ދިވެހިނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާ ނިންމެވުން ތަކަކީ ސިޔާސީ ލީޑަރުން ފަސް ޖެހޭނެ ނިންމެވުންތަކެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހަރަދު ކުޑަކުރެއްވުމަށް ރައީސް މުއިއްޒު އެޅުއްވި ފިޔަވަޅަށް ތައިރީފް ކުރައްވައި ޝިޔާމް ވިދާޅުވީ ރާއްޖެ ވައްޓާލާފައިވާ ފުން އިގަތިސޯދީ އަދަވަޅުން ސަލާމަތްކޮށް ދިވެހީންގެ މުސްތަގުބަލަށްޓަކައި ނިންމަވާ ނިންމެވުންތަކަކީ ސިޔާސީ ލީޑަރުން ފަސްޖެހޭ ނިންމެވުންތަކެއް ކަމަށެވެ.

"ސިޔާސީ ވިސްނުންފުޅަށްވުރެ ގައުމީ ވިސްނުންފުޅު އިސްކުރައްވާކަމީ ރައްޔިތުންނަށް އޮތް އެންމެބޮޑު،". ޝިޔާމް ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަން ރައީސް މުއިއްޒު ރޭ ވަނީ ނިންމަވާފައެވެ.

ރައީސް ރޭ ވިދާޅުވީ، ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައިވާ ކަމަށާއި އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ.

މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަރަދު ކުޑަކުރުމަށް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބޭއްވުމަށް ރައީސް އަންގަވާފައިވާއިރު، މި ސަރުކާރުން އަންނަނީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުވައްވަމުންނެވެ. އެގޮތުން މާލީ ވުޒާރާއިން ވެސް ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް އަދި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅަން ނިންމާފައިވާ ކަން ހާމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަރަފަކައްދަ

    ސިޔާމޫ! ކަމަކު ނުދޭ! އެއްގޮތަކަށްވެސް ހަފްލާތަށް މަދު ކޮއްގެން ނުވާނެ. އީދުގައި ޖެހި ސަކަރާތް ތަކާއި ނާޗަރަންގީ ތަކާއި އަންހެން، ފިރިހެން ދެޖިންސުން މަސްހުނި ވެގެން ޖަހާ ސަކަރާތް ތައް ކުރިއަށް ފޯރި ގަދަކޮއް ރައްޔިތުންގެ ޖީބު ތަކަށާއި ދަޢުލަތުގެ ޙަރަދު ތައް ބޮޑު ވާނޭ ގޮތައް މި މިނިވަން ދުވަސް ވެސް ފާހަގަ ކުރަން ޖެހޭނެ. އެއް ގޮތަކަށްވެސް ނުކޮއް ދޫކޮއްގެން ނުވާނެ. ދީނީ އެއްވެސް އިލްމް ވެރިއަކު މިހިރަ މިހިރަ ކަންކަމަކާއި އެއްވެސް ދެކޮލެއް ނަހަދާނެ ކަން ޔަޤީން. ނިމިދިޔަ އީދު ގަ ވެސް އެއްވެސް ދީނީ އިލްމް ވެރިއަކު ދެކޮލަށް ބަސް ބުނި އަޑެއް ނާހަން. ވ ވެދުން.

  2. ރަންރީނދޫ

    ފިޔަވަޅޭ ކިޔުން ނޫންކަމެއް ނެތް.އެމްޑީޕީއިން އައިސް ކުލަބަދަލުކުރި ބޯވަތައް އެތިބީ ހަމަ އެމަގާމުތަކުގައިިި. މާތްކަލާނގެެެ ރަސްކަންފުޅަށްޓަކައިވިޔަސް، ހެޑްލައިން ނާޅާ ،ކޮންމެވެސް ހަރުދަނާކަމެއް ކުރެވޭތޯ ބަލާބަލަ.ވެމްކޯގަ އެމްޑީޕީ މޫސާ،އެމްޑީޕީ ޖުނީނާ، އެންވަޔަރމެންޓްްް މިނިސްޓްރީގަ އެމްޑީޕީ ނައިލޯނުގެެނިޒާމް ،ހިތަދޫ ބަނދަރުގަ އެމްޑީޕީ އިބްރާހިމް ރަޝީދު،ޒުވާނުންގެ މަރުކަޒުގަަި އެމްޑީޕީ ޝަމްމޫނު،ގުރުއާނާއިިީ ބެހޭެޭ މަރުކަޒުގަ އެމްޑީޕީ ސާލިމް ރަޝީދު، ސަލްމާނު މިސްކިތުގައި އެމްޑީޕީ އިލްޔާސް ހުސައިނުގެ ދަރި،، އިންޑިއާ ގަާ ހުންނަަާ އެމްބަސީގަ ހިތަދޫ ވެއުގެ ނަޒީލް އެމްޑީޕީއަދިިި ސްޓޭޓްްް ހައުސްގެެެމެނޭޖަރަކީވެސްް އެމްޑީޕީއެއްް. .މިހެންވެެެ މިބުނަނީ ބަހާއި އަމަލު ދިމާަާ ނުވެޔޭ. ސަރުކާރުގެ

