ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ދުވަސްތަކަކަށް މޫސުން ރަނގަޅުވާން ފަށައިފިއެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަސް ދެކުނާއި ހުޅަނގުން ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއ، އެހެން ހިސާބުތަަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމުގެ ބާރުމިނުގައ ވައިޖެހޭނެ ކަމަށެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުން ރާއްޖޭގެ ދެކުނުގައި ކަނޑު މަޑުވާނެއެވެ. އަދި އުތުރާއި މެދު ރާއްޖެ ތެރޭގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެއިން ޝާމް

    ޥިލިމާލޭ ދުނިޔޭގެ މޫސުމާބެހޭ އިދާރައިގެ ބޮޑު މީހާ ކަނޑު ގަދަވެގެން ގަދަވެގެން މަދިރި މަރަން ބޭސްގަތުމަށާއި ދަރުމަވަންތަ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ނުދެވި.އެބަހުރި ތިބޭފުޅުން ވިލިމާލޭ ފެރީ އަށް އެރީމަކަނޑު މަޑުވެދާނެ.ވިލިމާލެ އަށްޥަޑައިގަނޭ.