ރާއްޖޭގެ ޤާނޫނާއި ހިލާފުކަންކަން ތަކުރާރުކޮށް ހިންގާ ވިޔަފާރިތަކާއި މެދު ފިިޔަވަޅު އެޅެން ޖެހޭނެ ކަމަށާއި މި ސަރުކާރުގެ ވިސްނުމަކީ އެއީ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސަރަހައްދުގައި 111 މަސާޖުޕާލާރު ހިންގާކަމަށް މީގެކުރިން ފުލުހުން ހާމަކޮށްފައިވާއިރު، އޭގެތެރެއިން ކިތައް މަސާޖުޕާލާ ބަންދުކުރެވިއްޖެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ވިޔަފާރި ކުރާ ތަނެއްގައި ތަކުރާރުކޮށް ޤާނޫނާ ޚިލާފު ކަންތައް ހިންގާނަމަ އެ ތަނަކާ ނުވަތަ އެ ވިޔަފާރިއަކާއި ދޭތެރޭ ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، އެފަދަ ވިޔަފާރިތަކާއި މެދު އަމަލު ކުރަން ޖެހޭނީ ކިހިނެތްތޯ ކަމާއި ގުޅުން ހުރި އިދާރަތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

"ވިޔަފާރިކުރަމުންދާ ތަނެއްގެ ތެރޭގައި އެތަނެއްގެ މުވައްޒަފަކު ހިންގާ އަމަލަކާއި ގުޅިގެން އެތަނަށް ފިޔަވަޅު އެޅިދާނެތޯ. އެއީ މިހާރު އަޅުގަނޑުމެން އިކޮނިމިކް މިނިސްޓްރީއާއި ކަމާއި ގުޅުންހުރި އިދާރާތަކާއެކު ހައްލު ހޯދަން ކުރަމުން އަންނަ މަސައްކަތެއް. ތަކުރާރުކޮށް އެއް ކަމެއް ޤާނޫނާއި ޚިލލާފު ކަންތައް ހިންގަމުންދާ ތަންތަނާއި ދޭތެރޭ ފިޔަވަޅު އެޅެންޖެހޭނެ. ސަރުކާރުގެ ވިސްނުމަކީ އެގޮތަށް ފިޔަވަޅު އެޅުން." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މިފަދަ މައްސަލަތަކަށް ވަރަށް އަވަހަށް ޤާނޫނީ ހައްލެއް ހޯދާނެ ކަމަށެވެ.

ފެބްރުއަރީ 12 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުން މާލޭގައި ސްޕާ އަދި ސެލޫންގައި ހަށިވިއްކާ މައްސަލަ ބޮޑުވެފައިވާއިރު މިހާރުވެސް 111 ތަނެއްގައި ހަށިވިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖޭން ބޭރުން ގެންނަ އަންހެން މަސައްކަތްތެރިންނާއި ޓޫރިސްޓު ވިސާގައި މީހުން އެތެރެކޮށްގެން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިގޮތަށް ހަށިވިއްކާ ފަރާތްތައް ވަގުން ޑީޕޯޓް ކުރުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ސެލޫނާއި ސްޕާތަކުގައި މަސާޖުކުރުމުގެ ނަމުގައި ހަށިވިއްކާ މައްސަލަ މީގެކުރިންވެސް ވަނީ ފެންމަތިވެފައެވެ. އަދި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައިވެސް މިފަދަ ފަރާތްތައް މީގެކުރިންވެސް ވަނީ އަތުލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ގަވާއިދާ ޚިލާފަށް މިގައުމުގައި އުޅޭ ބިދޭސީންގެ މައްސަލަ މަނިކުފާނަށް ހައްލު ނުކުރެވިގެން ތިއުޅެނީ ކީއްވެގެންތޯއެވެ. ގަވާއިދާޚިލާފަށް ރައްރަޝުގަ ދިރިއުޅޭ ބިދޭސީންގެ އަތުން ގަވާއިދުގެ ތެރެއަށް ފެއްތެންދެން ވިސާއަށްވާ 350ރުފިޔާ ކޮންމެ މަހަކު ނަގަން ފެށުމުން ސިވިލްސާވިސް ހުރިހާ މުއައްޒިފުންނަށް މުސާރަދެވޭ ވީއިރު މަނިކުފާނު އެފައިސާ ނުނަންގަވަނީ ބ އެންބަސީއިން ކިހާވަރެއް ދީގެންތް ކޮންމެ ރަށެއްގެ ޖައުންސިލް އޮފީހަކާއި ފުލުހުންގެ ބުރާންޗެއް ހައްދަވާފަ އެތަން ތަނުގެ ބޭނުމަކީ ސަރުކާރުގެ ބަޖެޓް ހުސްކުރަން ބަޔަކަށް މުރާދީފަ ބައިތިއްބައިގެން ތިޔަވިދާޅުވަނީ ފައިސާއެއް ނެތޭ ދުނިޔޭގަ ކޮންގައުމެއްގަތޯ ވިސ