  3. ދުރުމީންބެލުން

    ޚަރަދު ކުޑަކުރަން އަޅަންވި ފިޔަވަޅުތައް. (1) ކޮންމެ މިނިސްޓްރީ އެއްގަ (ޤާބިލު) ގިނަވެގެން 2 ސްޓޭޓް އަދި 4 ޑެޕިޔުޓީ މިނިސްޓަރުންނަށް މަދުކުރުން (2) ޕޮލިޓިކަލް ޑިރެކްޓަރުންފަދަ މަޤާުމުތައް އުވާލުން. (3) ކުންފުނިތަކުގަ ސީއީއޯގެ ދަށަށް 1 ޑެެޕޔުޓީ ސީއީއޯ ލުން، ދެންތިބޭނީ މެނޭޖަރުން (4) ކުންފުނިތަކުގައި މިހާރުތިބި ރޮނގާލިގަޑު (ގާތްގަޑަކަށް %50) ވަކިކުރުން. (5) އެއްވެސް އިދާރާއެއްގެ އެއްވެސް މީހެއްގެ މުސާރައާއި ޢިނާޔަތް މިނިސްޓަރަކަށްވުރެ ބޮޑުނުވުން (މަޖިލިސް މެމްބަރުން، ކުންފުނިތަކުގެ އެކިއެކި މަޤާމުތައް ފަދަ) (6) ސަރުކާރާއި ކުންފުނިތަކުގެ ދަތުރު މަދުކުރުން (7) ރާއްޖެއާއި ރާއްޖޭން ބޭރުގަ ވީހާވެސް ގިނައިން އޮންލައިން މީޓިންގ ތައް ބޭއްވުން. (8) އޮފީސްތަކުގެ ރަސްމީގަޑި ނިމުމުން އޮފީސްތައް ބަްދުކުރުން (އިތުރުގަޑި ނުހެދީމަ އިތުރުގަޑީ ފައިސާއާއި، ކަރަންޓާއި ފޯނާނާއި އިންޓަނެޓް ޚަރަދު ކުޑަކުރެވޭނެ) (9) މަސަްވެރިން ބާނާ މަހަށް ހަމަ އަގު ދިނުން، މިގޮތުން ބޮޑުވެގެން 15.00 ރުފިޔާ އަށް މަސަްކިލޯ އެއްގެ އަގު ހަމަޖެއްސުން. (10) ބިދޭސީން ކޮންޓްރޯލްކުރާ ކަންމަތީ ފިހާރަތަކާއި ކެފޭ ފަދަ ތަންތަނުގެ ކޮންޓްރޯލް ދިވެހިންނަށް ނެގޭގޮތަށް ޤަވާއު ހަދާ އިންޕްލިމެންޓް ކުރުން (11) ޤަވާޢިދައި ޚަލާފަށް އުޅޭ ބިދޭސީން ވަގުތުބް ވަގުތައް ފުރުވާލުން (12) ފައިދާ ނުވާ ކުންފުނިތައް އުވާލުން (13) އެކި ނަންނަމުގައިހުރި އެއްގޮތް މަސައްކަތް (ޑްޕްލިކޭޓް މަސައްކަތް) ކުރާ ކުންފުނިތައް މާޖްކޮށްލުން (14) ކުންފުނިތަކުންނާއި އޮފީސްތަކުގައި ރޭވިގެން ހިންގާ ކޮރަޕްޝަނާއި ވައްކަން ހުއްޓާލުން. (15) ބީލަން ތަކުގައި ހިންގާ ޖަރީމާ ހުއްޓާލުން. މިސާލަކަށް ބިޑަކަށް ހުޅުވާލީމަ ޤަސްދުގަ ކުޑައަގު ލައިގެން ބިޑް ވިންކޮށް، މަސައްކަތްފަށާފަ "ވޭރިއޭޝަން" އަށްލީމަ އެކަން ޤަބޫލުކޮށް ފައިސާ ދޫކުރުން. (16) ޚަރަދު ކުޑަކުރުމަށް މިފަދަ ކިތަންމެ ކަމެއް ރައީސް ޑރ.މުއިއްޒު އާއި ސަރުކާރުން ބޭނުންނަމަ ކުރެވޭނެ. އެހެންނަމަވެސް އެވަރުގެ ހިތްވަރާއި އިޚްލާސްތެރިކަން އެބަހުރިބާ؟