އެމްޑީޕީގެ ރައީސް، އަދި ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު، ޗައިނާގެ ރައީސް، ޝީ ޖިންޕިންއާއި ބައްދަލުކުރައްވައިފިއެވެ.

"އެކްސް"ގައި ކުރި ޕޯސްޓެއްގައި ޝަހިދު ވިދާޅުވީ، ފައިވް ޕްރިންސިޕަލްސް އޮފް ޕީސްފުލް ކޯގްޒިސްޓެންސްގެ 70 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ކޮންފެރެންސްގައި ދެއްވާ ހިތާބުގެ ކުރިން ޗައިނާގެ ރައީސް އާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ހިތާބުގެ ކުރިން ޗައިނާ ރައީސް އާއި ބައްދަލު ކުރެއްވުމުގެ ޝަރަފު ލިބިވަޑައގެންފައިވާކަން ހާމަކުރައްވަމުން ޝާހިދު ވިދާޅުވީ، ޝީގެ ހިތާބުން އޭނާއަށް ހިތްވަރު ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ތަނަވަސް ދުނިޔެއަކަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުން، އެއްބާރުލުމާއި ވިސްނުން އިތުރުވެގެން ދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އިންސާނިއްޔަތަށް އޮތް ހަމައެކަނި ހައްލަކީ ސުލްހަވެރިކަމާއި އެކުވެރިކަންމަތީ ތިބުން ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން އާންމު ގޮންޖެހުންތަކަށް ހައްލު ހޯދައި، ދެމެހެއްޓެނިވި، ޞުލްޙަވެރި، ހަމަޖެހޭ، ތަނަވަސް މުސްތަޤްބަލަކަށް މަގު ފަހިކޮށްދެވިދާނެ" ޝާހިދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ދެން އަންނަ ދައުރެއްގައި ރައީސްކަން ކުރާނީ ޝާހިދު ހެން ހައުދަހައި ހީވެއެވެ. ނަމަވެސް މި ދައުރުގައި ރިޔާސީ ދައުރެއްގެ މުއްދަތު 15 އަހަރަށް ދަންމާލައިފިނަމަ ޝާހިދަށް އެފުރުޞަތު ގެއްލިދާނެތާއެވެ.

    2
    2
  2. އަލިބެ

    ތީ އެއްކަލަ ޗައިނާއަށް އެއްޗެހި ގޮވި ގްރޫޕް

  3. Angela

    މިމީހުންގެ ވެރިކަމުގަ މިފަދަ މަންޒަރުތައް ނުފެނުނީ ކީއްވެބާ

  4. މޯދީ

    އެމްޑީޕީގެ ރައީސް ދުނިޔޭގެ ރައީސެއް، ދެން މިހާރު ރާއްޖޭގެ ރައީސެއް؟؟

    4
    1
  5. މީހުންގެ

    ބައެއް މީހުންގެ ހަޔާތްވެސް ހާދަހާ ވާ ކުޑައޭ...

  6. ނޮހޮރުއްޕާން

    މިއީ އަބުލޯ ޝާހިދު އޭނުން މީނަ ދެން އުޅޭނެ ތޯއްޗެ ޗައިނާ ސިފައިން ރާއްޖެ ނާރައިގެން ކަންބޮޑު ވެގެން

  7. Anonymous

    ރަތްމަހަށް ނުބަވާ ވަރަށް ބަވާފަ ފައިބުޑައް ވެއްޓިގަތީ ބުރިޖުގަ ޖަހާފަ ހުރި ބޯލްޓްތައް ގުނާ ނިމުނީތަ' ބޮޑުބޭބެ އަށް ތިމަންޒަރު ފެނުނީމަ ވަރަށް ދެރަވާނެ