ފުވައްމުލައް ސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފިއެެވެ.

"ވެށި ރައްކަލް'' ގެ ނަމުގައި އެރަށުގައި އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާއިރު، ފުލުހުން ވިދާޅުވީ މެއި 1 ވަނަ ދުވަހުން ފެށިގެން އެ ސިޓީ ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ގެންދާ ކަަމށެވެ.

އެގޮތުން، މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާއިރު 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ފުލުހުން މައުލޫމާތު ދެއްވިގޮތުގައި މި މައްސަލަތަކާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައިތިބީ ފަސް މީހުންނެވެ.

އޭގެ އިތުރުން މި އޮޕަރޭޝަންގައި، މަސްތުވާތަކެތީގެ ތުހުމަތުގައި މި މަހު 25 ވަނަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚަދީދާ

    ދޫނުކޮށްބައިތިއްބަންފެނޭ. ތިއެއްޗެއްސަކާހުރެ ބޮޑުނުފޮރުއްޕާނަކަށްވޭ!!