ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރީ މި ސަރުކާރުން ހަވާލުވިއިރު، ހުރީ އެންމެ ރަނގަޅަކަށް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދާޅުވީ، ހާއްސަ އޮޕަރޭޝަންތަކުގެ ތަފްސީލް ހާމަ ކުރެއްވުމަށް މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އިހުސާން ވިދާޅުވީ، މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ޖަލަށް ވެއްދޭ ތަކެއްޗާއި، މީހުން ބަލާ ފާސް ކުރުމުގެ ކަންކަން ހުރީ ރަނގަޅަކަށް ނޫން ކަމަށާއި ބަލާ ފާސް ކުރަން ބޭނުން ކުރާ އާލާތްތަށް ވެސް ޖަލަށް ފޯރު ކޮށްދީފައެއް ނުވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ކުރި މަސައްކަތުން މިހާރު ވާނީ މާފުށީ ޖަލުގައި މެޓަލް ޑިޓެކްޝަން 2 ދޮރު ހަރުކުރެވިފައިވާ ކަމަށާއި ހަމަ އެއާއެކު ބޮޑީ ސްކޭނަރެއްގެ މަސައްކަތް ކުރާކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ހާއްސަ މައްސަލަތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ވަގުތު އިމޭޖެސް: އާދިން މޫސާ ލަތީފް

އިހުސާން ވިދާޅުވީ ފުރިހަމަ ޖަލެއްގެ އަޅަންޖެހޭ ހުރިހާ ނިޒާމްތައް އަޅާ ނިމުނީމަ ނުވަތަ ފޯރު ކޮށްދެންޖެހޭ ހުރިހާ ޓޫލްސްތަކާއި ރިސޯސަސް ފޯރުކޮށްދީ ނިމުނީމަ ޖަލުގެ އޮފިސަރުންނަށް އެންފޯސް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މި ސަރުކާރުގެ ޕޮލިސީއަކީ ސެންޓަރްލް އެއް ޖަލު އެޅުން ކަމަށާއި، ތަފާތު މަރުކަޒުތައް ހެދޭ ވަރަކަށް ދައުލަތައް ބުރަ ބޮޑުވާ ކަމަށް އިހުސާން ވަނީ ވިދާާޅުވެފައެވެ. އަދި ސަރުކާރަށް ހަރަދުވެސް ވަރަށް ބޮޑުތަނުން ބޮޑުވާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އިހުސާން ވިދާޅުވީ، އެންމެ ޖަލެއް ހެދުމުން އެތަނުގައ ކަންކަން ރަނގަޅު ކުރުމާއި އެކު އެކްސެސް ވެސް ރަނގަޅު ކޮށްލެވޭނެ ކަމަށާއި، ތަނަށް ވައްދާ ތަކެތި ބަލާ ފާސް ކުރުމަށްވެސް ފަސޭހަވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޙަހަހަހަހަ

  2. ޙުސެއިން ޝާމް

    މަނިކުފާނުވެސް ފިތުނަ ނުއުފައްދާ ކަންތައްތައް ރަގަޅު ކޮށް ރައްޔިތުންގެ ތާޢީދު ހޯޑާބަލަ..މަނިކުފާނު ފޮޓޯނަގާފަ ޑޮކިއުމެންޓް ބަލާފަ .އަދިފފޮނު ނަންބަރު ނަގާފަ ކުއްލިއަކަށް ސައިލެންޓުނުވެ ވަގުތުން ކޮމިޝޏނަރ އަށް ގުޅި ގޮތަށް ދިރާސާ ކުރުން ލަސްނުކޮށް ގެންދާކަން މިހާރު ފާހަގަ ކުރެވޭ.

  3. ހުސެއިން ޝަަމް

    މަނިކުފާނަށް އެގޭތަ ނިދަން އަށިމަތީގަ އޮވެ ސިއްސައިގެން ގޮސް ހޭލެވެނީ ހުދުކުލައިގެ ޔޫނިިޯމުގަ ހުރި މީހަކު ފެނިގެން. ޢެކަމަކު ފުލުހުން އައިސް ވަރަށް އޯގާތެރުކަމާއެކު ގޮވާނެ ވަރަށް މީރުކޮށް ކާންދޭނެ އެހެން ގޮޅިތަކުގެ މީހުން ބަލާތޯ ބަލﷲަ ފެންފުޅިވެސް ގެނަސްދޭނެ.ވަރަށް ރަގަޅު ކުދިން. ޢެކަމަކު ރޭގަނޑު ޔޯނިފޯމުގަ ތިބޭ ކުދިން ވައަތުލޯ ތަރިއެއް ދިއްލިފަ ހުންނަނި .ﷲ އަކްބަރު ﷲއަކްބަރ ،ﷲއަކްބަރު ޖިބްރީލުލް އަމީން.