ދޫކޮށްލާ . ޑައުލަތަށް ޚަރަދު ކުޑަވާނެ .ކީއްކުރަން ދައުލަތަށް ނުކަތާ ވަރު ބުރައެއް އުފުލަންވީ .ކަރެކްށަން އުވާލާފަ ކަރެކްޝަނުގެ ހުރިހާ ޔޫނިފޯމް ސްޓާފުން ފުލުސް އޮފީހށް ބަދަލު ކުރޭ.އެކުދިން ތިބީ އޯލްރެޑީ ޓްރޭނިންގ ހަދާފަ.