ރާއްޖޭގެ އިގްތިސޯދީ ހާލަތު ސާފުކޮށްދީ، މި ސަރުކާރުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ބުރަ ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން ދެއްވައިފިއެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތއި ގުޅޭ މައުލޫމާތު ރ. ރަސްމާދޫ ރައްޔިތުންނާއި ހިއްސާ ކުރައްވަމުން އަޒާން ވިދާޅުވީ، މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ރާއްޖެ އޮތީ 120 ބިލިއަން ރުފިޔާއިން ދަރަނިވެފައި ކަމަށާއި ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކަނި 60 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކަމަށެވެ. އަޒާން ވިދާޅުވީ، ކުރީ ސަރުކާރުން ދަރަނިވެފައިވާ އަދަދަކީ ކުރީގެ ރަސްރަސްކަލުންގެ ވެރިކަމުގައި ވެފައިވާ ދަރަނިއަށްވުރެ ބޮޑު އަދަދެއް ކަމަށެވެ.

"ވަކިވަކި ބޮލަކަށް ޖެހޭ ވަރު ބަލާނަމަ ކޮންމެ ބޭފުޅެއް ވަނީ 350،000 ރުފިޔާއިން ދަރަނިވެރިވެފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު" އަޒާން ވިދާޅުވިއެވެ.

މިކަން މިހެން އޮތުމުން ކުރިއަށް މި އޮތް ދެއަހަރު، 2025 ވަނަ އަހަރު 7 ބިލިއަން ދައްކަން ޖެހޭއިރު، 2026 ވަނަ އަހަރު 15 ބިލިއަން ދައްކަން ޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ. "ރާއްޖޭގެ އާމްދަނީ އަށް އަހަރަކު މި ލިބެނީ 33 ބިލިއަން ރުފިޔާ. އޭގެއިން ރައްޔިތުންގެ އާސަންދައާއި އެންސްޕާއާއި ތަރައްގީގެ މަޝްރޫއުތަކާއި ވަޒީފާގައި ތިއްބަވާ ބޭފުޅުންނަށް މުސާރައާއި މަސްވެރިންނަށްދޭ ފައިސާއާއި މިހުރިހާ ފައިސާއެއް ހަރަދު ކުރަނީ. އޭގެއިން ބާކީވާ އެއްޗެއް ލޯނަށް ދައްކަން މި ޖެހެނީ" އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، ލޯނު ދައްކަން ކޮންމެހެން ވެސް މިހާރު ރައްކާ ކުރެވޭ ފައިސާއަށްވުރެ އިތުރަށް ފައިސާ ރައްކާކުރަން ޖެހޭ ކަމަށެވެ. އެކަން ކުރުމަށް ސަރުކާރުުން ހަރަދު ކުޑަކުރަން ނިންމާފައިވާކަން އަޒާން ފާހަގަ ކުރެއްވިއެވެ.

އަޒާން ވިދާޅުވީ، ސަރުކާރުން ހަރަދު ކުޑަކުރަން ނިންމާފައިވަނީ ރައްޔިތުންނަށް ދަތިވާނެ ގޮތަކަށް ނޫން ކަމަށާއި އެފަދަ ކަމެއް ނުއެސް ކުރައްވާނެ ކަމަށެވެ.

"މިހާރު އެންމެ އާންމުކޮށް އިވޭނެ އެއް އަޑަކީ ސަރުކާރުން އުޅެނީ އާސަންދަ ކަނޑާލަންށޭ، އެންސްޕާ ކަނޑާލަންށޭ. މިއީ އެއްގޮތަކަށް ވެސް ހަގީގީ ވާހަކަތަކެއް ނޫން. އެފަދަ ކަމެއް ސަރުކާރުން ނުކުރައްވާނެ. ސަރުކާރުން މަސައްކަތް ކުރަނީ އާސަންދަ، އެންސްޕާ ހަރަދު ކުޑަކޮށް، ރަނގަޅަށް ކުރިއަށް ގެންދެވޭނެ ގޮތަކަށް އިސްލާހު ކުރަން. މިހާރު ކްލިނިކްތަކާއި ބައެއް ހޮސްޕިޓަލްތަކުން އަސްލު އަގަށްވުރެ ބޮޑުކޮށް ޗާޖު ކުރޭ. އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން 100 ޑޮލަރަށް ކުރެވޭ ކަންކަން 500 ޑޮލަރު ޗާޖު އެބަ ކުރޭ." އަޒާން ވިދާޅުވިއެވެ.

