އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހިމެނޭހެން އިތުރު ދެ މީހަކު ހައްޔަރުކޮށް ތަހުގީގުކުރަމުންދަނީ ސިހުރުގެ މައްސަލައެއްގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތަކާއި ގުޅޭ ގޮތުން މައުލުމާތު ދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސިހުރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް އެދިފައެވެ.

އެގޮތުން އެ ނޫސްވެރިޔާ ވަނީ އެމީހުން ހައްޔަރު ކޮށްފައިވަނީ ރައީސްގެ އާއިލާއަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއްގައިތޯ ސުވާލު ކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، އެމައްސަލައަކީ މިހާރު ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށާއި ދެ ފަރާތެއް ހައްޔަރުކޮށް ބަންދުކޮށްފައިވާ ކަމަށެވެ.

ސިހުރު ހަދާފައިވަނީ ސީދާ ރައީސްގެ އާއިލާއަށްކަން ވިދާޅުނުވެ، ޝަރީފް ވިދާޅުވީ، "މީޑިއާއަށް ވެސް އެނގިފައެއް ގޮތަށް އަޅުގަނޑުމެން މި ތަހުގީގު ކުރަމުން މިގެންދަނީ ހަމަ އެފަދަ ތުހުމަތެއް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިއީ ތަހުގީގީ މަރުހަލާގައި އޮތް މައްސަލައެއް ކަމުން ތަހުގީގު ވަކި ވަރަކަށް ފުރިހަމަ ކުރެވުމުން، މީޑިއާއަށް ދޭން ޖެހޭ މައުލުމާތެއް ހުރެއްޖެނަމަ އެކަން ހިއްސާ ކުރައްވާނެ ކަމަށެވެ.

ޝަމްނާޒް ހިމެނޭހެން ދެ މީހަކު ހައްޔަރު ކޮށްފައިވަނީ ރައީސްގެ ދެކަނބަލުންނަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއްގައި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސެއިން ޝާމް

    ހެޔޮ ުވާނެ ތކަހަލަ ވާހަކަދައްކަންވެސް. މޫސާގެ ފާނުގެ ޒަމާނުގަ ސިހުރު ކުރި ވާހަކަ .މިޒަމާނުގަ ސިހުރު ހދާ މީހަކު ހުރިއްޔާ ބުނޭ ހުސެއިން ޝާމް އަށް ރިޕޯޓް ކުރާށޭ.އަޅުގަނޑު ބޭނުން އެބޭފުޅުން ދަސްކުރިގޮތް ދިރާސާ ކޮށްގެން މުނާފިޤުންނަށް ވޯކް ޝޮޕްތައް ހިންގަން.ވަރަށް ސަލާމް