ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިސްނަވަނީ ސިޔާސީ މަންފާއަކަށް ނޫން ކަމަށާއި، ގައުމީ ނަޒަރަކުން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ވިދާޅުވެއްޖެއެެވެ.

ރާއްޖެ ވައްޓާލާފައިވާ އިގުތިސޯދީ އަނދަވަޅުން ނަންގަވައި ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާ ކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވަން ރައީސް ވަނީ ނިންމަވާފައެވެ.

ރައީސް ރޭ ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައިވާ ކަމަށާއި އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ.

މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިކަންކަމުގެ އިތުރަށް ވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށެވެ.

ރައީސްގެ އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންނަށް އޭގެން މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ވިސްނަވާ އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް، ގައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަދި މިކަމުގައި ރައީސުލްޖުމްހީރިއްޔާ އާއިއެކު މިކޯލިޝަން ސާބިތުވެ ތިބޭނެ ކަމުގެ ޔަޤީންކަންވެސް އަރުވަން،". އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުސެއިން ޝާމް

    ޚޮބާ ރައީސް ޔާމީން

  2. ނަތަންޔާހޫ

    އަދިވެސް ކުރަންޖެހޭ އެންމެ މުޙިންމު ކަން ނުކުރަން ތިޔަ ފައިވިއްދަނީ މަނިކުފާނޫ! އެއީ މަޖުލިހުގެ މެމްބަރުކަން ކޮއްފައި ތިބި މެމްބަރުންގެ އިނާޔަތް ތަކާއި އެލަވަންސް ތަކާއި އެލަވަންސް ތައް މިހާރުން މިހާރަށް ކަނޑާލަން ޖެހޭ. މެމްބަރުކަން ކޮއްފައި ތިބޭ 100 އަށް ވުރެ މީހުން އެބަތިބޭ މި ހުރިހާ އެލަވަންސް ތައް ލިބޭ ރައްޔިތުންގެ ޓެކްސް ފައިސާ އިން އަތުން ފައި މަސައްކަތެއް ނުކޮއް ތިއްބަސް ކޮންމެ މަހަކު މިވެރިންގެ އެކައުންޓް ތަކަށް ބަރާބަރަށް ފައިސާ ޖަމާޢު ވަމުންދޭ. މި އާދަ މިހާރު އެބަޖެހޭ ކަނޑާލަން. ރައްޔިތުން ބޭނުމެއްނުވޭ އެވެރިން ނުކައި ނުބޮއި ތިބެގެނެއް މި ސަކަރާތެއް ޖަހާކަށް. ކެރެންޏާމު މިކަމުގައި ހުރި ގަޓު ކަން ( މިބަހީ:- ހިތްވަރު ގަދަކަން ) ރައްޔިތުންނަށް ދައްކާލަބަލަ! ހިތާމައަކީ އަދުރޭ ދެކެ ގަންނާނެ ބިރަކުން މިކަން ކުރަން ފަސް ޖެހޭނެކަން. ވ ވެދުން.

  3. ހަސަނު

    ރައީސްގެ ވިސްނުންފުޅު ފެންނަނީ އަދުރޭގެ އަގައިން ކަމުގަ ރައްޔިތުންނަށް ފެންނަނީ!