މިކަމުގެ އިތުރުން ވެސް ކާޑުގެ ބާވަތްތަކަށްދޭ ސަބްސިޑީޒް ކަނޑާލާ ވާހަކައާއި ގުޅިގެން އަޒާން ވިދާޅުވީ، އެއީ ވެސް ދޮގެއް ކަމަށެވެ. "މިހާރު މިއޮތް ގޮތުން ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދޭ ސަބްސިޑީގެ މަންފާ ކުރަނީ ރިސޯޓުތަކަށް އަންނަ ބޭރު ފަތުރުވެރިންނަށް. ސަބްސިޑީއަކީ ދިވެހި ރައްޔިތުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންނަށް ދޭން ޖެހޭ އެއްޗެއް. އެކަމަކު އޭގެ ފައިދާ ވެސް މިކުރަނީ އެހެން ބަޔަކަށް. އެކަހަލަ ކަންކަން އިސްލާހު ކުރަން މިއުޅެނީ" އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، ދުވަސްވީ މީހުންނަށް ލިބޭ ފައިސާއާއި އެފަދަ ފައިސާތައް ވެސް މުއްސަނދި މަހުޖަނުންނަށް ވެސް ލިބެމުން އަންނަ ކަމަށާއި އެ ހައްގީ ވެސް އެބޭފުޅުންނަށް ވެސް ނުލިބޭ ފަރާތްތަކަށް ކަމަށެވެ.

ޓެކްސް ބޮޑު ކުރުމާއި ގުޅޭ ގޮތުން އަޒާން ވިދާޅުވީ، ޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ނުނިންމާ ކަމަށާއި އެއީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ. "ބައެއް ދިރާސާތަކެއް ކުރަމުން ދަނީ. ބޮޑު ކުރިއަށް ކުރާނީ އިންކަމް ޓެކްސް. އެއީ އެންމެ މުއްސަނދި މީހުން އަތުން މި ނެގޭ ޓެކްސް. އެއީ ރިސޯޓުތައް ހިންގާ މީހުން، ވިޔަފާރިވެރިންނާއި ހުރިހާ ބޮޑެތި މުސާރަ ލިބޭ މީހުންގެ އަތުން ނެގޭ ޓެކްސް. ދެން ރާއްޖެ އަންނަ ފަތުރުވެރިން އަތުން ނަގާ ޓެކްސް ބޮޑު ވެދާނެ" އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، ހަރަދު ކުޑަކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އާންމު ރައްޔިތުންނަށް ދަތިވާ ގޮތަކަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސެއިން ޝާމަ

    ސްކޫލް ނިމުނީ އިހަށް ދުވަހު .އަދި އުމުރު އެހާ ހަގު.މިހަަރު މަނިކުފާނު އެމް.އެމް.އޭގަވަރނަރ އަށް ވުރެ މޮޅު.މަނިކުފާނު ޖެހޭނެ ތިދަރަނީގެ ރިޕޯޓު ދިރާސާ ކުރުމަށްފަހު ނެރެން.ފިތުނަ އުފައްދަން.ދެވަނަފަހަރަކަށް ތިގޮޑި ނުލިބޭނެ ކަނޤް ހަދާން ކުރާތި..ތި ގޮޑީގެ އިދެގެން އެމް.ޑީ.ޕީގެ އަގުވައްޓާލަން ބަޔަކު ދަސްކޮށްދީގެން ނުވާނެ ތިކަމެއް.އެއީ ކަލޯ ގައިގަ އެފެންވަރު ނެތޭ އަހަރެން ތުއްތުބޭބެ ވެސް ބުނި އަޅުގަނދު ކައިރީ. ޚުޑކުދިންނަކަށް ނޭގޭން އެމް.ޑ.ީޕީ އިން އައްޑޫ އަށް ތަރައްޤީ ކުރިވަރު

  2. ކާސިމް

    މީނަ މީ މިސަރުކާރުގެ ފިނޭންސް މިނިސްތަރުތަ މީނަ މީ ވަޒީފާގެ ބިރަށް ވާހަކަ ދައްކާ މީހެއް

    1
    1
  3. ހޔޅބ

    އިންޑިއާ ސިފައިންގެ މައްސަލަ ނިމުނުގޮތަށް ބަލާފަ، ތިބޭފުޅާ ތިއީ ދޮގުވެރިއެއް. ތިނޫން މީހަކު ތިހެން ބުނިނަމަވެސް ކުޑަކޮށް ވިސްނާލެވުނީވެސް ކޮން ކަރައެއްތޯ ތި ފަޅަނީ...