    2
    1
  2. Anonymous

    ގަވާއިދާ ޚިލާފަށް މިގައުމުގައި އުޅޭ ބިދޭސީންގެ މައްސަލަ މަނިކުފާނަށް ހައްލު ނުކުރެވިގެން ތިއުޅެނީ ކީއްވެގެންތޯއެވެ. ގަވާއިދާޚިލާފަށް ރައްރަޝުގަ ދިރިއުޅޭ ބިދޭސީންގެ އަތުން ގަވާއިދުގެ ތެރެއަށް ފެއްތެންދެން ވިސާއަށްވާ 350ރުފިޔާ ކޮންމެ މަހަކު ނަގަން ފެށުމުން ސިވިލްސާވިސް ހުރިހާ މުއައްޒިފުންނަށް މުސާރަދެވޭ ވީއިރު މަނިކުފާނު އެފައިސާ ނުނަންގަވަނީ ބ އެންބަސީއިން ކިހާވަރެއް ދީގެންތް ކޮންމެ ރަށެއްގެ ޖައުންސިލް އޮފީހަކާއި ފުލުހުންގެ ބުރާންޗެއް ހައްދަވާފަ އެތަން ތަނުގެ ބޭނުމަކީ ސަރުކާރުގެ ބަޖެޓް ހުސްކުރަން ބަޔަކަށް މުރާދީފަ ބައިތިއްބައިގެން ތިޔަވިދާޅުވަނީ ފައިސާއެއް ނެތޭ ދުނިޔޭގަ ކޮންގައުމެއްގަތޯ ވިސާ ނުދައްކާ ހިތުހުރިގޮތަކަށް އުޅެވެނީ މަނުކުފާނު ނަގަނަގޮތުގައި ބިދޭސީން ގެ އަތުން ފައިސާ ނަންގަވާތީ އެވެރިން ބޭނުން ްގޮތަކަށް އުޅެން ދޫކޮއްލައިގެން ތިހުންނަވަނީ މިކަމެއް ނުވާނެޔޭކިޔާދަ އިސްތިއުފާ ދެއްވާ

    1
    0
  3. ހުސެއިން ޝާމް

    ޢިކޮނޮމިކް މިނިސްޓަރ ވިލިމާލެ އށް ވަޑައިގަތުމުން އަޅުގނޑުގެ ކުންފުނީގެ ވާހަކަ ދެންނެވީމަ ވިދާޅުވީ މަނިކުފާނާ ބައްދަލު ކުރާށޭ. ޢަޅުގަނޑު ދައކާ ވާހަކަ އަކަށް ސަމާލު ކަމެއް ނުދީ ނަހުލާގެ ކެމްޕޭނުގަ ޓޫރިޒަމް މިނިސްޓަރާ ދެމީހުން އުޅުނީ. މިހާރު ބުނާނެ ދޮގެކޭ ދޮގެއްވިއްޔާ ޓީ.ވީ.މޯލްޑިވްސް އަށް ބަސްދީ ގަތުމެއްދި. ތިމާމީހާގެ ޒިންމާތައް އެހެން މީހުން ބޮލަށް ޖަހާނެ ކަމެއް ނެތް.

    2
    0
  4. ހުސޭނުބޭ

    ފޮޓޯގައި އެ އޮތް ކަހަލަ ތަންތަނުން ޚިދުމަތް ހޯދުމަށް މީގެ ކުރިން ކިތައް މިނިސްޓަރާއި ކިތައް ސްޓޭޓް މިނިސްޓަރުން ދިޔަބާ! ހާދަހާވާ ދެރަޔޭ! ފިޔަވަޅުއަޅަން ބާލާއިރު ފަސްބާގައި ހުސް ނަޖިސް!

  5. ފާލިސާ ސާބިގު

    ދިވެހިންނަޢް ކަމިޝަންލިބޭގޮތަށް ހިންގާ ބަންގާޅީންގެ ވިޔަފާރި ހުއްޓުވަންޖެހޭ. ރޭގަނޑު 3 ޖަހަންދެން ބަންދުނުކޮށް އެމީހުން ތިބޭ. ޙުކުރުދުވަހުވެސް 12.30 ވަނދެން ހުޅުވައިގެން ވިޔަފާރިކޮށްލަކޮށްލަ ތިބޭ މީމީހުންގެ ސަބަބުން ދިވެހިންނަށް ވަރަށް ބޮޑުގެއްލުމެއްވޭ. ކާކުތޯ މިކަންކަން ހުއްޓުވަނީ؟!!