ޖަލުތަކުގައި ތިބޭ ގައިދީން ނުވަތަ ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިދޭ ކަރެކްޝަންސްގެ އޮފިސަރުންގެ އެކައުންޓްތަކުގައި މިލިއަނުން ފައިސާ ހުރިކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިކަން ހާކަކޮށްފައިވަނީ އެ އިދާރާއިން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތަފްސީލް ހާމަ ކުރެއްވުމަށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން މިބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ކަރެކްޝަނަލް ސާވިސްގެ ބައެއް މުވައްޒަފުން ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ވައްދަން އެހީތެރިކަން ފޯރުކޮށްދޭ ކަމުގެ މައުލޫމާތު ލިބުމާއި އެކީ އިންތެލިޖެންސް ބޭނުން ކޮށްގެން ހޯދި ހޯދުންތަކުން އެކަން އެނގިފައިވާ ކަމަށެވެ.

އެގޮތުން ޝަރީފް ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން ކަރެކްޝަނަސްގެ 18 މުވައްޒަކު އެކަން ކުރަމުން އަންނަކަން ފާހަގަ ވެފައިވާ ކަމަށާއި އެ މުވައްޒަފުންގެ އެކައުންޓްތަކަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ހާއްސަ މައްސަލަތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވާހަކަ ދައްކަވަނީ-- ވަގުތު އިމޭޖެސް: އާދިން މޫސާ ލަތީފް

"ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަނުން ފައިސާ ޖަމާވެފައި އެބަހުރި. އަޅުގަނޑުމެން މިހާ ހިސާބަށް ބެލި ބެލުމުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ވަނީ މި 18 މުވައްޒަފުންގެ އެކައުންޓުން ގާތްގަނޑަކަށް 73 މިލިއަން 6 ލައްކަ ރުފިޔާ އެކި ފަހަރު މަތިން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް ޖަމާވެފަ ހުރިކަން ފާހަގަ ކުރެވިފައިވޭ" ޝަރީފް ވިދާޅުވިއެވެ.

މިކަން އިތުރަށް ބެލިބެލުމުން އެ ފައިސާ އެމުވައްޒަފުންނަށް ޖަމާވެފައިވަނީ ޖަލުގައި މިހާރު ތިބި ގައިދީންނާއި ކުރިން ވެސް ހައްޔަރުގައި ތިބި މީހުންނާއި މާލޭގެ ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންގެ އެކައުންޓްތަކުން ކަން ފާހަގަވެފައިވާ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މިމައްސަލައާއި ގުޅިގެން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ކަރެކްޝަންސްގެ އޮފިސަރުންތަކެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، މުވައްޒަފުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކަކީ ކޮބައިކަން ބަލައި، އެފަރާތްތަކުގެ މައްސަލަ ބަލައި، ތަހުގީގުކޮށް ހުކުމް ކުރުން ކުރިއަށް ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ތި ހުރިހާ މިލިއަނެއް ދައުލަތަށް ނަގަންވީ. ތި ޖަރީމާ ހިންގި މީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރަންވީ.

    30
    4
  2. Anonymous

    ބީއެމްއެލްގައި އުޅޭ 38 ވަގުން ވެސް ހައްޔަރުކުރަންވީ.

    35
    2
  3. ަމަ

    ބަލަ ކަލޭތީ ގާޒީ ތަ ހުކުމް ކުރަން

    6
    28
    • ނިކު

      ކޮބާ ކަސްޓަމްސް ގަ އުޅޭ ވަގުން

      • Anonymous

        އަދި އެސްޓީއޯގައި އުޅޭ ވަގުން ވެސް. އެސްޓީއޯގައި އުޅެޔޯ ދުވާލަކު ތިން ލައްކަ، ހަތަރު ލައްކަ ރުފިޔާ ލިބޭ މީހުން ވެސް.

  4. ކޮރަލް

    އެކައުންޓް ތައް ފްރީޒް ކުރަން ވީ އެވެ.

    24
    2
    • ޙުސޭނު

      މާފުށި ޕްރިޒަން ގަ ރިސާނު ކިޔާ މީހެއް ވެސް ތިކަމުގަ އުޅޭ

      3
      1
  5. ޙުސެންބެ

    ސާބަސް.. އިންޝާ ﷲ މި ސަރުކާރުގާ ދެން ފެންނަން ބޭނުންވަނީ ޤިޞާސް ހިފާތަން... ޢިންޝާﷲ

    26
    2
  6. ފުރޭތަ

    ބަލަ ކަލޭމެން އަޑީގަ ތިބެގެން އެކުދިންލައްވާ ކުރުވާ ކަންކަން އެ ، އެ އަލައް ހިގާ ކަންކަމެއް ނޫނޭ

    13
    6
  7. މުންކަރާތް

    އެންމެން އުޅެނީ މުންކަރާތް ފެނިދާނެތީ ބިރުން. މުންކަރާތް ފެނިދާނެތީ ބިރުން މިއުޅެނީ މިހެންވެތާ. ކަސްޓަމްސް ބަލާލިޔަސް، ޕޯޓުތައް ބަލާލިޔަސް، އެއަރޕޯޓް ބަލާލިޔަސް ތިވައްތަރުގެ ބައިވަރު މުސްލިމް ސިފަޖެހިގެން އުޅޭ ބައިގަނޑެއް ފެންނާނެ. ޓްރާންސްޕޯޓްގެ ވާހަކަ އަދި އޮތީ.

    19
    0
  8. ހުސެއިން ޝާމް

    ޞޭންކުގެ ބަހެއްވެސް ހޯދާތި .އަދި ސްލިލިޕްތައް ހޯދައި ޓްރާންސެކްޝަންތައް ރަގަޅަށް ޗެކު ކުރާތި.އަސްލަށް ރުޖޫޢަ ވުމަށއް ދުނިޔެ އަށް ފޮނުވި ހުރިހާ ނަބިއްޔުންނާއި ރަސޫލުން ނަސޭހަތްތެރިވޭ..ދޮގެއް ކަމަށްވާނަމަ ފަތުވާ ކޮމެޓީން ޓ.ީވީ މޯލްޑިވްސް އަށް ބަސްދީ ގަތުމެއްދީ.އެއިރުން ރައްޔިތުންނަށް މާބޮޑަށް ސާފުވާނެ.