    1
    2
  4. Anonymous

    ބަލަ މޮޔަޔާ. އިންކަމްޓެކްސް ބޮޑު ކުރީމާ އެވިޔަފާރިވެރިން ވިއްކާ އެއްޗެއްސަށް އެ އިތުރުވި ޕަސެންޓު ލާނެކަން ތިބޭފުޅާއަށް ނޭނގެނީތޯ. ހުރިހާ ދެރައެއް އާންމު ފަރުދުންނަށް.

    1
    1
  5. ދަރަނި

    ޢިބޫ ދަނިވީ ޜައްޔިތުންނަށް ދީގެން

  6. ހިކި ކިރު

    ބަލަ ތިހާލަތުގައި ޤައުމުގެ ހާލަތު އޮތްކަން އެނގި ހުރެ ނޫންތޯ ހަވާލުވީ! ކާކުހޭ ބުނީ ވެރިކަމާއި ހަވާލު ވާށޭ! ފައިސާ ލިބޭނެއޭ. އެއްވެސް ޕްރޮޖެކްޓް އެއް ނުހުއްޓޭނެއޭ! މުޥައްޒަފު ވަޒީފާ ތަކުން ވަކި ނުކުރާނަމޭ! ތަރައްޤީގެ މަސްރޫޢު ތައް ބާރަށް ކުރިއަށް ގޮސް ނިންމާލާނަމޭ ! ބޭރުގެ ޤައުމު ތަކުން މާލީ އެހީ ހުރީ ހަމަޖެހިފައޭ އައިކިޔައިގެން އައި ބަޔަކު މިހާރު ކޮން ހޮޅި ވާހަކަ ތަކެއްތޯ ތިޔަ ދައްކަނީ! ދެންވެސް ތިމަންނެންނަށް ނުވާނޭ ބުނެ އަވަހަށް ވެރިކަމުން ދުރައް ޖެހިލަންވީ ނޫންތޯ! އޭރުންތާ ރައްޔިތުންނަށް އެނގޭނީ އެހެން ގޮތެއްވެސް ހޯދަން!

  7. ޝާން

    ލަންކާ ހަތަރު އުދަރެސް ފެނުޖެހި ރައްޔިތުން މަގުތަކަށް ނިކުމެ "ގޮތާގޯ" ކީ ގޮތަށް " މުއިއްޒު ގޯ" ކިޔަންފަށާ ވަގުތު މިދަނީ ކާރިވަމުންކަން އެންމެންނަށް އެބަ އިހުސާސް ކުރެވެއެވެ. ދެން ހަމަ ކުރިންވެސް ހުސް އަނގައިން ރައްޔިތުނަށް ޔަގީންކަންދޭންތޯ ތި ވާހަކަ ދައްކަނީ. މިހާރު އެއްވެސް ވާހަކައެއް އަޑުއަހާކަށެއް ރައްޔިތުން ބޭނުމެއްނުވޭ. ބޭނުންވަނީ ނަތީޖާ.

  8. ދިވެހި ދަރިއެއް

    ރައްޔިތުން ވިސްނަން ޖެހޭ! އެހާ ބޮޑު ދަރަންޏެއް އެއްއަހަރު ވެސް ނުވަނީސް ދައްކާނީ ކިހިނެއް؟ ސިޔާސީ ބޭނުން ތަކަކަށް އެވަގުތަކު އޮންނަ ސަރުކާރެއް ކިތަންމެ ރަނގަޅަށް ކަމެއް ކުރިޔަސް ފިތުނައުފެއްދުމަކީ މިރާއްޖޭގައި އޮތް ހުތުރު ސަގާފަތެއް! އެއީ މުނާފިގުންގެ ސިފަ! ވިސްނަންވީ ގައުމާމެދު! ކުލަތަކާ މެދަކުއެއް ނޫން!!

  9. ވަގުންގެ ރާއްޖެ.

    ޓެކުސް ބޮޑުކުރަނީ
    ޓޯކް ކުރަނީ ބަލާނުލާ
    ކަންތައް މަތީ ކުރުދޮށީ ގައި ހުއްޓުވާފަ ބާނަނީ
    ސަރުކާރަށް އާމްދަނީ އިތުރު ކުރުމަށް

