މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލް 45އ. މިއަދު ނިޔާވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސް އިން މިއަދު ވިދާޅުވީ އޭނާ ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށެވެ.

އަދި އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށްވެސް ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ މިއަދު 12:45 ގައި ޑޮކްޓަރު އޭނާ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އޭނާކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި އޭނާއަަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެކެވެ.

މުޙައްމަދު ޖަމީލް ނިޔާވުމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެއިން ޝާމް

    ނަފުސާނީ ބަލިޖެހިފަ ހުންނަ މީހާ ބަންދެން ނުކުރާނެ .މުއްދަ ޖަހަ ޖަޙާފަ.ދޫކޮށްލާން. މައުމޫނު އަބުދުލް ގައްޔޫމު ތިބޭފުޅުން މުއްދަ ޖަހާފަ ދޫނިދޫގަ ބޭއވީ ނަފުސާނީވެގެން. ހެޔޮނުވާނެ ދޮގުހަދަން.