  10. އަބްދޫ

    ދިވެހި ގައުމު 2023 ގަވަނީ ބަގުރޫޓް ވެފަ. ބަގުރޫޓް ވުން ފޮރުވަން ކުރި މަސައްކަތަކީ އެމްއެމްއޭގެ ހަޒާނާގެ ތިޖޫރިތަކުން 8000 މިލިއަން ރުފިޔާގެ ނޫޓް ނަގާ ބޭނުންކުރުން އަމިއްލަ އަށް އަމިއްލަ ނަފްސަށް ވިސްނާލައްވާ އމިއްލަ ކޮޓަރީގަ ޗާޕްމެސިނެއްބަހައްތައިގެން ހަރަދު ކުރަންބޭނުންވާ ނޫޓް ޗާޕްކޮށްގެން ކޮންމެފަހަރަކު ބާޒާރަށް ނިކުންނަ ނަމަ ތިމާގެ ހަގީގަތް ވަޒަންކުރަންއެގޭނެބާ؟މިހާރު އެގޭހިސާބަށް މިދިޔައީ މަިސަރުކާރު އައިސް އެމްއެމްއޭގެ ތިޖޫރީތަކުން ދިވެހިރުފިޔާގެ ނޫޓް ނެގުން ހުއްޓާލާފަ ލިބޭއާމަދަނީން ދެކޮޅު ޖައްސަންފެށުމުން. އަދި އެމްޑީޕީ ސަރުކާރުން ތިޖޫރިތަކުން ނެގި ފައިސާ ތިޖޫރީތަކަށް އަބުރާ ލުމާއި ވިސަރުކާރު ވެރިކަމަށް އައި އިރު އޮތްދަރަނި 120 ބިލިއަން ރުފިޔާ ދަރަނި ދިން ފަރަޓތަކަށް ދެއްކުމަށް ބުރޫ ނާރުވާ އެފަރާތަތަކަށް ދެމުންގެންދިއުމުން ދަވްލަތަށް ލިބޭ އާމަދަނީން ރޭވުންތެރިކަމާއެކު ދެކޮޅުޖައްސަމުން ގެންދާނަމަ ބޭނުނަވާ ވަގުތަކު ބޭނުންވާ ކޮންމެ ކަމެއް ނުކުރެވޭނެ.ކަންކަން ކުރެވޭނި މީރާއަށް އާމަދަނީ ޖަމާވަމުންދާގޮތުން މެނޭޖް ކުރެވިގެން.ކަންކަމަށް ހަރަދުކުރުމުގަ ލަް ކަމެއް އަންނަނީ މިހެންވެ. ގައުމަށް މިހާލަތު އައިސްގެން މިއުޅެނީ މިއަދަކު ނޫން 2009 ވަނަ އަހަރުނަފެށިގެން މިހާލަތު އަތުވެއްޖެ. އެކަންއެގެނީ ނަސީދު އިސްތިއުފާދިން އިރު ގައުމުގެ ހާލަތު ގޮއްސަ އޮތްހިސާބު ތަކަށް ބެލީމަ. ނަސީދު ވެރިކަމުގަ ވީ 3 އހަރު 7 ފެބްރުއަރީ 2012 ގަ ގައުމުގެ ދަރަނި ވަނީ 26 ބިލިއަނަށް އަރާފަ.7 ފެބްރުއަރީ 2012 ދުވަހު ފިނޭންސް މިނިސްޓްރީ ބެލިއިރު ޕޭކުރަންޖެހިފަހުރި ބިލްތަކުގައިވާ ފައިސާގެ ޖުމަލައަކީ 2.5 ބިލިއަންރުފިޔާ.ސިވިލްސާވިސަސް ގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ނުދެވި 800 މިލިއްންރުފިޔާ ދޭންޖެހިފަ އޮތް. ބިދޭސީނަގެ ޑިޕޮޒިޓް އެކައުންޓް ތަކުން ވަނީ 1.2 ބިލިއަނރުފިޔާ ނަގާ ބޭނުންކޮށްފަ.މިއީވެސް އެޖެންސީތަކަށް އަބުރާ ދޭންޖެހޭ ފައިސާ. ދަވްލަތުގެ ރިޒާވްގާހުރި 254 މިލިއަން ޑޮލަރު ހުސްވެގެން މުސާރަދެވޭފަދަވެސް ނެތިގެން ދިރާދާއި ފެންކުންފުންޏާއި އެއާޕޯޓް ވަނީ ވިއްކާލާފަ. އެހިސާބުން ގޮތްހުސްވެ ގައުމު ބަގުރޫޓް ވުމުން އަތޮޅުތަކާއި ރަށްރަށުގެ އެކައުންޓަ ތަކުގާހުރި ރައޔިްތުންގެ ފައިސާ 20 ބިލިއަން ރުފިޔާވެސް ވަނީ ނަގާ ބޭނުންކޮށްފަ. މިވާހަކަތައް ނުދައްކާ 2013 ން 2023 އަށް ރިޕޯޓްހަދާ 10 އަހަރުނެރެގެން ހަގީގަތް އޮޅުވާލުމަކީ ވަރަށް ބޮޑު ބޭއިންސާފެއް.